Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން

ލައިލަތުލްގަދުރި ވިލޭރެއަކީ މާތްﷲ އެ ރެ އެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލްކުރެވިދާނެ ރޭ: ހުތުބާ

ހުތުބާގައި އިތުރަށް ބުނެފައި ވަނީ މާތް ﷲ އަށް ހަމްދުކޮށް އުމުރު މިހާތަނަށް އިތުރުކޮށްދެއްވީތީ ޝުކުރުވެރިވާން ޖެހޭ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 މާރިޗު 2025 | ހުކުރު 08:19
ހުކުރު ނަމާދު

ހުކުރު ނަމާދު

ލައިލަތުލްގަދުރި ވިލޭރެއަކީ މާތްﷲ އެ ރެ އެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލްކުރެވިދާނެ ރޭ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ވަނީ ލައިލަތުލްޤަދުރިވިލެރޭގެ މާތްކަމާއި އެ ރޭގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ. އެގޮތުން އެ ރޭ ކުރާ ހެޔޮކަންކަމާއި ދަރުމަ އެ ނޫން ވަގުތުތަކުގައި އެއްހާސް މައްސަރު ކުރާ ހެޔޮކަމަށް ވުރެ މަތިކުރައްވާފައިވާ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ކުރީގެ އުންމަތްތަކުގެ މީހުންނާއި ޚިލާފަށް މި އުންމަތުގެ މީހުންގެ އުމުރު ކުރުވިޔަސް މި ކުރު އުމުރުގައި ކުރާ ހެޔޮ އަމަލުގެ ދަރުމަތައް ވަނީ މަތިވެރިކޮށްދެއްވާފައި ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ.

ހަމައެހެންމެ ރަމަޟާން މަހު ފަހު 10އެއްގައި އިއުތިކާފަށް ހުރުމުގެ މުހިންމުކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި މިސްކިތުގައި ހޭދަކުރާ ވަގުތު މިސްކިތުގެ ހުރުމަތްތެރިކަމަށް އިސްކަން ދިނުމަށާއި އިއުތިކާފަށް ހުންނަ އިރު ބޭކާރު ކަންކަމާއި ޝާމިލް ނުވުމަށް ވަނީ ހަނދުމަކޮށްދީފަ އެވެ.

ހުކުރު ހުތުބާގައި ﷲ އަށް ތަގުވާވެރިވުމުގެ މުހިންމު ކަމަށް ވެސް އަލިއަޅުވާލާފައިވެ އެވެ. އަދި ﷲ އަށް ކިޔަމަންތެރިވެ ހެޔޮ އަމަލާއި އެކު މި މާތް މައްސަރު ނިންމާލެވޭތޯ ބެލުމަށް ވަނީ އިރުޝާދު ދީފަ އެވެ. އަމިއްލަ ނަފްސަށް ކުރާ އަހުދުތަކަށް ރައްކާތެރިވުމަށާއި އިސްތިއުފާރުކުރުން ގިނަ ކުރުމަށް ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެހެނީ އިސްތިއުފާރުކުރުމަކީ ރޯދަ އަށް ހުންނަ އިރު އެ މީހަކަށް ކުރެވޭ ކުދި ފާފަތަކުން ދުރުކޮށްދޭ ކަމަކަށް ވުން ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

ހުތުބާގައި ފިތުރު ޒަކާތް ދެއްކުމުގެ މުހިންމުކަމަށް ވެސް ބަލާލާފައިވެއެވެ. ފިތުރު ޒަކާތަކީ ރޯދަ ހިފާ އިރު ކުރެވޭ އުނިކަންކަން ފޫބައްދަން ލިބޭ ފުރުސަތެއް ކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ މާތް ﷲ އަށް ހަމްދުކޮށް އުމުރު މިހާތަނަށް އިތުރުކޮށްދެއްވީތީ ޝުކުރުވެރިވާން ޖެހޭ ކަމަށެވެ. މި މާތް މަހާއި ހިސާބަށް އައިސް ފަހު 10އެއްގައި ތިބުމަކީ އުފާކުރަންޖެހޭ ކަމެއްކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. ހުތުބާގައި ވަނީ ފަހު 10ގައި ކުރާ ހެޔޮ އަމަލުތައް ޤަބޫލުކުރައްވާތޯ މާތްﷲގެ ހަޒްރަތުގައި ދުއާދަންނަވަން ޖެހޭ ކަމަށެވެ. ހަމައެހެންމެ މި ދުވަސްތަކާއި ރޭތައް އިހްޔާކުރުމަކީ އެކަމުގެ ދަރުމަ އާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާނެ ކަމެއް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު