Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްއޭގެ ގަވަރުނަރު

އިހުތިޖާޖު ކުރަމުންދަނިކޮށް، 33 ވޯޓުން ގަވަރުނަރު ކަމަށް ނަސީރަށް ރުހުންދީފި

ސިފައިންގެ ސަފުތައް މަޖިލިސް ތެރޭގައި ރުކުރުވާލާފައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 24 އޯގަސްޓު 2017 | ބުރާސްފަތި 04:31
އެމްއެމްއޭގެ ގަވަރަނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ރުހުން ދީފައި ވަނީ 33 މެންބަރުން

އެމްއެމްއޭގެ ގަވަރަނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ރުހުން ދީފައި ވަނީ 33 މެންބަރުން

ސިފައިންގެ ފައުޖުތަކާއެކު ޖަލްސާ ބާއްވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރަނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދިން ކަމަށް ކަނޑައަޅައިފި އެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީންގެ ބައްދަލުވުމަށް ނަސީރު ހާޒިރުކުރައްވާ އިންޓަވިއު ކުރުމަށްފަހު، ކޮމެޓީގެ މެމްބަރުން ވަނީ ނަސީރަށް 94 މާކްސް ދެއްވާފައެވެ. ކޮމެޓީން ރުހުން އޮތް ކަމަށް ފާސްވަނީ 75 މާކްސްއަށްވުރެ މަތިން މާކްސް ލިބޭނަމައެވެ. އަދި އެކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނަސީރަށް ރުހުން އޮތް ކަމަށް ވަނީ ފާސްކޮށްފައެވެ.

Advertisement - newsAdvertisement

އިދިކޮޅު މެންބަރުން އިޖުތިޖާޖު ކުރަމުންދަނިކޮށް، ކޮމެޓީޣެ ރިޕޯޓް އިއްވައި، ނަސީރަށް ރުހުން އޮތް ކަމަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 33 މެންބަރުންނެވެ. ޕީޕީއެމް- އެމްޑީއޭ ކޯލިޝަންގެ އެ މެންބަރުން ވޯޓް ދެއްވީ ނަސީރަށް ރުހުން އޮތް ކަމަށެވެ.

މިއީ މި ދައުރުގެ ފަހު ޖަލްސާއަށް ވުމުން، މި ޖަލްސާއަށް ފަހު މަޖިލިސް ޗުއްޓީއަށްދާކަން މަސީހު ވަނީ އިއުލާނު ކުރައްވާފަ އެވެ. ބެލެވޭ ގޮތުގައި ތން ވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އޮކްޓޯބަރު މަހު އެވެ. ދެވަނަ ދައުރުގެ ތިން މަސް ތެރޭގައި 39 ޖަލްސާ ބާއްވަން ޖެހޭއިރު. ބޭއްވީ މިއަދުގެ ޖަލްސާ ހިމެނޭ ގޮތަށް އެންމެ 11 ޖަލްސާ އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައި ވަނީ އާދިއްތަ ދުވަހުއެވެ.

ގަވަރުނަރުގެ މަގާމަށް އަަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ނިންމެވުމުގެ ކުރިން، އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވިއެވެ. ނަމަވެސް، ނީޒާގެ ނަން ނެގުމަށް ފަހު ނަސީރު އެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވުމާއެކު ނީޒާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ، 2014 ވަނަ އަހަރުން ފެށިގެން އެމަގާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާ ދެއްވުމުންނެވެ. އަޒީމާ އިސްތިއުފާ ދެއްވީ ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުއްވުން ނިއު ޔޯކަށް ބަދަލު ކުރެއްވުމަށެވެ.

ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ ނަސީރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ނަސީރަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެއިން ބިން ވިއްކުމާއި ދެކޮޅަށް ޒުވާނުން އިހުތިޖާޖުކޮށްފި

މާލެއިން ބިން ވިއްކުމާއި ދެކޮޅަށް ޒުވާނުން އިހުތިޖާޖުކޮށްފި

23 އޯގަސްޓު 2017
މިއަދުގެ ވޯޓުންވެސް އެނގުނީ ޕީޕީއެމްއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން: އަބްދުލް ރަހީމް

މިއަދުގެ ވޯޓުންވެސް އެނގުނީ ޕީޕީއެމްއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން: އަބްދުލް ރަހީމް

23 އޯގަސްޓު 2017
ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

22 އޯގަސްޓު 2017
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރުގެ ނަން ފޮނުވައިފި!

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރުގެ ނަން ފޮނުވައިފި!

20 އޯގަސްޓު 2017
ރައީސް ޔާމީނަށް ވޯޓުން އެއްވެސް ކަމެއް ނިންމަވަން ކެރިވަޑައެއްނުގަންނަވާ: ރޮޒެއިނާ

ރައީސް ޔާމީނަށް ވޯޓުން އެއްވެސް ކަމެއް ނިންމަވަން ކެރިވަޑައެއްނުގަންނަވާ: ރޮޒެއިނާ

31 ޖުލައި 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު