Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަމާސް އިން ދެކޭ ގޮތުގައި ހަނގުރާމައިގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާ އިން

ހަމާސް އިން ބުނެފައިވާ ގޮތުގައި، އެމެރިކާ އިން މިހާރު ދައްކާ ވާހަކަ ތަކުން ސާފު ވަނީ އެ ގައުމުން، ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކުގައި އިސްރާއީލަށް އެހީތެރި ވަމުންދާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މާރިޗު 2025 | އާދީއްތަ 05:16
ބެއިތު ލަހިޔާގައި ތިބި ފަލަސްތީނުގެ މީހުން އެމީހުންގެ ތަކެތި ހިފައިގެން ފިލައިގެން ދާން މަސައްކަތް ކުރަނީ

ބެއިތު ލަހިޔާގައި ތިބި ފަލަސްތީނުގެ މީހުން އެމީހުންގެ ތަކެތި ހިފައިގެން ފިލައިގެން ދާން މަސައްކަތް ކުރަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އަލުން ހަނގުރާމަ ފެށުމުގެ ޒިންމާ އެމެރިކާ އިން ނަގަން ޖެހޭނެ ކަމަށް، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.

އިސްރާއީލް އިން އަލުން ހަނގުރާމަ ފަށާފައިވާއިރު، އެކަމާ ގުޅިގެން އެމެރިކާ އިން ބުނެފައި ވަނީ އަލުން ހަނގުރާމަ ފަށަން ޖެހުނީ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައި ތިބި އިސްރާއީލްގެ ރަހީނުން ދޫކޮށް ނުލުމުގެ ސަބަބުން ކަމަށެވެ. 

އެ ވާހަކަތަކަށް ރައްދު ދެމުން ހަމާސް އިން ބުނެފައި ވަނީ، އެމެރިކާގެ އެ ވާހަކަ ތަކަކީ ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. 

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބްރަޔަން ހިއުސް ދެއްކި ވާހަކަތަކަށް ރައްދު ދެމުން ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިސްރާއީލުން ހިންގަމުން އަންނަ ހަނގުރާމައިގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ 19 ގައި ހަނގުރާމަ ހުއްޓުމަށް ފަހު، އަންގާރަ ދުވަހު އިސްރާއީލުން ވަނީ އަލުން ހަނގުރާމަ ފަށާފައި އެވެ. މިއީ ހަމާސް އާއެކު ހުއްޓުން އިތުރަށް ދެމެހެއްޓުމާ މެދު ދެފަރާތުން ހަފްތާތަކެއް ވަންދެން ޚިޔާލު ތަފާތުވުންތަކެއް ގެންގުޅުމަށް ފަހު އެވެ.

އިސްރާއީލް އިން ބުނާ ގޮތުގައި އިތުރު ރަހީނުން ދޫކުރުމަށް ބާރު އެޅުމަށް އަސްކަރީ ޙަރަކާތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، ގިނަ ރަހީނުންގެ އާއިލާ ތަކުން ގޮވާލަނީ އަލުން ހުއްޓުމެއް ގެނައުމަށެވެ.

އެއީ ގިނަ ރަހީނުން ދޫވެފައި ވަނީ ހުއްޓުންތަކުގެ ތެރޭގައި ކަމަށްވާތީ އެވެ. ހަމާސް އިން ބުނެފައިވާ ގޮތުގައި، އެމެރިކާ އިން މިހާރު ދައްކާ ވާހަކަ ތަކުން ސާފު ވަނީ އެ ގައުމުން، ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކުގައި އިސްރާއީލަށް އެހީތެރި ވަމުންދާ ކަމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

17 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު