Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކާބަން ނިއުޓްރަލް ސިޔާސަތު

"މުޒާހަރާ" އަކަށް ނުވެ ނިމުނު މުޒާހަރާ

"މުޒާހަރާ" ކުރަން ނުކުތީ ތިން މީހުން

ރާއްޖެ އެމްވީ | 19 ޖޫން 2017 | ހޯމަ 20:02
ރައީސް ނަޝީދުގެ ކާބަން ނިއުޓްރަލް ސިޔާސަތައް ފާޑުކިޔަން ލަންޑަނުގައި ނުކުތީ ތިން މީހުން

ރައީސް ނަޝީދުގެ ކާބަން ނިއުޓްރަލް ސިޔާސަތައް ފާޑުކިޔަން ލަންޑަނުގައި ނުކުތީ ތިން މީހުން

ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މިވަގުތު ހުންނެވި އެންމެ މަގްބޫލު ޝަޚްސިއްޔަތު ކަން ނިމިގެން ދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުންނާއި އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެމަނިކުފާނު ގިނިކަންޏާ ނުކުމެ ވަޑައިގެން ހޯއްދެވި ވޯޓުން ސާބިތުވެއެވެ.

އެކަމަކު ދެރަކަމަކީ އެކަން ގަބޫލު ކުރަން ބޭނުން ނުވާ ބަޔަކު އުޅެމުންދާ ކަމެވެ. ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމުގައި ވެސް އެމަނިކުފާނުގެ ހަގީގީ ކުށަކީ ރާއްޖެއާ ބޭރު ދުނިޔޭގައި ލިބިވަޑައިގެންފައިވާ މަގުބޫލް ކަމެވެ. މަޝްހޫރު ކަމެވެ. ލިބިވަޑައިގެންފައިވާ ބޮޑު ތާއީދެވެ. ރާއްޖެއަކު އެކަންޏެއް ނޫނެވެ. ރާއްޖޭން ބޭރުގައިވެސް އެމަނިކުފާނަކީ ހީރޯއެކެވެ. ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ތަރިއެކެވެ. ލީޑަރެކެވެ.

އެކަން ޒަމާންތަކަކަށް އޮއްބާލައިގެން ބަޔަކަށް ހިތްހަމަ ޖެހުން ލިބިދާނެ އެއްގޮތަކީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި އެމަނިކުފާނު ކަސްތޮޅު އަޅުވާ މީހުންނާ އެކަހެރި ކުރުން ކަމަށް ދެކި ޖެހި މަޅިވެސް އެންމެ ފަހުން ބަދަލުވެގެން ދިޔައީ މާފައްޗަކަށެވެ.

ރައީސް ނަޝީދު އެ އުޅުއްވަނީ ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރުފުޅު ކުރައްވާ މުހިންމު ޖަލްސާތަކުގައި ތަގުރީރު ކުރެއްވުމުގައެވެ. ގިނަ މީހުންގެ ނަޒަރުގައި އެމަނިކުފާނު ގެންދަވަނީ މަގާމުގައި ހުންނެވި ރައީސަކު ގައުމު ތަމްސީލް ކުރައްވަން، ގައުމުގެ ޝަރަފް ދެމެހެއްޓުމަށް، ގައުމުގެ މަގާމް މަތި ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައެވެ. މުހިންމު ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ސިޔާސަތު ކަނޑައެޅުމުގައި އެމަނިކުފާނުގެ ދައުރު ޖަލު ހުކުމާއެކު ވީ ބޮޑެވެ. އެމަނިކުފާނު އިތުރަށް ވީ މުހިންމެވެ. ބިޒީ ޝެޑިއުލެއްގައި އެމެރިކާއިން، ޖަރުމަނުވިލާތުން ނޯވޭއިން، އިނގިރޭސިވިލާތުގެ އެއް ސިޓީން އަނެއް ސިޓީން ވަރުބަލިފުޅު ވުމެއް ނެތި ދަތުރުފުޅު ކުރައްވާ އެއުޅުއްވަނީ ދުނިޔެއަށް ބޮޑުވެފައިވާ ކްލައިމެޓް ޗޭންޖުގެ މައްސަލައިގައި ކުދި ޖަޒީރާ ގައުމުތަކުގެ ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރެއްވުމުގައެވެ.

ކޮންމެ އަކަސް ރައީސް ނަޝީދުގެ މަގުބޫލު ކަމާއި މަޝްހޫރު ކަން ފެނި އެކަމަށް ހިތްދަތިވި ބަޔަކު ހިތައް ވަރަށް ބޮޑު އަސަރެއް ކޮށްގެން ކޮންމެވެސް ކަމެއް މިކަމުގައި ކުރާންޖެހިއްޖެ ކަމަށް ދެކި ލަންޑަނުގެ ދެތިން ކުއްޖެއްގެ އަތައް ބިލް ބޯޑުތަކެއްދީ "މުޒާހަރާ" އެއް ކުރި ވާހަކަ ބައެއް މީހުން ދައްކާތީ އެކަންވީ ގޮތް ބަލާލަން ޖެހިއްޖެއެވެ.

ދައުރުވަމުންދާ މައުލޫމާތައް ބަލާއިރު ބިލް ބޯޑުތަކެއް ހިފައިގެން ތިބި ތިން މީހަކު ހޮޓަލެއްގެ ކުރިމަތީގައި ތިއްބާ ފެނެއެވެ. މީހަކު އެ ތަސްވީރުތަކާއެކު އެ ކުރަނީ މުޒާހަރާއެކޭ ނުލިޔުނު ނަމަ އެއީ މުޒާހަރާއެއް ކަމެއްވެސް ނޭގެއެވެ. އެމީހުން ތިބީ ލަންޑަން ގްރޭންޖެ ހޮޓަލުގެ ބޭރުގައި ކަމަށާއި، މިކަން ކުރީ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެން ތަގުރީރު ކުރެއްވި ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ފޯރަމް ހިނގަމުން ދަނިކޮށް ހޯމަ ދުވަހުގެ ވަގުތެއް ކަމަށްވެސް މި ވާހަކަތަކުގެ ތެރޭގައި ހުއްޓާ ފެނުނެވެ.

ކާބަން ނިއުޓްރަލް ސިޔާސަތައް ދެމީހަކު ފާޑުކިޔަނީ

އެތަނުން އެކަކު ހިފައިގެން ހުރި ބޯޑުގައި އޮންނަތަން ފެންނަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެއް ޕަސެންޓުވެސް ކާބަން ނިއުޓްރަލް ނުވާ ކަމަށެވެ. ލިޔުން ފެނުމުން މިއީ ބަޔަކު ޖޯކަކަށް ކުރި ކަމެއް ކަމަށް ކުރިން ހީވި ހީވުން ޔަގީންވިއެވެ. އެއީ، އެ ލިޔުނު މީހުންނަކީ ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަފުޅުތައް ރަނގަޅަށް ދޭހަނުވާ ބައެއް ކަމާއި ކާބަން ނިއުޓްރަލް ވުމަކީ އިން ސައްތައިން މިނާ އެއްޗެއް ނޫން ކަންވެސް އެމީހުންނަށް އެނގޭހެން ހީ ނުވީމައެވެ. އަނެއް ކޮޅުން މިސަރުކާރުގައި ކުރިއަށް ދާ އިއާދަ ކުރަނިވި ހަކަތައިގެ މަޝްރޫއުތަކަކީ ކާބަން ނިއުޓްރަލް ސިޔާސަތު ބޭރު ދުނިޔެއަށް އޭރު ވިއްކައިގެން ރާއްޖޭން ހޯދި އެތައް މިލިއަން ޑޮލަރުގެ ފައިދާކަންވެސް އެމީހުންނަށް އެނގިފައި ނެތީމައެވެ.

ރައީސް ނަޝީދުގެ ކާބަން ނިއުޓްރަލް ސިޔާސަތު އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައި ބީދައިން ނިމުމަކަށް ގެނެސް ކަފުން ކުރިކަންވެސް "މުޒާހަރާ" އަށް ނުކުތް މީހުންނަކަށް ނޭގެއެވެ. އަދި މިހާރު

"މުޒާހަރާ" ގައި ފެނުނު ތިން ބިލްބޯޑުގެ ތެރެއިން އެއް ބިލްބޯޑުގައި އޮތީ "ލަންޑަނެއް މޮޔައެއް ނުހެއްދޭނެއެވެ" އެއީ ތެދެކެވެ. ގައުމެއްގެ ވެރިއެއްގެ އިއްޒަތުގައި އެމަނިކުފާނަށް ލަންޑަނުން ފުރުސަތު ލިބިވަޑައިގަތީ، ބަޔަކު އެމަނިކުފާނަކީ ޓެރަރިސްޓެއް ކަމަށް ހަދަން ލައްކަ މަސައްކަތް ކުރަމުން ދަނިކޮށްނެވެ. އެކަން ލަންޑަނަކުން ގަބޫލެއް ނުކުރިއެވެ. މޮޔައެއް ނުހެއްދުނެވެ. އެކަމަކު ޒުވާން ތިން ކުއްޖަކު، ބަޔަކު ފައިސާ ދީގެން ނަމަވެސް މޮޔަހައްދާ ހޮޓަލެއްގެ ކުރިމައްޗަށް ޖަމާކޮށްފިއެވެ. ޔޫރަޕްގައި ފަސް ޕައުންޑަށް އެމީހަކު ބޭނުން ލިޔުން ކޮޅެއް ލިޔެފައި ދިނުމުން އޭގައި ހިފަހައްޓާލާ ފޮޓޯއެއް ނަގައި ދިނުމަކީ ބައެއް މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެކެވެ. އެކަން ޕްރޮމޯޓު ކުރާ ވެބްސައިޓްތައް ވެސް އެބަހުއްޓެވެ. ފަހަރުގައި މިއީ އެކަހަލަ ކަމަކަށްވެސް ވެދާނެއެވެ. ބަޔަކު މަސައްކަތް ކޮށްގެން ބިލްބޯޑު ދީފައި ނެރުނު ކުދިންނަށްވެސް ބަޔަކު އެމީހުން މޮޔަހެއްދީ ކަމަށް ވިސްނުނީ ކަމަށްވެސް ވެދާނެއެވެ. އެކުދިންވެސް ތިބީ ލަދުންނެވެ. އެއިން ކުއްޖަކަށް މޫނު ދައްކާލާ ފޮޓޯއެއް ނަގާކަށްވެސް ނުކުރުނެވެ.

ފައިސާ އަށް ބިލްބޯޑު ހިފައިގެން ފޮޓޯ ނަގައިދިނުމަކީ ބައެއް މީހުން އާމްދަނީ ހޯދަން ކުރާ ކަމެއް

މުޒާހަރާއަކަށް ނުވެ މުޒާހަރާ ނިމިއްޖެއެވެ. ހޮޓަލުގެ ކުރިމަތީގައި ބިލްބޯޑުތަކެއް ހިފައިގެން ބަޔަކު ތިއްބާ ރައީސް ނަޝީދު އެ ބުނާ ހޮޓަލުގެ ތެރޭގައި ދެއްވި ތަގުރީރަށް ތައުރީފް އޮހެނީއެވެ. ކަމެއް ދެއްކޭތޯ މިކުރި މަސައްކަތްވެސް މި ދިޔައީ ތޮޅިޔަށެވެ. ކަންކުރަން ނުކުތް މީހުންވެސް އެންމެފަހުން ގަތީ ލަދެވެ. ރައީސް ނަޝީދުގެ މަގުބޫލުކަން އަނެއްކާވެސް ވީ އިތުރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

13 ސެޕްޓެމްބަރު 2017
 ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

03 އޯގަސްޓު 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު