Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމިގްރޭޝަން ކޮންޓްރޯލަރ

އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމަށް ފަސީހު އައްޔަންކުރައްވައިފި

އަޙްމަދު ފަޞީޙް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެ ދަންވަރު 3:35 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 މާރިޗު 2025 | ހުކުރު 05:28
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު، އޭނާ ވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް އައްޔަންކުރައްވާފައި

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު، އޭނާ ވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް އައްޔަންކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، މ. ދިއްގަލި، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ޢައްޔަންކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރގެ ފެންވަރުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ. އަދި އެބޭފުޅާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަދި ޕޮލިސް ބޯޑުގައިވެސް މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ.

ފަޞީޙް މި މަގާމަށް އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޝަމްއާން ވަހީދު އެމަގާމުން ވަކިކުރެއްވުމަށްފަހުއެވެ. ފަޞީޙް މަގާމަށް އައްޔަންކުރެއްވި ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު އެކްސްގައި ޕޯސްޓެއް ކުރެއްވީ ބުރާސްފަތި ދުވަހުގެ ދަންވަރު 3:35 ގައެވެ.

ޝަމްއާން މަގާމުން ވަކިކޮށްފައިވާއިރު، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން، އެ މައްސަލަ ފުލުހުން ބަލަމުން އަންނަކަމަށް އެ އިދާރާއިން ބުރާސްފަތި ދުވަހުގެރޭ ވަނީ ހާމަކޮށްފަ އެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ބުރާސްފަތި ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެެެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2017

ޖޭއެސްސީ އިން އަލީ ހަމީދު ވަކިކޮށް އެ މަގާމަށް ފަނޑިޔާރު އަރީފް އައްޔަން ކުރައްވައިފި

10 ޖުލައި 2017
ޖޭއެސްސީ އިން އަލީ ހަމީދު ވަކިކޮށް އެ މަގާމަށް ފަނޑިޔާރު އަރީފް އައްޔަން ކުރައްވައިފި
02 ޖުލައި 2017

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު

02 ޖުލައި 2017
ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު
21 ޖޫން 2017

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި

21 ޖޫން 2017
އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި
19 ޖޫން 2017

އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު

19 ޖޫން 2017
އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު