Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭ ފުޓުބޯޅަ ފަހަތަށް

އެންމެ ފަހުން ސަރަހައްދީ ލެވެލްގައިވެސް ރާއްޖޭ ފުޓުބޯޅަ ފަހަތަށް؟

ބޫޓާން އަތުން 18 އަހަރުން ދަށުގެ ޓީމު ވަނީ ބަލިވެފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 07:15
ރާއްޖޭ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމު

ރާއްޖޭ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމު

ރާއްޖޭގެ އެއް ނަމްބަރު ކުޅިވަރަކީ ފުޓުބޯޅައެވެ. މިކަމަށް އެތައް ބަޔަކު އިއްތިފާގުވެއެވެ. ފުޓުބޯޅަ އަށް ލޯބިކުރާ ސަޕޯޓަރުން ރާއްޖޭގައި ގިނައެވެ. ރާއްޖޭ ފުޓުބޯޅަ ބަލާ ސަޕޯޓަރުން ވެސް ގިނައެވެ. އެ ސަޕޯޓަރުން އަބަދުވެސް ތިބެނީ އުންމީދެއްގައެވެ. ފުޓުބޯޅައިން ރާއްޖެ ކުރިޔަށް ޖެހިލާނެ ދުވަހަކަށެވެ.

އެހެން ނަމަވެސް ބައިނަލްއަގުވާމީ ގޮތުން ވާދަކުރަން ރާއްޖެ ނިކުންނައިރު، ސަރަހައްދީ ލެވެލްގައި ތިބި އެހެން ގައުމުތައް ރާއްޖެއަށް ވުރެ ކުރިޔަށް ވަނީ ޖެހިލާފައެވެ. އެ ގައުމުތައް މިހާރު އޮތީ ރާއްޖެއަށް އަތުނުލެވޭހާ ދުރުގައެވެ. ކުރަންޖެހޭ މަސައްކަތްވެސް ގިނަ އެވެ.

މިވަގުތުވެސް ރާއްޖޭގެ 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ޓީމު ދަނީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. 16 އަހަރުން ދަށުގެ ޓީމު ބޮޑު ތަފާތުތަކުން ބަލިވަމުން އަންނައިރު، އުންމީދުކުރި ގޮތާ ހިލާފަށް 18 އަހަރުން ދަށުގެ ޓީމު ވަނީ މި ސަރަހައްދުގައި ވެސް އެންމެ ދަށް ކަމަށް ބެލެވޭ ބޫޓާން އަތުން ވެސް ބަލިވެފައެވެ. އަދި ބަންގްލަދޭޝް އާއި ނޭޕަލް އަތުން ވެސް އެޓީމު ވަނީ ބަލިވެފައެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިކަމަށް ދަނީ އެތައް ބަޔަކު ފާޑުވެސް ކިޔަމުންނެވެ. އެހެން ނަމަވެސް މި މެޗުތަކުގައި ކުޅުންތެރިން ދައްކާ ކުޅުން އެއީ ފާހަގަކޮށްލެވޭ ކުޅުމެކެވެ. އެ ކުޅުންތެރިންނަށް ސާބަސް ހައްގެވެ.

ސަރަހައްދުގައި ހިމެނޭ ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާން ފަދަ ޓީމުތައް ކުރިއެރުން ހޯދަމުން އަންނައިރު، ރާއްޖެ އަދި ވެސް އޮތީ އޮތް ހިސާބުގައެވެ. އިންޑިއާ ވަނީ ސަރަހައްދީ ލެވެލް ފަހަނައަޅައި މިހާރު ބައިނަލްއަގުވާމީ ގޮތުން ފުޓުބޯޅައިގައި ވާދަކުރަން ފަށާފައެވެ. އިންޑިއާ ވެސް، ނޭޕާލްވެސް، ބޫޓާންވެސް، އަދި ބަންގްލަދޭޝްވެސް ކުރިއަރައިގެން ދިޔައީ ކުއްލިއަކަށް ނޫނެވެ. އެ ގައުމުތަކުން ދިޔައީ ކުޅުންތެރިން އުފައްދާ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖެއިން ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރާ ވާހަކަ ދައްކާއިރު، ނަތީޖާއަކުން އެކަމެއް ނުފެނެއެވެ. މިފަހަރުވެސް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި އޮމާންއާ ދެކޮޅަށް ނިކުތުމުގެ ކުރިން ގަތަރުގައި ގައުމީ ސީނިއާ ޓީމު ކޭމްޕްކުރިއެވެ. އެހެން ނަމަވެސް އޮމާން އަށް ގޮސް ގައުމީ ޓީމު ކުޅުނު މެޗުން 0-5 ގެ ނަތީޖާއިން ބަލިވިއެވެ. ބައިކޮޅަށް ވަންނަ ލަނޑުތައް ވެސް ގިނަވަނީ އެވެ. މާޔޫސްވާ ސަޕޯޓަރުން ވެސް ގިނަވަނީއެވެ. މިކަމާމެދު ސީރިއަސްކޮށް ވިސްނާ ފަރާތެއް ހުރިހެނެއް ހީވެސްނުވެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ރާއްޖެއިން ހޯދުމާއެކު، ރާއްޖެ ފަހަނައަޅައި ދިޔުމަށް އެހެން ގައުމުތައް މާސްޓަ ޕްލޭނެއް ހެދި ކަމަށާއި، އެއާ އެއްގޮތަށް މަސައްކަތް ކުރަން ފެށި ކަމަށެވެ. އެގޮތުން އޭނާ ބުނީ ރާއްޖެއަށް ދިމާވާ މައްސަލައަކީ މުބާރާތްތަކަށް އޯވާ ނައިޓަކުން ޓީމެއް ހަދައިގެން ގޮސް ކުޅުން ކަމަށާއި، އަދިވެސް މާސްޓަ ޕްލޭނެއް ހަދާ އެއާ އެއްގޮތަށް މަސައްކަތްކޮށްފިނަމަ ތަފާތު ފެންނާނެ ކަމަށެވެ.

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ރާއްޖޭގެ ފުޓުބޯޅަ ރަނގަޅު ކުރެވޭނީ ޒުވާން ކުޅުންތެރިން އުފައްދައިގެންނެވެ. ކުޅުންތެރިން ތަމްރީން ކުރުމަށް ބޭރު ގައުމުތަކަށް ފޮނުވައިގެންނެވެ. ރާއްޖޭގައި ހަމައެކަނި ލީގެއް ކުޅެފައި، އެ ލީގުން ކުޅުންތެރިން ނަގައިގެން ސާފް ޗެމްޕިއަންޝިޕަށް އަމާޒުކޮށްގެން ގައުމީ ޓީމެއް ތައްޔާރު ކުރިޔަސް ފުޓުބޯޅަ ކުރިއެއް ނާރާނެއެވެ. ބައިނަލްއަގުވާމީ ލެވެލްގައި ވާދައެއްވެސް ނުކުރެވޭނެއެވެ.

ރާއްޖޭ ސަޕޯޓަރުންގެ އުންމީދަކީ ދިވެހި ފުޓުބޯޅަ ކުރިއަރާ ގޮސް ބައިނަލްއަގުވާމީ ލެވެލްގައި ވާދަކުރާނެ ދުވަހެކެވެ. އުންމީދަކީ ސަރަހައްދީ ލެވެލްގައި އެހެން ގައުމުތައް ފަހަތަށް ޖައްސާލުމެވެ. އެކަމަށް އެފްއޭއެމް އިން އިސް ނަގައިގެން މަސައްކަތްތަކެއް ކޮށް އަމަލީ ގޮތުން ދެއްކުމެވެ. މިއީ އުންމީދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު