Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ލީގު

ސްޓެލްކޯ އިން ދަ ގްރާންޑޭ ބަލިކޮށްފި

މިއީ ވެޓަރަންސް މުބާރާތުގައި ސްޓެލްކޯ އިން ކުޅުނު ތިން ވަނަ މެޗެވެ. މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 މާރިޗު 2025 | ހޮނިހިރު 08:35
އެފްއޭއެމް ވެޓަރަންސް ލީގުގައި ސްޓެލްކޯ އާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން

އެފްއޭއެމް ވެޓަރަންސް ލީގުގައި ސްޓެލްކޯ އާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެޓަރަންސް ލީގުގައި ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުން ސްޓެލްކޯ މޮޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ހަވީރު މާފަންނު ޓާފު ދަނޑުގައި ކުޅުނު މެޗު ސްޓެލްކޯ އިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. ނަމަވެސް ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިގެން ސްޓެލްކޯ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ޢަބްދުﷲ ހަފީޒު ޖެހި ލަނޑުން ދަ ގްރާންޑޭ އިން ލީޑު ނެގި އެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި އަޙުމަދު ޝިޔާމް މުޙައްމަދު އާދަމް ވަނީ ލަނޑު ޖަހައި ސްޓެލްކޯ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ސްޓެލްކޯ އަށް ލީޑު ނަގައިދިނީ 42 ވަނަ މިނެޓުގައި މުޙައްމަދު ވަޙީދު އެވެ. އޭގެ ފަހުން 53 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ އިއްޒަތު ޢަބްދުލް ބާރީ އެވެ.

އޭގެ ހަތަރު މިނެޓު ފަހުން ބާރީ ވަނީ ސްޓެލްކޯގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ދަ ގްރާންޑޭގެ ދެ ވަނަ ލަނޑު 59 ވަނަ މިނެޓުގައި ޖެހީ ހަފީޒް އެވެ.

މިއީ ވެޓަރަންސް މުބާރާތުގައި ސްޓެލްކޯ އިން ކުޅުނު ތިން ވަނަ މެޗެވެ. މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ.

މިއަހަރުގެ ވެޓަރަންސް ލީގު ކުރިއަށް ދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕު އޭގައި އޮތީ ދިވެހި ސިފައިންގެ ކުލަބު، ވިލިމާލެ ޔުނައިޓެޑު، ހުޅުމާލޭ ވެޓަރަންސް ކުލަބު، ޒެލޮޓް އަދި ހުއްރިއްޔާ އެވެ. ގުރޫޕު ބީ ގައި ހިމެނެނީ ޕޮލިސް ކުލަބު، ސްޓެލްކޯ، ކުލަބު އީގަލްސް، މުއިވެޔޮ އަދި ދަ ގްރާންޑޭ އެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
20 އެޕްރީލު 2017

ދަ ގްރާންޑޭއިން މަހިބަދޫ ބަލިކޮއްފި

20 އެޕްރީލު 2017
ދަ ގްރާންޑޭއިން މަހިބަދޫ ބަލިކޮއްފި
16 އެޕްރީލު 2017

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

16 އެޕްރީލު 2017
ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް
14 އެޕްރީލު 2017

ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި

14 އެޕްރީލު 2017
ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި
12 އެޕްރީލު 2017

އެމްއާރުޑީސީ އިން ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

12 އެޕްރީލު 2017
އެމްއާރުޑީސީ އިން ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު