Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އިން ހޫތީން އަށް ހަމަލާ ދިނުން

ޔަމަނަށް ހަމަލާ ދިނުން ހުއްޓާލުމަށް، ރަޝިޔާ އިން އެމެރިކާ އަށް ގޮވާލައިފި

17 މާރިޗު 2025 | ހޯމަ 05:27

ލަވްރޯވް ވަނީ، ބާރުގެ ބޭނުން ކުރުން ވަގުތުން ހުއްޓާލުމުގެ މުހިންމުކަމާއި، އިތުރު ލޭ އޮހޮރުވުން ހުއްޓުވުމަށްޓަކައި ހުރިހާ ފަރާތްތަކުން ސިޔާސީ މަޝްވަރާގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2025 | ހޯމަ 05:27
ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ހެންޑްއައުޓް އިމޭޖު، ޔަމަނުގެ ހުރިހާ ހިސާބެއްގައި ހޫތީންގެ ޓާގެޓްތަކާ ދެކޮޅަށް ހަމަލާ ދިނުމުގެ އޮޕަރޭޝަނެއް އެމެރިކާ އިން ވަނީ ފަށާފައި.

ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ހެންޑްއައުޓް އިމޭޖު، ޔަމަނުގެ ހުރިހާ ހިސާބެއްގައި ހޫތީންގެ ޓާގެޓްތަކާ ދެކޮޅަށް ހަމަލާ ދިނުމުގެ އޮޕަރޭޝަނެއް އެމެރިކާ އިން ވަނީ ފަށާފައި.

އެމެރިކާ އިން، ޔަމަންގެ ހޫތީން އަށް އަމާޒުކޮށް ދޭން ފަށާފައިވާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރަޝިޔާ އިން ގޮވާލައިފި އެވެ. 

ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް މިފަދައިން ގޮވާާލައްވާފައި ވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯއާ އެކު ކުރެވުނު ފޯނު ކޯލު މަޝްވަރާއެއްގަ އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ފަރާތުން ހުށަހެޅި ވާހަކަތަކަށް ޖަވާބު ދެއްވަމުން ލަވްރޯވް ވަނީ، ބާރުގެ ބޭނުން ކުރުން ވަގުތުން ހުއްޓާލުމުގެ މުހިންމުކަމާއި، އިތުރު ލޭ އޮހޮރުވުން ހުއްޓުވުމަށްޓަކައި ހުރިހާ ފަރާތްތަކުން ސިޔާސީ މަޝްވަރާގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ރަތް ކަނޑު ސަރަހައްދުގައި ކުރާ ނޭވީ ދަތުރު ފަތުރަށް ހުރަސް އެޅުމުގެ ގޮތުން ހޫތީން އިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، ޔަމަނަށް ފުޅާ ދާއިރާއެއްގައި ހަމަލާ ދޭން ފަށައިފަ އެވެ.

މި ހަމަލާތަކުގައި މަދުވެގެން 31 މީހުން މަރުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އަދި މި ހަމަލާތައް އެތައް ދުވަހަކަށް ދެމިގެންދާނެ ގޮތަށް ކުރިއަށް ގެންދަން އެމެރިކާ އިން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

ޔަމަންގެ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަ ނުޖެހުން އިތުރު ވެދާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަޤުވާމީ މުޖުތަމައުން ދަނީ ފާޅު ކުރަމުންނެވެ.

މި ކަންކަން ހައްލު ކުރުމަށް ސިޔާސީ މަޝްވަރާތައް އަވަހަށް ފެށުމަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް