Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން އަށް އެހީވުމަށް 30 އަށް ވުރެ ގިނަ ޤައުމުން އެއްބަސްވެފައިވާ ކަމަށް، އިނގިރޭސިވިލާތުން ބުނެފި

މި ހަފުތާގެ ބުރާސްފަތި ދުވަހު، އިނގިރޭސިވިލާތުގައި ގިނަ އަދަދެއްގެ އަސްކަރީ އިސްވެރިން ބައްދަލުކޮށް، މި މަޝްރޫޢުގެ އޮޕަރޭޝަނަލް ކަންކަމާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2025 | އަންގާރަ 05:32
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ، ޔުކްރެއިންގެ ރައީސް ޒެލެންސްކީ އާއެކު

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ، ޔުކްރެއިންގެ ރައީސް ޒެލެންސްކީ އާއެކު

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުން، ޔުކްރެއިން އަށް އެހީތެރިކަން ފޯރުކޮށްދޭން 30 އަށް ވުރެ ގިނަ ޤައުމަކުން އެއްބަސްވެފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ ޙާލަތަކަށް އަތުވެއްޖެ ނަމަ، އެ ހުއްޓުން ދެމެހެއްޓުމަށް ޓަކައި "ގިނަ އަދަދެއްގެ" ޤައުމު ތަކުން ޔުކްރެއިން އަށް ސިފައިން ފޮނުވައި، އެހީތެރިކަން ފޯރު ކޮށްދޭނެ އެވެ.

އިނގިރޭސި ބޮޑު ވަޒީރު ކިއާ ސްޓާމާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި އެހީތެރި ކަމުގައި "30 އަށްވުރެ ގިނަ" ޤައުމަކުން ބައިވެރިވާނެ އެވެ. ބައެއް ޤައުމު ތަކުން ސީދާ ސިފައިން ފޮނުވާއިރު، އެހެން ޤައުމު ތަކުން އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާ އާއެކު ސީދާ މަޝްވަރާތައް ފެށުމަށް ނިންމުމާ އެކު، މި އިއްތިހާދު އުފެއްދުމަށް ސްޓާމާ އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ. 

ފްރާންސް އާއި އިނގިރޭސިވިލާތުގެ ސިފައިން ޔޫކްރެއިން ގައި ބޭތިއްބުމަށް އެ ދެ ޤައުމުން ވަނީ އެއްބަސްވެފަ އެވެ.

މި ހަފުތާގެ ބުރާސްފަތި ދުވަހު، އިނގިރޭސިވިލާތުގައި ގިނަ އަދަދެއްގެ އަސްކަރީ އިސްވެރިން ބައްދަލުކޮށް، މި މަޝްރޫޢުގެ އޮޕަރޭޝަނަލް ކަންކަމާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސިފައިން ފޮނުވުމުގެ އިތުރުން، އިންޖިނިއަރިންގެ އެހީތެރިކަމާއި، ވައިގެ ބަނދަރުތައް ބޭނުން ކުރުމުގެ ހުއްދަ އާއި، ސިފައިންގެ ދިރިއުޅުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ވެސް ބައެއް ޤައުމު ތަކުން އެހީތެރި ވެދޭނެ ކަމަށް ބެލެވެ އެވެ.

ޔުކްރެއިންރަޝިއާއިނގިރޭސިވިލާތްޑޮނަލްޑް ޓްރަމްޕްކިއާ ސްޓާމާއެމެނުއެލް މެކްރޯންހަނގުރާމަސިފައިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު