Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓް

އެފްޓީއޭގެ ސަބަބުން ރާއްޖޭގެ އާމްދަނީއަށް އަސަރު ކުރޭ: ރައީސް ނަޝީދު

ސަރުކާރުގެ ރެވެނިއު ސްޓްރީމް ވަނީ ދަށަށް ގޮސްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މާރިޗު 2025 | ހުކުރު 09:18
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އާދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) ހުއްޓިލައިގެން - މި ސަރުކާރުން އަމަލުކުރަން ފެށި ޗައިނާ މޯލްޑިވްސް އެފްޓީއޭއަކީ ފައިދާ ހުރިއެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އާދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) ހުއްޓިލައިގެން - މި ސަރުކާރުން އަމަލުކުރަން ފެށި ޗައިނާ މޯލްޑިވްސް އެފްޓީއޭއަކީ ފައިދާ ހުރިއެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވޭ

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓުގެ ސަބަބުން ރާއްޖޭގެ އާމްދަނީއަށް އަސަރު ކުރާ ކަމަށާއި، އެއީ ރާއްޖޭގެ އިގްތިސާދަށް ފައިދާހުރި އެއްބަސްވުމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ވިއޯން ނިއުސްއާއި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެފްޓީއޭ ހިންގުމުގެ ސަބަބުން ދިވެހި ސަރުކާރުގެ އާމްދަނީއަށް އަސަރު ކުރަމުންދާ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސޮއިކުރި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަކީ ރާއްޖޭގެ ފުރަތަމަ އެފްޓީއޭ އެވެ.

Advertisement - newsAdvertisement

އެފްޓީއޭ އަށް އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އެފްޓީއޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސިއްހަތަށް އަސަރުކޮށް، ސަރަހައްދުގައި އިންޑިއާގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވައިފާނެ ކަމުގެ އިންޒާރު ދީ، އިންޑިއާ އިން ވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދައިގެން އަޅުގަނޑުމެންނަށް ފައިދާއެއް ނުކުރެވެނީ ޗައިނާއާ އެކު ވިޔަފާރީގެ ސާޕްލަސްއެއް ނެތުމުން. އަޅުގަނޑުމެން ޗައިނާއަށް އެކްސްޕޯޓް ނުކުރޭ، އިމްޕޯޓް ކުރަނީ އެމީހުންގެ އަތުން. އެހެންވީމާ، އަޅުގަނޑުމެން ޓެރިފް ގެއްލެމުން މިދަނީ، އިމްޕޯޓް ޑިއުޓީ ގެއްލެމުން މިދަނީ. ސަރުކާރުގެ ރެވެނިއު ސްޓްރީމް ވަނީ ދަށަށް ގޮސްފައި. މިއީ ވަރަށް ހިތާމަވެރި ކަމެއް. އަނެއްކާ ވެސް އަޅުގަނޑު އުންމީދު ކުރަނީ ސަރުކާރުން އެކަމަށް އެނބުރި އަންނާނެ ކަމަށް،
ކުރީގެ ރައީސް ނަޝީދު

މި އަހަރުގެ ކުރީކޮޅު އަމަލުކުރަން ފެށި ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށް، އަމިއްލަ އަށް ހާރިޖީ އެހީގެ ސިޔާސަތުތައް އެކުލަވާލާއިރު އެފަދަ އެއްބަސްވުންތަކަށް ބަލާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ ޗައިނާގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމުން ލިބޭ އާމްދަނީ ގެއްލުމަކީ ރާއްޖޭގެ މާލީ ސިއްހަތަށް ކުރިމަތިވެދާނެ ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

2014 ވަނަ އަހަރު ސޮއިކުރި އެފްޓީއޭއަށް އަމަލުކުރަން ފެށީ 1 ޖެނުއަރީ 2025 ގައެވެ. 2017 ވަނަ އަހަރު ދިވެހި ރައްޔިތުންގެ މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދިން ނަމަވެސް 2018 ވަނަ އަހަރު އިބްރާހިމް ސޯލިހްގެ ސަރުކާރުން އެ އެއްބަސްވުން ސަސްޕެންޑް ކުރުމުން އެ އެއްބަސްވުން ވަނީ މެދުކަނޑާލައިފަ އެވެ. މި އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި އެއްބަސްވުމެކެވެ.

ނަމަވެސް 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވަނީ އެފްޓީއޭ އަށް މި އަހަރު އަމަލު ކުރަން ހުއްދަ ދެއްވާފަ އެވެ. ދަރަނި އަނބުރާ ދެއްކުމުގެ ކަންކަން އިތުރުވަމުންދާތީ ރާއްޖެއަށް ވަނީ ލިކުއިޑިޓީގެ ދަތިކަން ކުރިމަތިވެފައެވެ. މިދިޔަ އަހަރު އެމެރިކާގެ ރޭޓިން އެޖެންސީ ފިޗުން ވަނީ ލިކުއިޑިޓީގެ ހާލަތު ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދަރަނި "ޖަންކް" ދަރަޖައަށް ދަށްކޮށްފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުން ގުޅުން އަލުން ފަށަން އެއްބަސްވެފައިވާއިރު، އިންޑިއާ އިން ވަނީ އެ ޖަޒީރާ ރަށްތަކަށް 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެއް ދޭނެ ކަމަށް ވައުދުވެފަ އެވެ. މުއިއްޒުގެ މި ދަތުރުފުޅަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ގޮންޖެހުންބޮޑު އަހަރެއް ނިމިގެން ދިޔަ ދަތުރެކެވެ.

ވެރިކަމުގެ ދައުރު ފެށުނުއިރު މުއިއްޒު ވަނީ އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ނިއުދިއްލީގެ ނުފޫޒަށް އަމާޒުކުރައްވައި، ތުރުކިޔޭ އާއި ޗައިނާއަށް ޒިޔާރަތް ކުރައްވާފައެވެ. އެންމެ ގޮންޖެހުން ބޮޑު ދަނޑިވަޅަކީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިހާނެތިކޮށް ވާހަކަ ދެއްކެވި ކަމަށް ބުނާ ދަނޑިވަޅެކެވެ.

ފުރަތަމަ ކަމަކަށް، ރާއްޖޭގެ ތަނަވަސްކަމާއި ސަލާމަތާއި ރައްކާތެރިކަން ބިނާވެފައި ވަނީ އިންޑިޔާއާ އެކު އޮންނަ ރަނގަޅު ގުޅުމުގެ މައްޗަށް. ރާއްޖޭގައި ވެރިކަން ކުރާ ކޮންމެ ބޭފުޅަކު ވެސް އެކަން ވިސްނަން ޖެހޭނެ. އެބޭފުޅުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ނުވިސްނުނު ކަމުގައި ވިޔަސް ވަރަށް އަވަހަށް ދަސްވާނެ، އަޅުގަނޑުމެންގެ ތަނަވަސްކަމަށް ޓަކައި އިންޑިއާއާ އެކު ރަނގަޅު ގުޅުމެއް އޮތުމަކީ އެންމެ މުހިންމު ކަމެއްކަން އެބޭފުޅުންނަށް ވިސްނޭނެ
ކުރީގެ ރައީސް ނަޝީދު

މި އަހަރު ނިމުމުގެ ކުރިން އިންޑިއާއިން ވަނީ ރާއްޖެއިން ދައްކަން ޖެހޭ މަދުވެގެން 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ގެންދިއުމަށް އެއްބަސްވެ، އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ރާއްޖޭގެ "އިންޑިއާ އައުޓް" ހަރަކާތުގެ އިސް ލީޑަރެއްގެ ގޮތުގައި ބެލެވުނު މުއިއްޒު ވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އިންޑިއާއެކު ގުޅުން އަލުން ގާއިމްކުރުމަށް މަސައްކަތް ކޮށް ގުޅުން އިއާދަކުރަން ފަށާފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު