Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އަންގާރަ ދުވަހު ޕުޓިން އާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 މާރިޗު 2025 | ހޯމަ 08:00

މިއީ ލިބިފައިވާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި. އަދި ވިދާޅުވީ، ފަހަރުގައި ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ ކަމަށާއި، ފަހަރުގައި އެކަން ކާމިޔާބު ނުވެދާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2025 | ހޯމަ 08:00
ވޮޝިންޓަން ޑީ.ސީ އަށް އެނބުރި ވަޑައިގަތުމުން އެއާފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ވޮޝިންޓަން ޑީ.ސީ އަށް އެނބުރި ވަޑައިގަތުމުން އެއާފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން، އަންގާރަ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ މަޝްވަރާ ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިއީ ރަޝިޔާގެ ވެރި ރަށް މޮސްކޯ ގައި އެމެރިކާ އަދި ރަޝިޔާގެ އިސް ވެރިންގެ ދެމެދުގައި ކުރިއަށް ގެންދިޔަ ކާމިޔާބު މަޝްވަރާތަކަށް ފަހު، ޓްރަމްޕް ނިންމެވި ނިންމުމެކެވެ.

އެމެރިކާގެ ފްލޮރިޑާ އިން ވޮޝިންގްޓަން އަށް ކުރެއްވި ދަތުރުފުޅެއްގައި އެއާ ފޯސް ވަން ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވޭތުވެ ދިޔަ ހަފުތާ ބަންދުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ދެ ޤައުމުގެ ދެ މެދުގައި ތިން އަހަރުގެ މުއްދަތަކަށް ކުރިއަށްދާ ހަނގުރާމަ 30 ދުވަހަށް ހުއްޓާލުމަށް ޔުކްރެއިން އިން ވަނީ އެއްބަސްވެފަ އެވެ.

އެހެން ނަމަވެސް، ދެ ފަރާތުން ވައިގެ މަގުން ހަމަލާތައް ދެމުންދާ އިރު، ރަޝިޔާ އިން އަންނަނީ ކާސްކް ސަރަހައްދުން ޔުކްރެއިންގެ ބާރުތައް ފޮނުވާލުމަށް މަސައްކަތް ކުރަމުންނެވެ.

ހަނގުރާމަ ހުއްޓުމާ ބެހޭ މަޝްވަރާ ތަކުގައި ބިމާއި، ހަކަތައިގެ މަރުކަޒުތަކާ ބެހޭ ގޮތުން ވާހަކަ ދެކެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ދެ ފަރާތުން ވަރަށް ގިނަ ކަންކަމާ ބެހޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިއީ ލިބިފައިވާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ، ފަހަރުގައި ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ ކަމަށާއި، ފަހަރުގައި އެކަން ކާމިޔާބު ނުވެދާނެ ކަމަށެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑްމިރް ޒެލެންސްކީއާ އެކު ބޭއްވުނު އެންމެ ފަހުން ޓްރަމްޕް ބޭއްވެވި ބައްދަލުވުން ނުތަނަވަސްކަމާ އެކު ނިމުނު ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ޔުކްރެއިން އެއްބަސްވުމާ އެކު، މިހާރު ވަނީ ގުޅުން ކޮންމެ ވެސް ވަރަކަށް ރަނގަޅުވެފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް