Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވްލަޑިމިއަރ ޕުޓިން

ޒެލެންސްކީ ވިދާޅުވީ، ހަކަތައިގެ ނިޒާމަށް ދޭ ހަމަލާތައް އަވަހަށް ހުއްޓޭނެ ކަމުގެ އުންމީދު އޮތް ކަމަށް

ރަޝިޔާއާ އެކު އެއްބަސްވުމަކަށް ނާދެވެނީސް، "ހުރިހާ އެއްޗެއް ވެސް ދުއްވާނެ" ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މާރިޗު 2025 | ބުރާސްފަތި 06:36
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވާހަކަ ދައްކަވަނީ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވާހަކަ ދައްކަވަނީ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަގައި، ޔުކްރެއިންގެ ހަކަތައިގެ ނިޒާމަށް އަމާޒުކޮަށް ރަޝިޔާ އިން ދެމުން އަންނަ ހަމަލާތައް ހުއްޓޭނެ ކަމުގެ އުންމީދު އޮތް ކަމަށް، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ކުރެއްވި ފޯނު ކޯލު މަޝްވަރާގައި، ޔުކްރެއިންގެ ހަކަތައިގެ ނިޒާމަށް ދެމުން އަންނަ ހަމަލާ ހުއްޓާލަން ޕުޓިސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.

ޒެލެންސްކީ ވިދާޅުވީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ރަޝިޔާ އިން ހަމަލާދީ، ޝަރުތުތަކާ ޚިލާފުވެއްޖެ ނަމަ، ޔުކްރެއިން އިން އެކަމަށް ޖަވާބު ދޭނެ ކަމަށެވެ. 

މީގެ އިތުރުން ޒެލެންސްކީ ވިދާޅުވީީީ، އެމެރިކާގެ ރައީސް ޓްރަމްޕާ އެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވިދާނެ ތަންތަނުގެ ލިސްޓެއް ތައްޔާރު ކުރާނެ ކަމަށެވެ. އަދި އެ ލިސްޓުގައި ހަކަތައިގެ ވަސީލަތްތަކުގެ އިތުރުން، ރޭލު އަދި ބަނދަރުތައް ވެސް ހިމަނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ރަޝިޔާއާ އެކު އެއްބަސްވުމަކަށް ނާދެވެނީސް، "ހުރިހާ އެއްޗެއް ވެސް ދުއްވާނެ" ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އޭގެ މާނައަކީ ޑްރޯންތަކާއި މިސައިލްތަކުގެ ހަމަލާތައް ކުރިއަށް ގެންދިޔުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕާ އެކު ބޭއްވުނު މަޝްވަރާއަކީ "އެންމެ އުފެއްދުންތެރި އަދި ރަނގަޅު" މަޝްވަރާ ކަމަށް ޒެލެންސްކީ ވަނީ ސިފަ ކުރައްވައިފަ އެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޔުކްރެއިން އަށް ވަޑައިގަތުމަކީ ހަނގުރާމަ ހުއްޓުވުމަށް އެހީތެރިވެވިދާނެ ކަމެއް ކަމަށް ވެސް ޒެލެންސްކީ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ދެ ރައީސުން، ޒަޕޮރިޒިއާ ނިއުކްލިއަރ ޕްލާންޓާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، އެތަން ޔުކްރެއިން އަށް އަނބުރާ ލިބިއްޖެ ނަމަ، އެމެރިކާގެ އިންވެސްޓުމަންޓާއި މޮޑަނައިޒޭޝަން މަޝްރޫޢުތަކަށް މަގު ފަހިވެގެން ދާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. 

މީގެ އިތުރުން ޔުކްރެއިނަށް އިތުރު އެފް-16 ހަނގުރާމަވެރި މަތިންދާ ބޯޓު ލިބިފައިވާ ކަމަށް ޒެލެންސްކީ ހާމަ ކުރެއްވި ނަމަވެސް، ވަކި އަދަދެއް ނުވަތަ ލިބުނު ތާރީޚެއް ހާމަ ކުރައްވާފައި ނުވެ އެވެ.

ވުލެޑިމިއަރ ޒެލެންސްކީޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންޔުކްރެއިންރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު