Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބު މޯލްޑިވްސް

އެމްއާރުޑީސީ އިން ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އެމްއާރުޑީސީ ޓީމުގައި ގިނަ އަދަދަކަށް ފުރަތަމަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިން ހިމެނޭ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 02:05
އެމްއާރުޑީސީ އާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން

އެމްއާރުޑީސީ އާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ކްލަބު މޯލްޑިވްސް ކަޕް 2017 ގައި އެމްއާރުޑީސީއިން ވަރުގަދަ ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އަންގާރަ ދުވަހު ހަވީރު މާފަންނު ވެލި ދަނޑުގައި ކުޅުނު މެޗުތަކުގެ ތެރެއިން، ގުރޫޕު އީ ގައި އެމްއާރުޑީސީއިން ސްޓެލްކޯ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެށް ފެނިގެންދިޔަ މި މެޗުގައި އެމްއާރުޑީސީއިން ކާމިޔާބުކުރި 2 ލަނޑުވެސް އެޓީމުން ޖަހާފައިވަނީ ދެވަނަ ހާފުގެ ތެރޭގަ އެވެ. ފުރަތަމަ ލަނޑު ޖަހާ އެޓީމަށް ލީޑު ނަގައިދިނީ ނިއުރޭޑިއަންޓަށް ކުޅެމުން އަންނަ މަހިބަދޫއަށް ނިސްބަތްވާ ކުޅުންތެރިޔާ މިދުހަތު ފަހުމީ (ބިޗާޑް) އެވެ. ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހަންމަދު ލިޔާހު އެވެ.

އަންގާރަ ދިވަހު ހަވީރު ގުރޫޕު އެފްގައި ޕޮލިސް ކުލަބާ ފެނަކަ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޕޮލިސް ކުލަބުންނެވެ. މެޗުގެ ދެވަނަ ހާފުގެ ތެރޭގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޝްފާން އެވެ. ނަމަވެސް ޕޮލިހުން ލީޑުގައި ކުޅެމުން ދަނިކޮށް ފެނަކައިން ވަނީ ފުލުފުލުގައި ދެ ލަނޑު ކާމިޔާބުކޮށް ލީޑު އަތުލާފަ އެވެ. ފެނަކައަށް ނަތީޖާ އެއްވަރުކޮށްދިނީ އަހުމަދު ހަލީމް އެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އެޓީމުން ލީޑު ނެގީ ނާވީ މުހަންމަދުގެ ލަނޑުންނެވެ. މެޗުން ޕޮލިސް ޓީމު ސަލާމަތް ކޮށްދިނީ އަލީ ރިޝްވާން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

މުބާރާތުގެ އަންހެން ބައިން އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުތަކުން ފެނަކަ ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ތައުލީމީ ގުޅުން ބަލިކޮށްފަ އެވެ. އެ މެޗު ފެނަކައިން ކާމިޔާބުކުރީ 17-0 ގެ ނަތީޖާއަކުނެވެ. މި މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފެނަކަ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސަސިޗާ ވަނީ 13 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ އަނެއް ލަނޑުތަށް ކާމިޔާބުކޮށްދިނީ މަރިޔަމް ޒައިނާ އާއި އައިޝަތު ސަމާ އާއި ބިދޭސީ ކުޅުންތެރިޔާ ޖެންޖިރާ އެވެ. އޭގެ ތެރެއިން މަރިޔަމް ޒައިނާ ވަނީ 2 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އަންގާރަ ދުވަހު ހަވީރު އަންހެން ބައިން ދެން ކުޅުނީ އެމްއޭސީއެލް އާއި އުރީދޫ އެވެ. މި މެޗް އެމްއޭސީއެލްއިން ފަސޭހަކަމާއެކު ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެމްއޭސީއެލްގެ ހުރިހާ ލަނޑެއްވެސް ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ބިދޭސީ 2 ކުޅުންތެރިންނެވެ. އެގޮތުން ސަބްރީތާ ބަންދާރީ ވަނީ 5 ލަނޑު ކާމިޔާބުކޮށްފަ އެވެ. ބާކީ ލަނޑުތަށް ކާމިޔާބުކޮށްދިނީ އަނީތާ އެވެ.

މުބާތާތުގެ ފިރިހެން ބައިން ބުދަ ދުވަހުގެ ރޭ ކުޅޭނީ، އެމްއެންޔޫ ސަޓާފް ކުލަބާއި ކްލަބް ވީއޭއެމްކޯ ބައްދަލުކުރާ މެޗާއި، އެޗްޕީއެސްއެން އާއި މޯލްޑިވްސް މީޑިއާ ކްލަބު ބައްދަލުކުރާ މެޗެވެ.

މުބާރާތުގެ އަންހެން ބައިން ބުދަ ދުވަހުގެ ރޭ 4 މެޗެއް ކުޅެވޭނެ އެވެ. އެއީ ކުލަބު އިމިގްރޭޝަން އާއި ކުލަބު އާސަންދަ ބައްދަލުކުރާ މެޗާއި، ދިވެހި ސިފައިންގެ ކުލަބާއި ޓީމް އައިޖީއެމްއެޗް ބައްދަލުކުރާ މެޗާއި ޕޮލިސް ކުލަބާއި ފެހި ފަހި ކުލަބު ބައްދަލުކުރާ މެޗުގެ އިތުރުން އެމްޕީއެލް އާއި އެސްޓީއޯ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު