Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޕެނަލްޓީ ގައި އެތުލެޓިކޯ ބަލިކޮށް، ރެއާލް ކުއާޓަރ ފައިނަލަށް

13 މާރިޗު 2025 | ބުރާސްފަތި 04:48

މުބާރާތުގެ ކުއާޓާ ފައިނަލް ގައި ރެއާލް ނިކުންނާނީ އާސެނަލާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މާރިޗު 2025 | ބުރާސްފަތި 04:48
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުން ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުން ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑު ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި މިދިޔަ ހަފުތާގައި މި ދެ ޓީމު ބައްދަލު ކުރި މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެހެންކަމުން ދެ ވަނަ ލެގުގެ މެޗަށް ނިކުތްއިރު ރެއާލަށް ފައިދާ އޮތެވެ.

ބުދަ ދުވަހުގެ ރޭ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ކުޅުނު ދެ ހާފުގައި ވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި ރެއާލް އިން ވަނީ ކުރި ހޯދައިފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އެތުލެޓިކޯ އަށް ކުރި ހޯދައިދިނީ ކޯނާ ގަލަގާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރިގޯ ޑި ޕައުލް އެވެ.

އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ރެއާލަށް ލިބުނު ޕެނަލްޓީ ވިނީޝިއުސް ޖޫނިއާ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި ރެއާލް އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެއީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް. ފެޑެރިކޯ ވަލްވާޑޭ އަދި އެންޓޯނިއޯ ރޫޑިގާގެ ޕެނަލްޓީ އެވެ. ރެއާލްގެ ލޫކަސް ވަޒްކުއޭޒްގެ ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

އެތުލެޓިކޯ އަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. އެއީ އެލެގްޒެންޑާ ސޯލޮތު އަދި އެންހެލް ކޮރެއާގެ ޕެނަލްޓީ އެވެ. އެ ޓީމުގެ ހޫލިއަން އަލްވަރޭޒް އަދި މާކަސް ލޮރެންޓޭގެ ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. މީގެ ތެރެއިން އަލްވަރޭޒްގެ ޕެނަލްޓީ ބަލައި ނުގަންނަން ނިންމީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިންނެވެ. އެއީ ބޯޅައިގައި އޭނާ ދެ ފަހަރު ޓަޗްވި ކަމަށް ނިންމައިގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް ގައި ރެއާލް ނިކުންނާނީ އާސެނަލާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް