Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ތުރުކީ ގުޅުން

ޔުކްރެއިން ހަނގުރާމަ އަދި ސީރިއާގެ މައްސަލައާ މެދު ޓްރަމްޕް އަދި އުރުދުޣާން މަޝްވަރާ ކުރައްވައިފި

އުރުދުޣާންގެ އޮފީހުން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ، ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ޓްރަމްޕް ގެންގުޅުއްވާ "ސީދާ އަދި ޚަރުދަނާ" ސިޔާސަތާއި، އެކަމުގައި ޓްރަމްޕް އިސް ނެގުންތަކަށް ތުރުކީން ތާއީދު ކުރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2025 | ހޯމަ 05:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ މީގެ ކުރިން ބައްދަލު ކުރައްވައި ސަލާމް ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ މީގެ ކުރިން ބައްދަލު ކުރައްވައި ސަލާމް ކުރައްވަނީ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ އަދި ސީރިއާގައި ހަމަޖެހުން ޤާއިމު ކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން މަޝްވަރާ ކުރައްވައިފި އެވެ. 

ތުރުކީގެ ރައީސް އުރުދުޣާންގެ އޮފީހުން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ، ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ޓްރަމްޕް ގެންގުޅުއްވާ "ސީދާ އަދި ޚަރުދަނާ" ސިޔާސަތާއި، އެކަމުގައި ޓްރަމްޕްގެ އިސް ނެގުންތަކަށް ތުރުކީން ތާއީދު ކުރާ ކަމަށެވެ.

އަދުލުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ޤާއިމު ކުރުމަށް ތުރުކީން މަސައްކަތް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސީރިއާގެ މައްސަލައިގައި، އެޤައުމުގެ މައްޗަށް އަޅާފައިވާ ދަތި ކުރުންތައް ނައްތާލުމާއި، އައު ސަރުކާރު ޚަރުދަނާކޮށް، ސީރިއާ އާންމު ހާލަތަށް އަނބުރާ ގެނައުމުގެ މުހިންމުކަން އުރުދުޣާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. މިކަމުން ސީރިއާގެ ރައްޔިތުންނަށް އެމީހުންގެ ޤައުމަށް އެނބުރި ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މީގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި، އެމެރިކާ އިން ސީރިއާގެ ކުރްދިޝް އާއެކު އެކުވެރިކަން ބާއްވަން ނިންމާފައިވާއިރު، އެކަމަކީ ތުރުކީން ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ނޭޓޯ އެކުވެރިއެއްގެ ހައިސިއްޔަތުން، އެއީ އެމެރިކާ އިން ތުރުކީ އަށް ކުރާ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށް އެ ޤައުމުން ދެކެ އެވެ.

އުރުދުޣާން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދިފާއީ ގުޅުން ހަރުދަނާ ކުރުމަށްޓަކައި، ކާޓްސާގެ ދަށުން ތުރުކީގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް ނައްތާލައި، އެފް-16 ވިއްކުމުގެ މައްސަލަ ނިންމައި، އެފް-35 ޕްރޮގްރާމްގައި އަލުން ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތުރުކީން ރަޝިއާގެ އެސް-400 މިސައިލްގެ ދިފާއީ ނިޒާމު ގަތުމާ ގުޅިގެން، 2019 ވަނަ އަހަރު އެމެރިކާ އިން ތުރުކީގެ މައްޗަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅައި، އެފް-35 ޕްރޮގްރާމުން ވަކިކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު