Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްއޭގެ ގަވަރުނަރު

ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

22 އޯގަސްޓު 2017 | އަންގާރަ 05:09

ކޮމެޓީއަށް ފޮނުވީ އިހުތިޖާޖު ކުރިއަށް ދަނިކޮށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 އޯގަސްޓު 2017 | އަންގާރަ 05:09
އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ އަހުމަދު ނަސީރު

އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ އަހުމަދު ނަސީރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ.

ގަވަރުނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވަނީ އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުންދަނިކޮށެވެ. ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި މައްސަލަ ކޮމެޓީއަށް ފޮނުވި ކަމަށް ވެސް ނޭނގެ އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނީ އާދިއްތަ ދުވަހު އެވެ.

ގަވަރުނަރުގެ މަގާމަށް އަަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ނިންމެވުމުގެ ކުރިން، އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވި އެވެ. ނަމަވެސް، ނީޒާގެ ނަން ނެގުމަށްފަހު އަލީ ނަސީރު އެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވުމާއެކު ނީޒާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ، 2014 ވަނަ އަހަރުން ފެށިގެން އެމަގާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާ ދެއްވުމުންނެވެ. އަޒީމާ އިސްތިއުފާ ދެއްވީ ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށެވެ.

ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށްނިންމަވާފައިވާ ނަސީރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ އަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް