Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިންގެ ހަކަތައިގެ ނިޒާމަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ޕުޓިން އެއްބަސްވެފައިވާ ކަމަށް، ވައިޓް ހައުސް އިން ބުނެފި

މަޝްވަރާއާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވި ގޮތުގައި އެ މުޢާމަލާތަކީ ވަރަށް "ރަނގަޅު އަދި ފައިދާހުރި" މުޢާމަލާތެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2025 | ބުދަ 05:01
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު އަންގާރަ ދުވަހު ފޯނުން ގުޅުއްވުމަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން އެއްބަސްވެ ވަޑައިގެންފައި ވަނީ ޔުކްރެއިންގެ ހަކަތަ އާއި އިންފްރާސްޓްރަކްޗާ އަށް ހަމަލާ ދިނުން ހުއްޓާލުމަށް

ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓް ހައުސް އިން ބުނެފައި ވަނީ، އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު، ފޯނުން ކުރެއްވި މަޝްވަރާގައި ޔުކްރެއިންގެ ހަކަތައިގެ އިންފްރާންސްޓްރަކްޗާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ޕުޓިން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. 

 ގާތް ގަނޑަކަށް ދެ ގަޑިއިރަށް ދެމިގެން ދިޔަ އެ ފޯނު ކޯލުގައި، ކަޅު ކަނޑުގައި ކަނޑުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ އިތުރުން، ދާއިމީ ސުލްހައަކާ ދިމާލަށް މަސައްކަތް ކުރުމަށް ދެ ރައީސުން އެއްބަސްވެ ވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން، މެދު އިރުމަތީގައި ވަގުތުން މަޝްވަރާތައް ފެށުމަށް ވެސް ދެ ރައީސުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ.

މަޝްވަރާއާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވި ގޮތުގައި އެ މުޢާމަލާތަކީ ވަރަށް "ރަނގަޅު އަދި ފައިދާހުރި" މުޢާމަލާތެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް އޭނާ ރައީސް ކަމުގައި ހުންނެވި ނަމަ، އެ ހަނގުރާމަ ފެށިގެން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު މި ހަނގުރާމައިގައި ސަތޭކަ ހާހަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނެއްހާ މީހުންނަށް ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވެ އެވެ.

މިއީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުގައި ހިނގި އެންމެ ބޮޑު ހަނގުރާމައެވެ. ތިން އަހަރަށް ދިގު ދެމިގެންދާ ހަނގުރާމައާ ގުޅިގެން ޔުކްރެއިން އިން ވަނީ، އެމެރިކާ އިން ހުށަހެޅި ހަނގުރާމަ ހުއްޓުމުގެ ހުށަހެޅުމަށް އެއްބަސްވެފަ އެވެ.

އެހެން ނަމަވެސް، ޕުޓިން ވިދާޅުވެފައި ވަނީ މުހިންމު ޝަރުތުތަކެއް ފުރިހަމަ ވަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

ރަޝިޔާގެ ތަރުޖަމާން ދިމިތުރީ ޕެސްކޮވް ވިދާޅުވި ގޮތުގައި، ދެ ރައީސުންގެ މެދުގައި ވަނީ "ވަކި މިންވަރެއްގެ އެއްބަސްވުމެއް" ވެފައި އެވެ.

އެއީ މީގެ ކުރިން ފެބްރުއަރީ 12 ގައި ކުރެވުނު މުޢާމަލާތާއި، އޭގެ ފަހުން ދެ ޤައުމުގެ މެދުގައި ކުރެވުނު މަތީ ފެންވަރުގެ މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް ވެވުނު އެއްބަސްވުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

ވްލަޑިމިއަރ ޕުޓިންޑޮނަލްޑް ޓްރަމްޕްޔުކްރެއިންރަޝިއާވައިޓް ހައުސްޔުކްރެއިންގެ ހަނގުރާމަރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު