Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ އާރިފް

މަޖިލީހުގައި އައުގުރާނަ ގޮވުމަށް ފަހު އަލީ އާރިފް މާފަށް އެދިވަޑައިގެންފި

ލަދުވެތި ބަސްތަކެއް ބޭނުން ކުރެވުނީ ޖަޒުބާތުގައި ޖެހިގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 24 އޯގަސްޓު 2017 | ބުރާސްފަތި 04:49
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމަށް ފަހު މަޖިލީހުގެ ތެރޭގައި އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގައިކޮޅަށް އަތްލާ ހިނގި ޒުވާބުތަކުގެ ތެރެއިން އަވަގުރާނަ ގޮވުމަށް ފަހު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މައާފަށް އެދިވަދައިގެންފިއެވެ.

ޕީޕީއެމްގެ ހަރުގެ "ރުމާލު ދޭއް" ގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަލީ އާރިފް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ގައްޔާއި މަޖިލީހުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުމުގެ ތެރޭގައި ޖަޒުބާތުގައި ޖެހި ލަދު ބަހައް ވިދާޅުވެވުނީތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

އަލީ އާރިފް އަވަގުރާނަ ގޮވާ އަޑު އިވިގެން ދިޔައީ މަޖިލީހުގެ ތެރޭގައި ހިނގަމުން ދިޔަ ކަންތައްތައް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުން ދަނިކޮށެވެ. އެ ވީޑިއޯއިން އަޑުއިވެނީ އެމްޑީޕީ އަށް ނިސްބަތްވާ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއީލްއާ ދިމާލަށް އަވަގުރާނަ ގޮވާ އަޑެވެ.

އަލީ އާރިފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޖަހާ ސަކަރާތްތަކުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންނަށް އުނދަގޫ ނުކުރާނަމަ ނުބެހޭނެ ކަމަށާއި ނަމަވެސް ކޮންމެ މެންބަރަކާއި ބެހުނު ނަމަވެސް އެ ބެހެވެނީ ހުރިހާ މެމްބަރުންނަށް ކަމަށާއި އެހެންވުމުން މަޑުން ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ .

އަލީ އާރިފް ވިދާޅުވީ އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރޭގައި ޖަހަމުންދާ ސަކަރާތް ހުއްޓަން އެތައް ފަހަރަކު އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އޭނާގެ އަޑު ނޭއްސެވި ކަމަށެވެ. އަދި ކޮންމެ މެންބަރަކަށް ވަކިވަކިން ނަސޭހަތް ދިނުމުން ވެސް އެކަން ނުހުއްޓުމުން އެކަންކަން ހަމަޔަކަށް އެޅުވުމުގެ ތެރޭގައި ބައެއް ކަންކަން ގޯސް ކޮށް ހިނގާދިޔަ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ .

އޭނާ ވިދާޅުވީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަށާއި އަދި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކަށް އުނދަގޫކޮށް ފަހަތުން ދުވުން ހުއްޓުމަކަށް ގެނައުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިޙްގެ އަރިހުން ވެސް އެތައް ފަހަރެއްގެ މަތިން އެދިވަދައިގެންފައިވާނެ ކަމަށެވެ. ނަމަވެސް އެކަން އަ މަގުން ނުދާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ . މަޝްވަރާ ކުރެއްވި ވާހަކަ ވިދާޅުވިއިރު، އިބޫގެ ކޮޓަރިކޮޅުގެ ދޮރުގައި ޕީޕީއެމްގެ މެމްބަރުން ބުދަ ދުވަހު ފައިން ތަޅައި ދޮރު ހުޅުވި އެވެ. އަދި ބުރާސްފަތި ދުވަހު ވަނީ އިބޫގެ ކޮޓަރި ކޮޅަށާއި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ގަޔަށް ވަނީ ބިސް ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު