Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިހާބު 2018

މިހާރު މުޒާހަރާކުރަން 'އޯކޭ'!

2 އޮކްޓޯބަރު 2018 | އަންގާރަ 10:52

މުޒާހަރާ ބޭއްވީ ދުރާލާ ފުލުހުންގެ ހުއްދަ ނުހޯދައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 އޮކްޓޯބަރު 2018 | އަންގާރަ 10:52
ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ބޮޑަށް ނިގުޅައިގެންފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ސަރުކާރު ޖަވާބުދާރީވުމަށް ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރީ ސީދާ މި ސަރުކާރުންނެއެވެ.

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އެތައް ހާސް ބަޔަކު ނިކުތުމުން، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާ ކަމުގެ ބަހަނާ މަތިކޮށް "ޚިޔާލުފާޅުކުރުމުގެ" މިނިވަންކަން ހަނިކުރީ ހަމަ ރައީސް ޔާމީންގެ ސަރުކާރުންނެއެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުން ރައްޔިތުންނަށް ދީފައިވާ ބާރު ހަނިކުރަމުން ރައީސް ޔާމީންގެ ސަރުކާރުން އޭރު ބުނެފައިވަނީ އެކަން ހަނިކުރީ ދުއްވާ އެއްޗިއްސަށާއި މަގުމަތީގައި ހިނގާ ބިގާވެ އުޅޭ މީހުންނަށް އުނދަގޫވާތީ ކަމަށެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަނީ، "މިނިވަންކަމާ އެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދި އަށް ފެންނަ ގޮތްތަކާއި ހިޔާލްތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ" ކަމަށެވެ. އަދި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ވަނީ ރައްޔިތުންނަށް ލިބިދީފައެވެ. ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ބޭނުންކުރަން މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ޑިމޮކްރަސީގެ މުހިއްމު އަސާސެކެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅޭ ނަމަ އެކަމަށް ހުރަސް އެޅުމުގެ ބާރު ފުލުހުންނަކަށް ނޯވެއެވެ. އެކަމަކު ހަމަނުޖެހުން ހިންގައި، ގާނޫނާ ހިލާފު އަމަލްތައް ކުރާ ނަމަ އެކަން ހުއްޓުވަންޖެހެއެވެ. ނަމަވެސް ގާނޫނުއަސާސީ އަށް ބެލުމެއް ނެތި އިދިކޮޅު ފަރާތްތައް ކަސްތޮޅު އެޅުވުމަށް ގާނޫނުތައް ހަދައި މާލޭގައި ހަމަ އެކަނި އެއްވެ އުޅެވޭ ތަނެއްގެ ގޮތުގައި ކާނިވާ ސަރަހައްދު ހެދީ ވެސް މި ސަރުކާރުންނެވެ.

ޚިޔާލުފާޅުކުރުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވީ ޚުދު ރައީސް ޔާމީނެވެ. ޚިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެ މީހުންގެ އަބުރު ކަތިލަމުންދާ ކަމަށާއި، އެ އަށް ވުރެ ހައްޖަށް ދިއުން މާ ރަނގަޅު ކަމަށް ބުނީ ވެސް ޚުދު ރައީސް ޔާމީނެއެވެ.

ރައީސް ޔާމީނަކީ ބަހާއި އަމަލާ ދިމާނުވާ ބޭފުޅެއް ކަމަށް ރައްޔިތުންނަށް ބުނަމުންދާ ވާހަކައަށް އިތުރު ބާރެއް ލިބިގެންދިޔައީ ހޯމަ ދުވަހުގެ ރޭ އެ މަނިކުފާނު އަމަލުކުރެއްވި ގޮތުންނެއެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ "އޮޅުވާލި ވޯޓް"ގެ ނަމުގައި ރައީސް ޔާމީންގެ ޕީޕީއެމްއިން ވަނީ މުޒާހަރާކޮށްފައެވެ. މިއަދު ރައީސް ޔާމީނަށް ވަނީ އެ މަނިކުފާނު އެއްކަލަ ހަނިކޮށްލެއްވި ޚިޔާލުފާޅުކުރުމުގެ ގާނޫނުގެ ބޭނުންކޮށްގެން މުޒާހަރާކޮށް އެ މަނިކުފާނާއި އެ މަނިކުފާނުގެ ޕާޓީއަށް ގެއްލިގެންދިޔަ ކަމަށް އެ ބުނާ ވޯޓް ހޯދުމަށް ވަކާލާތު ކުރާށެވެ. މިއަދު އެ މަނިކުފާނުގެ ސަރުކާރަށް އޮތީ އެއްކަލަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކަމުގެ ވާހަކަ ދައްކަންޖެހިފައެވެ. ތިމާ ބޭނުންވީމަ ކޮންމެ ކަމެއް 'އޯކޭ" ވާ އުސޫލުން ދުރާލައި ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި މުޒާހަރާކުރީއެވެ. އެކަން "އޯކޭ" ވީއެވެ. ވެހޭ ވާރޭގައި ރައީސް ޔާމީން އިސްކޮށް ހުންނަވައި މަދުބަޔަކާ އެކު ކުރެއްވި މުޒާހަރާ އެ މީހުން ބޭނުންވާ އިރެއްވަ ންދެން ކުރިއަށް ގެންދިޔައީއެވެ. މީހުންގެ އަބުރު ކަތިލެވިގެން ދިޔައީއެވެ. އިލެކްޝަން ކޮމިޝަނުގެ މެމްބަރުންގެ ބޮލުގައި އެޅުވުނު އިލްޒާމަކީ އަދި މިހާތަނަށް ސާބިތުވެފައިވާ ކަމެއް ނޫނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިޝްވަތު ދިން ކަމަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނެތެވެ. ނަމަވެސް އެމަނިކުފާނުގެ އަބުރު ދިފާއުކުރެއްވުމަށް ހެއްދެވި އަބުރުގެ ގާނޫނަށް ވެސް ބެލުމެއް ނެތި ސީދާ އެ ގާނޫނާ ހިލާފަށް ސާބިތު ނުހިފޭ ވާހަކަތައް ވެސް މީޑިއާ މެދުވެރިކޮށް ދެއްކެވީއެވެ. ޚުދު ތިމާ ބޭނުންވީމަ ރައްޔިތެއް، ދުއްވާ އެއްޗެއް ބެލުމެއް ނެތި "އޯކޭ" ވީއެވެ.

ޕީޕީއެމް އޮފީސް ކުރިމަތީގައި ރޭގައި ބޭއްވި މުޒާހަރާގެ ތެރެއިން

ރައްޔިތުންނަށް "އޯކޭ" ނުވަނީ މަނިކުފާނުގެ ތިފަދަ އަމަލުފުޅުތަކެއެވެ. ރައްޔިތުންނަށް "އޯކޭ" ނުވަނީ މަނިކުފާނުގެ ބަހާއި އަމަލުދިމާ ނުވުމެއެވެ. ރައްޔިތުންނަށް "އޯކޭ" ނުވަނީ މަނިކުފާނު ބޭނުންވާ ގޮތަށް ޤާނޫނޫތައް ބަދަލުކޮށް، އޭގެ ބޭނުން ހިފުމެއެވެ. އަދި ރައްޔިތުންނަށް އެއްގިތަކަށް ވެސް 'އޯކޭ' ނުވަނީ މަނިކުފާނު އަމިއްލަފުޅަށް ހެއްދެވި ގާނޫނުތައް ޚުދު މަނިކުފާނު މުގުރާލައްވާތީއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖުލައި 2017

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
21 ޖޫން 2017

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި
08 ޖޫން 2017

ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

08 ޖޫން 2017
ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް