Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންނަށް ބިރުދެއްކުން

ފެނިގެންދަނީ ގާނޫނު ބޭނުންކޮށްގެން ރައީސް އެމަނިކުފާނުގެ އަނބިކަނބަލުން މެދުވެރިކޮށް ރައްޔިތުންނަށް ބިރުދައްކާތަން - މާޒް

ފެނިގެންދަނީ ރައީސްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުކުމެ ރައްޔިތުންގެ ގައިގައި ޗެންޗޭނު ޖަހާތަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 މާރިޗު 2025 | އަންގާރަ 12:54
މުޒާހަރާތަކާއި ގުޅިގެން މާޒް ފުލުހަށް ހާޒިރުކުރުން 18 މާޗް 2025

މުޒާހަރާތަކާއި ގުޅިގެން މާޒް ފުލުހަށް ހާޒިރުކުރުން 18 މާޗް 2025

ފެނިގެންދަނީ ގާނޫނު ބޭނުންކޮށްގެން ރައީސް އެމަނިކުފާނުގެ އަނބިކަނބަލުން މެދުވެރިކޮށް ރައްޔިތުންނަށް ބިރުދައްކާ މަންޒަރު ކަމަށް މާޒް ސަލީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އަންގާރަ ދުވަހު ފުލުހަށް ހާޒިރުކުރުމުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން މާޒް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވި ވަޑައިގަތުމަށްފަހު، ރައީސްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުކުމެ ކުރައްވާ ކަމަކީ ރައްޔިތުންގެ ގައިގައި ޗެންޗޭނު ޖެހުން ކަމަށެވެ. މާޒް ވިދާޅުވީ ޗިލްޑްރަންސް އޮމްބަޑްސްގެ ގާނޫނަކީ 19 ވަނަ މަޖިލީހުގައި ވަރަށް މާތް މަގުސަދެއްގައި ފަރުމާ ކުރި ގާނޫނެއް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިއަދު ފެންނަނީ ރައީސްގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން، އެ ގާނޫނު އަނބިކަނބަލުން ލައްވާ ނަހަމަގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދެއްކުން ކަމަށެވެ. މިނިވަން ހުރިހާ މުއައްސަސާތައް ހުރީ ޕެރަލައިޒްކޮށްފައި ކަމަށާއި، މައްސަލައެއް ހިފައިގެން ދާން ބަލާއިރު ސުޕްރީމް ކޯޓުވެސް އޮތީ ޕެރަލައިޒްކޮށްފައި ކަމަށް މާޒް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ އެ ހިތްވަރު އެބަހުރި. އަޅުގަނޑުމެން ނުކުމެ އެކަމަށް ވަކާލާތުކުރާނަން. އަޅުގަނޑުމެންގެ ޓީމު ކިތައްމެ ކުޑަކަމުގައިވީ ނަމަވެސް އަޅުގަނޑުމެންގެ ފަހަތުގައި އެބައޮތް ވަރަށް ބައިވަރު މީހުން. އަޅުގަނޑުމެން އެންމެ ތަންފުކެއްވެސް ދުލެއް ނުދޭނަން. ދުވާލު ދެއިރަށް މިތަނަށް ގެނައިކަމުގައިވިޔަސް ސާފު ބަހުން މިކަން އޮތްގޮތް އަޅުގަނޑުމެން ރައްޔިތުންނަށް ކިޔައިދޭނަން. އަންނަ ހުރިހާ ޗިޓަކަށް މަރުހަބާ ކިޔަން މިހުރީ ތައްޔާރަށް. މުއިއްޒު ހީކުރަނީ ފުލުހުން މިތަނަށް އަަހަރުމެން ގެނައީމާ އަހަރުމެން ފުލުހުން ދެކެ ރުޅި އަންނާނޭ. އެހެން ނުވާނެ.
މާޒް ސަލީމް

މާޒް ސަލީމް ވިދާޅުވީ ރައީސް އުޅުއްވަނީ ފުލުހުންނަކީ އަނިޔާވެރި ބައެއްކަމަށް ހައްދަވާ އެ ޓެގް އަޅުއްވަން ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ. އަދި ރައީސްއާއި އެމަނިކުފާނުގެ އަނބިކަލުން އުޅުއްވަނީ ސައިޒް ބޮޑު ބޫޓަކަށް އެރިގެން ކަމަށާއި، އެހެންކަމުން ރައްޔިތުން ތިބޭ އެ ބޫޓުގެ ސައިޒު ދައްކަން ނުކުމެ ކަމަށް މާޒް ވިދާޅުވި އެވެ.

މާޒްގެ އިތުރުން ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ކުރަމުންދާ މުޒާހަރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ފުލުހަށް ހާޒިރުކޮށް މުޒާހަރާގައި ބައިވެރި ނުވުމަށް ގެންދަނީ ޝަރުތުކުރަމުންނެވެ.

މުއިއްޒުސާޖިދާ މުހައްމަދުމާޒް ސަލީމްޗިލްޑްރަންސް އޮމްބަޑްސްގެ ގާނޫނުސުޕްރީމް ކޯޓު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
30 ނޮވެމްބަރު 2025

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު