Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ކުއްލި އެއްވުން

" ރައީސަކު ގުޅާފައި އާއްމު މީހުންނަށް އިންޒާރު ދިނީމަ ދެން އެތަނެއްގައި ޤާނޫނު އަސާސީއެއް އޮތުމުގެ ބޭނުމެއް ނެތް "

15 މާރިޗު 2025 | ހޮނިހިރު 18:34

އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި ދުވަހަކަށް ވުރެ ދުވަހެއް އެއްވުންތައް ވާނީ ވަރުގަދަ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 މާރިޗު 2025 | ހޮނިހިރު 18:34
ޤާނޫނީ ވަކީލް އަދި އަދަދު ނޫހުގެ ޑިރެކްޓަރ މަހްފޫޒް ސައީދު ހޮނިހިރު ދުވަހު އެމްޑީޕީން ބޭއވްި މުޒާހަރާގައި ވާހަކަދައްކަވަނީ - 15.03.2025

ޤާނޫނީ ވަކީލް އަދި އަދަދު ނޫހުގެ ޑިރެކްޓަރ މަހްފޫޒް ސައީދު ހޮނިހިރު ދުވަހު އެމްޑީޕީން ބޭއވްި މުޒާހަރާގައި ވާހަކަދައްކަވަނީ - 15.03.2025

ގައުމެއްގެ ރައީސަކު ގުޅާފައި އާއްމު މީހުންނަށް އިންޒާރު ދޭ ހިސާބަށް ކަންކަން ދިއުމުން ދެން، ގައުމުގައި ޤާނޫނު އަސާސީ އެއް ޤާނޫނެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ޤާނޫނީ ވަކީލް އަދި އަދަދު ނޫހުގެ ޑިރެކްޓަރ މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގައި މަހްފޫޒު، މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އަތުން މައިކު ހޯދާ ވާހަކަދައްކަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ޕީއެންސީގެ އެކްޓިވިސްޓުން ދަނީ ހަގީގަތް އޮޅޭ ގޮތަށް ފަތުރަމުންނެވެ. އެގޮތުން އެއީ ރާއީ އާއި މަހްފޫޒު އާއި ދެމެދު މައްސަލަ ޖެހިގެން ހިނގި ކަމެއް ކަމަށް ދެއްކުމަށް އެފަދަ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

އެހެންނަމަވެސް އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށާއި ޖަޒުބާތުގައި މައިކު އަތުލައިގެން ވާހަކަދައްކަން ޖެހުނީ އޭނާގެ މަސްލަހަތު ހިމެނޭ ކަމެއްގައި، ރައީސް ޑރ.މުހައްމަދު މުއިއްޒު އާއްމު މީހަކަށް ގުޅާފައި އިންޒާރު ދިނުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަހްފޫޒުގެ ވާހަކައިގައި އިޝާރާތްކުރައްވާފައި ވަނީ އަދަދު ނޫހުގެ ސީއީއޯ އަދި މަޝްހޫރު ނޫސްވެރިޔާ ހުސެއިން ފިޔާޒަށް ގުޅާ ރައީސް މުއިއްޒު އިންޒާރު ދެއްވި މައްސަލަ އަށެވެ.

އެކަމާއި ގުޅޭ ގޮތުން ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާގައި މަހްފޫޒް ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން އާއްމު މީހަކު ރުޅި އައުމުން އަމަލުކުރާ ގޮތާއި ރައީސަކު އަމަލުކުރައްވާ ގޮތާއި ތަފާތެއް ހުންނަން ވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބޭފުޅުން ވިސްނަންވީ އެކަން. ރައީސްގެ ކަންކަން ހުރިގޮތަކީ ފުލުހުންނާއި ވެސް ގާނޫނު ތަންފީޒުކުރަން ހަވާލު ނުކޮށް އަމިއްލައަށް އެކަން ކުރައްވަނީ." އޭނާ ވިދާޅުވިއެވެ.

މަހްފޫޒް ވިދާޅުވީ އެފަދަ އިންޒާރެއް ގޭންގެއްގެ ކިބައިން ލިބުނު ނަމަ ހައިރާން ވެވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ރައީސަކު އެކަން ކުރެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި ދުވަހަކަށް ވުރެ ދުވަހެއް އެއްވުންތައް ވާނީ ވަރުގަދަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް