Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުގެ ސިޔާސަތު

ރައީސް މުއިއްޒު ބޭނުންފުޅުވާ ކަމެއް ކުރައްވަން ފަޅުތައް ވިއްކަވަން ވެސް ހުންނެވީ ތައްޔާރަށް - މައުރޫފް

ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ބޭނުންފުޅުވާ ކަމެއް، ބޭނުންފުޅުވާ ގޮތަކަށް ކުރެއްވުމަށް ޓަކައި ފަޅުތައް ވެސް ވިއްކަވަން ހުންނެވީ ތައްޔާރަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 މާރިޗު 2025 | ބުދަ 07:39
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމެއް ކުރައްވަން ރާއްޖޭގެ ފަޅުތައް ވެސް ވިއްކަވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސް މުއިއްޒުއަށް އެއްވެސްކަމެއް އެނގިވަޑައިގަންނަވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އައިސް ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ބޭނުންފުޅުވާ ކަމެއް، ބޭނުންފުޅުވާ ގޮތަކަށް ކުރެއްވުމަށް ޓަކައި ފަޅުތައް ވެސް ވިއްކަވަން ހުންނެވީ ތައްޔާރަށް ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ އެކަން ކުރައްވަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށާއި، ކޮންމެހެން ސަރުކާރުން ބޭނުންވާ ކަންކަން ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މައުރޫފް ވިދާޅުވީ އެކަންކަން ވެސް ހާސިލް ނުވާނެ ކަމަށާއި، އެހެންނަމަވެސް، މަދު ކަންކަން ކުރުމަށްޓަކައި ގަދަބަސް ވިދާޅުވެ މަސައްކަތްކުރައްވާނެ ކަމަށެވެ.

މިސާލަކަށް ރަސްމާލެ އެއީ ރައްޔިތަކު ބޭނުންވެގެން އުޅުނު ތަނެއް ނޫން. އެހެންނަމަވެސް، ހަމަ އެއްފަހަރު ފޭލުވީމަ، އަނެއް ފަހަރު ފަށާފައި، އަނެއް ފަހަރު ފަށާފައި. ހަމަ އެތަން ކޮންމެވެސް ގޮތެއް ހަދައިފައި ހިއްކޭތޯ މަސައްކަތްކުރާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެންވީމާ، މިއީކީ ސަރުކާރުގެ ތެރޭގައި ކޯޑިނޭޝަނެއް އޮވެގެން، އެއްވެސް ޕޮލިސީއެއް ޕްލޭނެއް އޮވެގެން ކުރިއަށްދާ ސަރުކާރެއް ނޫން. ހަމަ އެ މީހަކާ އެ މީހެއް އެކި ފަހަރު އެކި ކަންކަން ކުރައްވަނީ ހަމަ ރައީސުލްޖުމްހޫރިއްޔާ ވެސް މިހާރަށް ހުށަހެޅި ބަޖެޓުގައި ފާސްކޮށްފައި އޮތް ގޮތާ ޚިލާފަށް ހަމަ ބަޖެޓު ފާސްވުމަހު، އެ މަހުގައި ހަމަ އެހެން ރަށްރަށަށް، މި ރަށްރަށަށް ދަތުރުކުރެއްވިއިރުގައި އެ ބަޖެޓުގައި ހިމަނާފައި ހުރި އަދަދުތަކާ ޚިލާފަށް މި އެލަވަންސްތައް ދިނުމާ މި ކަންކަމާ ގުޅޭ ގޮތުން ވާހަކަދެއްކެވި.
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް

މައުރޫފް ވިދާޅުވީ އެއްގޮތަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށް އެއްވެސް ވަރަކަށް އިހުތިރާމުނުކުރެއްވުން ކަމަށެވެ. ނުވަތަ އަނެއް ގޮތަކީ ބަޖެޓުގައި އޮތް އެއްޗެއް ވެސް އެނގިވަޑައިނުގަންނަވަނީ ކަމަށެވެ. އަދި އަނެއް ގޮތަކީ، އެއްވެސް ގާނޫނަކަށް ގަވައިދަކަށް ބެއްލެވުމެއް ނެތި، މަޖިލީހުން ފާސްކޮށްފައި އޮތް ގޮތަށް ވެސް ބެއްލެވުމެއް ނެތި ހަމަ ހިތްޕުޅަށް އެވަގުތަކު އަރާވަޑައިގަންނަވާ ގޮތަކަށް ކަންކަން ކުރެއްވުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެއްވެސް ކަމެއް ވަކި އަމާޒެއް ހާސިލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ތަނެއް މިހާރު ނުފެންނަ ކަމަށެވެ.

ރައްޔިތުންނަށް އެކަން ވަރަށް ބޮޑަށް އިހުސާސްވާނޭ. އެއީ ކުރީގައި އަޅުގަނޑުމެންނަށް ފެންނާނެ، ޚާއްޞަކޮށް ފަހުން މިއައި ސަރުކާރުތަކުގައި އޮންނާނެ، މެނިފެސްޓޯއާ އެކުގައި މަސައްކަތްކުރާނެ ޕްލޭނެއް ވަރަށް ބޮޑަށް އެ ސަރުކާރެއްގެ ވަޒީރުންނާއި، ސިޔާސީ ބޭފުޅުންނާއި، އަދި ވެރިކަންކުރާ ޕާޓީގެ އެންމެން ވެސް ވާހަކަދައްކާނީ އެ ސިޔާސަތުގެ ލެންގުއޭޖުގެ ވާހަކަދައްކާނީ. އެ ސިޔާސަތާ ގުޅޭ ބަސްތައް ގިނައިން ބޭނުންކުރުމާއި، އެ ސިޔާސަތުގައި ހުރި ކަންކަން ޕްރޮމޯޓުކުރުމާއި، އެ ކަންކަމުގެ ފައިދާ ރައްޔިތުންނަށް އަދި މިއީ ދިވެހި އަށް އެރިކަމުގައި ވިޔަސް، އިންޓަވިއުއަށް ދިންކަމުގައި ވިޔަސް، ހޮޅުއަށްޓެއްގެ ބަޔަކާ ވާހަކަދެއްކި ކަމުގައި ވިޔަސް، އެ ޕާޓީއެއްގެ ބަޔަކު، އެ ސަރުކާރުގެ ބަޔަކު އަބަދުވެސް ވާހަކަދައްކާނެ ސަރުކާރުގެ ސިޔާސަތު ކުރިއަރުވަން.
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް

މައުރޫފް ވިދާޅުވީ މި ސަރުކާރުގައި ސިޔާސަތެއް އޮތްތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ވެސް ސިޔާސަތަކީ ކޯއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، މުޅި ކޮންޓްރޯލް އިންނަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ކަމަށެވެ. އަދި ސަރުކާރުގެ އިސް ފަރާތްތަކުން ކަންކަމުގައި އެއްޗެއް ވިދާޅޫވާން ނުކެރެނީ ވެސް ގޯސް އެއްޗެއް ވިދާޅުވެވިދާނެތީ ކަމަށާއި، އެހެންކަމުން ޖެހިލުންވެ ސަރުކާރުގެ އިސް ފަރާތްތަކުންވެސް ކަންކަމާއި އެއްޗެއް ވިދާޅުނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު