Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިން ވިއްކުން

މާލެއިން ބިން ވިއްކުމާއި ދެކޮޅަށް ޒުވާނުން އިހުތިޖާޖުކޮށްފި

ފުލުހުން ވަނީ އިހުތިޖާޖު ހުއްޓުވާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2017 | ބުދަ 14:22
ބިން ވިއްކުމާއި ދެކޮޅަށް ޒުވާނުން ކުރިއަށްގެންދިޔަ އިޙުތިޖާޖު

ބިން ވިއްކުމާއި ދެކޮޅަށް ޒުވާނުން ކުރިއަށްގެންދިޔަ އިޙުތިޖާޖު

މާލޭގެ ބައެއް ހިސާބުތަކުން ބިން ވިއްކުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިޢުލާނު ކޮށްފައިވާތީ، އެކަމާއި ދެކޮޅަށް ޒުވާނުންތަކެއް އިހުތިޖާޖުކޮށްފިއެވެ.

ބުދަ ދުވަހުގެ މެންދުރު، މާލެއިން ބިން ވިއްކުމާއި، ކޮރަޕްޝަނާއި ދެކޮޅަށް އިހުތިޖާޖު ކޮށްފައިވަނީ ހައުސިންގ މިނިސްޓްރީ ކުރިމަތީގައެވެ. ބިންމަތީގައި އިށީނދެގެންނާއި، ބޯޑުތައް ހިފައިގެން ކޮޅަށް ތިބެ ކުރިއަށް ގެންދިޔަ މި އިހުތިޖާޖަށް ފުލުހުން ހުރަސްއަޅައި، އިހުތިޖާޖު ރޫޅާލާފައިވާއިރު، ހައުސިންގ މިނިސްޓްރީގެ މުއައްޒަފަކާއި އިހުތިޖާޖުގެ ބައިވެރިންނާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.

Advertisement - newsAdvertisement

މާލެއިން ބިން ވިއްކުމަށް ނިންމައި ހައުސިންގ މިނިސްޓްރީން ފުރަތަމަ އިޢުލާނުކޮށްފައިވަނީ މި އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ފުރަތަމަ ކުރި އެ އިޢުލާނު ބާޠިލް ކުރުމަށްފަހު، ޖެހިގެން އައި ދުވަހު ބިން ވިއްކުމަށް އަލުން ވަނީ އިޢުލާނުކޮށްފައެވެ.

ހައުސިންގ މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ނުވަވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ބިމުގެ ތެރެއިން، މާލެއިން ބިން ވިއްކުމަށް ކަނޑައެޅިފައިވާ ޕްލޮޓްތަކަށް، ބީލަމުގެ އުސޫލުން، އަގު ހުށަހެޅުމުގެ ފުރުސަތު، ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާ އަކީ ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުމާ ބެހޭ މާއްދާއެވެ.

އެގޮތުން ވިއްކާލަން ނިންމާފައި ވަނީ ކުރިން މާލޭ ދެ ނަމްބަރު ކުނިކޮށި ހުރި (ބްލޮކް 386) ބިމާއި، އެސްޓީއޯ އިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ (ބްލޮކް 378) ބިމުގެ އިތުރުން، ދަންޑަހެލުގޭ (ބްލޮކް 209) ބިމެވެ.

ހައުސިން މިނިސްޓްރީން އިޢުލާނު ކޮށްފައިވާ ގޮތުގައި މި ޕްލޮޓްތަކުން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ފްރީ ހޯލްޑް އުސޫލުންނެވެ. މި ޕްލޮޓްތަކުން ބިން ވިއްކުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އަގެއްގެ ގޮތުގައި ހައުސިން މިނިސްޓްރީން ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 15000 ރުފިޔާއެވެ. މީގެ އިތުރުން ބިން އަމިއްލަ ކުރުމަށް ވަކި އަގެއް ދައްކަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ވިއްކުމަށް ނިންމާފައިވާ ބިންތަކުގެ ތެރެއިން ދެ ޕްލޮޓަކަށް ހަދައިގެން ވިއްކުމަށް ނިންމާފައިވާ ދަންޑަހެލުގެއަކީ މާފަންނުއާގެއިން ދާދި ފަހުން ސަރުކާރަށް ނެގި ބޮޑު ބިމެވެ. މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަންނުއާގެ އަކީ އެގެއަށް ނިސްބަތްވާ ފާތިމަތު ފަރީދާގެ ބިމެއް ނަމަވެސް ގޯތީގެ 22،000 އަކަފޫޓުގެ ތެރެއިން 12،000 އަކަފޫޓު ގެ ބިން ވަނީ ބަދަލު ދިނުމަށް ފަހު ނަގާފައެވެ. އެ ބައި 1990 ވަނަ އަހަރު ދައުލަތަށް ނެގީ އޭރުގެ ރިއާސީ ގަނޑުވަރު ކަމަށްވާ ތީމުގެ ހުންނަނީ މާފަންނުއާގޭ ކުރިމަތީގައި ކަމަށް ވާތީ ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

އޯކިޑް މަގާއި ފަރީދީމަގަށް ވާގޮތަށް ތީމުގޭ ކުރިމަތިން އޮންނަ އެ ބިމުގައި ބޮޑެތި އިމާރާތްތަކެއް ނެތް ނަމަވެސް ތީމުގެ ކުރިމަތިން އޮންނަ ބިމުގައި އަމިއްލަ ބައެއްގެ ގުދަނެއް ހަދާފައިވެއެވެ. ދާދި ފަހުން ހައުސިންގ މިނިސްޓްރީ އިން ވަނީ ސަރުކާރަށް ނެގި ބައިގައި އިންފާރު ރާނައި، އެތަނުގައި ހުރި އިމާރާތް ތަޅާލާފައެވެ.

ކުރީގެ ދެ ނަމްބަރު ކުނިކޮށި ވިއްކާލުމަށް ނިންމާފައި ވަނީ ތިން ޕްލޮޓަކަށް ބަހާލައިގެންނެވެ.

އެސްޓީއޯއިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިން ވިއްކާލުމަށް ނިންމާފައި ވަނީ ހަތަރު ޕްލޮޓަކަށް ބަހާލައިގެންނެވެ.

ވިއްކުމަށް ކަނޑައަޅާފައިވާ ބިންތަކާއި އަގުގެ ތަފުޞީލު މ. ދަންޑެހެލުގެ

ބްލޮކް 209، ޕްލޮޓް 1 - 5559.34 އަކަފޫޓު (އެންމެ ހެޔޮ އަގު: 83،390،100 ރުފިޔާ) ބްލޮކް 209، ޕްލޮޓް 2 - 5812.40 އަކަފޫޓު (އެންމެ ހެޔޮ އަގު: 87،186،000 ރުފިޔާ)

އެސްޓީއޯ އިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިން

ބްލޮކް 378، ޕްލޮޓް 1 - 5219.85 އަކަފޫޓު (އެންމެ ހެޔޮ އަގު: 78،297،750 ރުފިޔާ) ބްލޮކް 378، ޕްލޮޓް 2 - 4985.08 އަކަފޫޓު (އެންމެ ހެޔޮ އަގު: 74،776،200 ރުފިޔާ) ބްލޮކް 378، ޕްލޮޓް 3 - 5233.19 އަކަފޫޓު (އެންމެ ހެޔޮ އަގު: 78،497،850 ރުފިޔާ) ބްލޮކް 378، ޕްލޮޓް 4 -– 4377.03 އަކަފޫޓު (އެންމެ ހެޔޮ އަގު: 65،655،450 ރުފިޔާ)

ކުރިން މާލޭ ދެ ނަމްބަރު ކުނިކޮށި ހުރި ބިން

ބްލޮކް 386، ޕްލޮޓް 1- 7682.41 އަކަފޫޓު (އެންމެ ހެޔޮ އަގު: 115،236،150 ރުފިޔާ) ބްލޮކް 386، ޕްލޮޓް 2- 7201.27 އަކަފޫޓު (އެންމެ ހެޔޮ އަގު: 108،019،050 ރުފިޔާ) ބްލޮކް 386، ޕްލޮޓް 3- 6551.88 އަކަފޫޓު (އެންމެ ހެޔޮ އަގު: 98،278،200 ރުފިޔާ)

މި ބިންތަކަށް އަގު ހުށަހަޅާ ފޯމު ބަލައިގަތުމަށް ހައުސިންގ މިނިސްޓްރީން ނިންމާފައިވަނީ މި އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު