Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަންކެޑެ މަޝްރޫޢު

"ހަންކެޑޭ ޕްރޮޖެކްޓް ފައިނޭންސިން އެމްޑީޕީން ހަމަޖެއްސި، އެކަން ފެއިލްވީ ސަރުކާރުގެ ނާޤާބިލުކަމުގެ ސަބަބުން"

މިދިޔަ މަހު ސަރުކާރުން ވަނީ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް އިފުތިތާހު ކުރުމަށްޓަކާ ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 މާރިޗު 2025 | ހޮނިހިރު 17:27
ސަރުކާރުގެ ސްޕޮންސަރ ހަރަދުތައް އިންތިހާއަށް އިތުރު، ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް އިސްކަމެއް ނުދޭ: މައުރޫފު

ސަރުކާރުގެ ސްޕޮންސަރ ހަރަދުތައް އިންތިހާއަށް އިތުރު، ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް އިސްކަމެއް ނުދޭ: މައުރޫފު

އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހަންކެޑޭ ޕްރޮޖެކްޓް ފައިނޭންސިން ހަމަޖެއްސި ނަމަވެސް މި ސަރުކާރުގެ ނާޤާބިލުކަމުގެ ސަބަބުން މަޝްރޫޢުގެ މެދުތެރެއިން އެކަން ފެއިލްވެފައިވާ ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމްގަ ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓް ހުއްޓިފައި އޮންނާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މައުރޫފް ވިދާޅުވީ، މި ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ މައްޗަށް، ޚާއްޞަކޮށް އެޗްޑީސީއަށް ނަގާފައިވާ ލޯނުތަކުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ވާހަކަ ކުރިން ފަށާފައިވާ ކަމަށެވެ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ފިޔަވަޅެއް ކަމަށާއި އެ ފިޔަވަޅަކީ ސަރުކާރުން ޓެކްނިކަލް ޑިފޯލްޓެއް އޮތް ކަމަށް އިއުލާންކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ފިޔަވަޅުގެ ނަތީޖާއެއްގެ ގޮތުން ޗައިނާގެ ބޭންކުތަކުން މޯލްޑިވިއަން ސަރުކާރާއި އެ ސަރުކާރުގެ އެސްއޯއީތަކަށް ލޯނު ދިނުން ހުއްޓާލިކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މައުރޫފް އެފަދައިން ވިދާޅުވެފައި ވާއިރު އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ހަވާލުކުރި ބިން ސާފުކުރުން ނޫން އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފަ އެއް ނުވެއެވެ. އެ މަސައްކަތް ކުރިއަށް ނުގޮސް ވަނީ އެ މަޝްރޫޢު އަށް ބޭނުންވާ ފައިސާ ހަމަނުޖެހޭތީ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

މިދިޔަ މަހު ސަރުކާރުން ވަނީ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް އިފުތިތާހު ކުރުމަށްޓަކާ ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. ހަންކެޑެ މަޝްރޫއުގެ ދަށުން ހަންކެޑެގައި 2082 ޓޫރިސްޓު އެކި ފަންތީގެ ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތަކެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު