Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިންގެ ހުށަހެޅުމާ ގުޅޭ ގޮތުން ރަޝިޔާއާ މަޝްވަރާ ކުރާނަން: ރޫބިއޯ 

13 މާރިޗު 2025 | ބުރާސްފަތި 04:50

ރޫބިއޯ ވިދާޅުވީ، އެންމެން ވެސް މިވަގުތު އިންތިޒާރު ކުރަމުން އަންނަނީ ރަޝިޔާގެ ޖަވާބަކަށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މާރިޗު 2025 | ބުރާސްފަތި 04:50
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އަޔަލެންޑުގެ ޝެޝަން އެއާޕޯޓުގައި ހުންނަވައި މީޑިއާ ތަކާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އަޔަލެންޑުގެ ޝެޝަން އެއާޕޯޓުގައި ހުންނަވައި މީޑިއާ ތަކާ ވާހަކަ ދައްކަވަނީ

ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ޔުކްްރެއިން އިން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން، ރަޝިޔާ އާއި އެކު މަޝްވަރާ ކުރާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި އެމެރިކާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ޔުކްރެއިން އިން ވަނީ 30 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

ގާތްގަނޑަކަށް އަށް ގަޑިއިރުގެ ދިގު މިނަށް ދެމިގެން ދިޔަ އެއް މަޝްވަރާ ބައްދަލުވުމާ ގުޅޭ ގޮތުން ރަޝިޔާ އިން މިހާތަނަށް ރަސްމީ އެއްޗެއް ބުނެފައެއް ނުވެ އެވެ.  

މި އެއްބަސްވުމުގެ ދަށުން ޔުކްރެއިން އަށް އަސްކަރީ އެހީތެރިކަމާއި، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރަން އަލުން ފެށުމަށް އެމެރިކާ އިން ވަނީ އެއްބަސްވެފަ އެވެ.

އެމެރިކާ އަށް ވަޑައިގެންނެވުމުގެ ކުރިން އަޔަލެންޑުގައި މަޑު ކުރެއްވުމަށް ފަހު މީޑިއާ ތަކާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އެންމެން ވެސް މިވަގުތު އިންތިޒާރު ކުރަމުން އަންނަނީ ރަޝިޔާގެ ޖަވާބަކަށް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމާ މެދު ވިސްނުމަށް ރަޝިޔާ އަށް ގޮވާލައްވާ ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ.

ރޫބިއޯ އިތުރަށް ވިދާޅުވީ، ދެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް މޮނިޓަރ ކުރެވިދާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މައްސަލަ މަޝްވަރާތަކުގައި ހިމެނެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަޝްވަރާތައް ކުރިއަށްދާ ނަމަ، ރަޝިއާއިން ބޭނުން ވާނީ ޔޫރަޕިއަން ޔޫނިއަންގެ ދަށުން އެޅިފައިވާ ފިޔަވަޅުތައް ނައްތާލުމަށް ކަމަށްވާތީ، ޔޫރަޕުގެ ގައުމުތައް ވެސް މި މަޝްވަރާ ތަކުގައި ބައިވެރިވާން ޖެހޭނެ ކަމަށް ރޫބިއޯ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 މެއި 2017

އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

29 މެއި 2017
 އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
09 އެޕްރީލު 2017

އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

09 އެޕްރީލު 2017
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް