Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ޑިވިޝަން

ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި

ދަ ގްރާންޑޭ ވަނީ ފާއިތުވި ސީޒަންގެ ދެވަނަ ޑިވިޝަންގެ ސެމީގައި ކުޅެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2017 | ހުކުރު 15:45
ދެވަނަ ޑިވިޝަންގައި ވާދަކުރާ ދަ ގްރާންޑޭގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރަނީ

ދެވަނަ ޑިވިޝަންގައި ވާދަކުރާ ދަ ގްރާންޑޭގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރަނީ

މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، އެ މުބާރާތުގައި ވާދަކުރާ "ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބު"ގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި އެވެ.

ބިދޭސީ ތިން ކުޅުންތެރިންނާއި ކުރިން ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ކުޅުންތެރިން ހިމެނޭ ގްރާންޑޭ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުން އޮތީ ހުކުރު ދުވަހުގެ މެންދުރުފަހު ޑޮންޑޮން ކެފޭގައި ބޭއްވި ކުރު ހަފްލާއެއްގަ އެވެ.

ފާއިތުވި ސީޒަންގެ ވެސް ދެވަނަ ޑިވިޝަންގައި ވާދަކުރި ގްރާންޑޭ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދިނީ ލިލީ އެންޓަރ ޕްރައިޒަސްގެ ބިޒްނަސް ޑިވޮލޮޕްމެންޓް މެނޭޖަރު މުހައްމަދު އަނަސް ސަނޫހާއި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ކިމް ލީ އެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަން ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގެ އަޒުމުގައި ނުކުންނަ ދަ ގްރާންޑޭ ޓީމުގައި ފާއިތުވި ސީޒަންގައި ކްލަބު ވެލެންސިޔާ އަށް ކުޅުނު ސްޕެއިންގެ ފޯވަޑް އެންޖެލް ކަރެސްކޯ އާއި ބްރެޒިލްގެ ޑިފެންޑަރަކާއި ފޯވަޑެއް ވެސް ވަނީ ގެނެސްފަ އެވެ.

މީގެ އިތުރުން ފާއިތުވި ސީޒަންގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކްލަބު ގްރީން ސްޓްރީޓަށް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރި އަދި ކުރިން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެފައިވާ ޝިނާޒް ހިލްމީ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް އަދި ޒުވާން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމުގައި ހަރަކާތްތެރިވެފައިވާ ކީޕަރު އަބްދުﷲ ފަޔާޒް ވެސް ވަނީ އެޓީމާ ގުޅިފަ އެވެ.

މި ޓީމުގައި ހިމެނޭ މުހިންމު ބައެއް ކުޅުންތެރިންނަށް ބަލާލާއިރު، ފާއިތުވި ދެ އަހަރުވެސް މ.ދިއްގަރުގައި ބޭއްވި އައިލެންޑާސް ފުޓްސަލް ޗެލެންޖް އެޓީމަށް ކާމިޔާބުކޮށްދިނުމުގައި އިސްދައުރެއް އަދާކުރި އަޔާޒް އަހުމަދާއި ރާއްޖޭގެ ފުޓްސަލްގެ ކީ ޕްލޭޔަރެއް ކަމަށްވާ މުހައްމަދު ރިފްއަތު (ރިއްޕެ) ހިމެނެ އެވެ.

ހޮނިހިރު ދުވަހު ދެވަނަ ޑިވިޝަންގެ ކުޅުން ފަށާއިރު، މި މުބާރާތަށް ވެފައިވާ ތައްޔާރީތަކާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ޗެއާމަން ނަސީހު މުހައްމަދު (ނަސީ) ވިދާޅުވީ މިއަހަރުގެ މުބާރާތަށް އެޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ނަސީހު ވިދާޅުވީ ފާއިތުވި ސީޒަންގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލުން ބަލިވި ހިސާބުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރަމުން އަންނަނީ އެޓީމަށް ރަނގަޅު ކުޅުންތެރިން ހޯދައި މިއަހަރުގެ ދެވަނަ ޑިވިޝަން ކާމިޔާބުކޮށް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް ކަމަށެވެ.

ނަސީހު ވިދާޅުވީ މިހާރު ޓީމުގައި ތިބި ކުޅުންތެރިންނާއި އެކު އަމާޒަށް ވާސިލު ވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު