Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެެއެމެރިކާ-ކެނެޑާ ގުޅުން

ނާޒުކު ދަނޑިވަޅެއްގައި ރޫބިއޯ ކެނެޑާ އަށް ވަޑައިގަންނަަވަނީ

ރޫބިއޯގެ މި މިދަތުރުފުޅަކީ ދެޤައުމުގެ ގުޅުން ނާޒުކު ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ. ރޫބިއޯ ވަޑައިގަންނަވަނީ ޗާލެވޯ، ކިއުބެކްގައި ބޭއްވޭ ޖީ7 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2025 | ބުދަ 06:35
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ރަސްގެފާނު އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމުގެ ކުރިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަސްކަރީ މަތިންދާބޯޓަކަށް އަރަައި ވަޑައިގަންނަވަނީ

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ކެނެޑާ އަށް ވަޑައިގެންނެވުމަށް ފުރައި ވަޑައިގެންފި އެވެ.

ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ބުދަ ދުވަހުގެ ވަގުތެއްގައި ރޫބިއޯ ކެނެޑާ އަށް ވަޑައިގަންނަވާނެ އެވެ.

ރޫބިއޯގެ މި މިދަތުރުފުޅަކީ ދެޤައުމުގެ ގުޅުން ނާޒުކު ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ. ރޫބިއޯ ވަޑައިގަންނަވަނީ ޗާލެވޯ، ކިއުބެކްގައި ބޭއްވޭ ޖީ7 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މި ބައްދަލުވުމުގައި ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އައު ސިޔާސަތު ހުށަހެޅުއްވުމަށް ރޭވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިދަތުރުފުޅުގެ ކުރިން، ރޫބިއޯ ވަނީ ސައުދީ އަރަބިއާގެ ޖިއްދާ ގައި ޔުކްރެއިންގެ އިސްވެރިންނާ ބައްދަލު ކުރައްވާފައި އެވެ.

ކެނެޑާގެ ދަގަނޑާއި އެލުމިނިއަމްގެ އިމްޕޯޓަށް 25 އިންސައްތައިގެ ޓެރިފް އެއް ކަނޑަ އެޅުމާއެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސް ވެދާނެ ކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފަ އެވެ.

ޓްރަމްޕް ވަނީ ކެނެޑާ އަކީ އެމެރިކާގެ "51 ވަނަ ސްޓޭޓް" އަށް ވާން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ޤައުމާ މެދު ފާޅުގައި ފުރައްސާރަ ކުރައްވާފައި ކަމަށް ކެނެޑާ އިން ޤަބޫލު ކުރެ އެވެ.

ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައި ވަނީ، މިހާރު ކެނެޑާ ކުރިމަތިލަމުން ދަނީ "ވުޖޫދީ ގޮންޖެހުމަކާ" ކަމަށެވެ.

ޓްރޫޑޯގެ ފަހުން ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަޑައިގަންނަވަން ހުންނެވި މާކް ކާނީ ވިދާޅުވެފައި ވަނީ އެމެރިކާ އިން ބޭނުން ވަނީ ކެނެޑާގެ ވަސީލަތްތަކާއި، ފެނާއި، ބިމާއި، އަދި މުޅި ޤައުމު ކަމަށެވެ. 

ރޫބިއޯ ވިދާޅުވެފައި ވަނީ ދެ ޤައުމުގެ މެދުގައި ހުރި "އާންމު މަސްލަހަތުތައް" ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް، ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސް ވެދާނެކަމުގެ ކަންބޮޑުވުން ދަނީ ދުވަހަކުން ދުވަހަށް އިތުރު ވަމުންނެވެ.

އިތުރަށް ކިޔާލަން

25 މެއި 2018

ކެނެޑާގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެއްޖެ

25 މެއި 2018
ކެނެޑާގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެއްޖެ
07 އެޕްރީލު 2018

ކެނެޑާގައި ބަހެއް އެކްސިޑެންޓްވެ 14 މީހުން މަރުވެއްޖެ

07 އެޕްރީލު 2018
ކެނެޑާގައި ބަހެއް އެކްސިޑެންޓްވެ 14 މީހުން މަރުވެއްޖެ
26 ޑިސެމްބަރު 2017

ކެނެޑާގައި ތިބި ވެނެޒުއޭލާގެ އިސް ދެ ޑިޕްލޮމޭޓަކު ފޮނުވާލައިފި

26 ޑިސެމްބަރު 2017
ކެނެޑާގައި ތިބި ވެނެޒުއޭލާގެ އިސް ދެ ޑިޕްލޮމޭޓަކު ފޮނުވާލައިފި
02 ޖުލައި 2017

ކެނެޑާ އުފެދުނުތާ 150 އަހަރު ފުރުން ފާހަގަކޮށްފި

02 ޖުލައި 2017
ކެނެޑާ އުފެދުނުތާ 150 އަހަރު ފުރުން ފާހަގަކޮށްފި
09 މެއި 2017

ކެނެޑާ އަށް ކުރަމުންދާ ވިއްސާރަ: ދެ ޕްރޮވިންްސަކުން 4 މިހާކު ގެއްލިއްޖެ

09 މެއި 2017
ކެނެޑާ އަށް ކުރަމުންދާ ވިއްސާރަ: ދެ ޕްރޮވިންްސަކުން 4 މިހާކު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު