Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެނެޑާ-ވެނެޒުއޭލާ

ކެނެޑާގައި ތިބި ވެނެޒުއޭލާގެ އިސް ދެ ޑިޕްލޮމޭޓަކު ފޮނުވާލައިފި

މަޑޫރޯގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ކެނެޑާއިން ތުހުމަތުކުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 26 ޑިސެމްބަރު 2017 | އަންގާރަ 07:15
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާ ކުރަނީ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާ ކުރަނީ

ވެނެޒުއޭލާގައި ތިއްބެވި ކެނެޑާގެ އިސް ދެ ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމާފައިއެވެ.

ކެނެޑާ އިން ބުނީ ފޮނުވަލަން ނިންމާފައި ވަނީ ސަފީރު ވިލްމަރ ބެރިއެންޓޯސް ފެރްނާންޑޭޒް އާއި އޮޓާވާ މިޝަންގެ ޗާޖްޑި އެފެއަރޒް އަންޖެލް ހެރޭރާ ކަމަށެވެ.

ކެނޑެޑާގެ ފޮރިން މިނިސްޓަރ ކްރިސްޓިއާ ފްރީލަންޑް ވިދާޅުވީ މި ފިޔަވަޅަކީ ކަރާކަސްގައި ތިއްބެވި ކެނެޑާގެ އިސް ޑިޕްލޮމޭޓުންތަކެއް މިދިޔަ ހަފްތާ ބަންދުއި ފޮނުވާލުމުން ރައްދުގައި ވެނެޒުއޭލާ އިން ކުރި ކަމެއް ކަމަށެވެ.

ވެނެޒުއޭލާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ކެނެޑާ އިން ވަންނަ ކަމަށް ވެނެޒުއޭލާ އިން ތުހުމަތުކުރެއެވެ. ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ކެނެޑާއިން ވަނީ ތުހުމަތުކޮށް ފާޑުކިޔާފައެވެ.

މި އަހަރުގެ ކުރީކޮޅު ވެނެޒުއޭލާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި 120 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.

"އެގައުމުގެ ރައްޔިތުންގެ އަސާސީ ޑެމޮކްރެޓިކް އަދި އިންސާނީ ހައްގުތައް ފޭރިގަންނަ އިރަކު އަދި އަސާސީ އިންސާނީ އެހީއަށް ހުރަސްއަޅާ އިރަކު ކެނެޑާއަކުން ނޯންނާނެ ވެނެޒުއޭލާގެ ސަރުކާރާ އެކުގައެއް،" ފްރީލަންޑްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ސަރަހައްދުގައި ތިބި އަޅުގަނޑުމެންގެ ބައިވެރިންނާ ގުޅިގެން ބާރުއަޅަމުން ގެންދާނަން މަޑޫރޯގެ ޑެމޮކްރަސީއާ ދެކޮޅު ސަރުކާރުން، ވެނެޒުއޭލާގެ ރައްޔިތުންގެ ހައްގަތުއް އިއާދަ ކުރުވުމަށް" އެކަމަނާ ވިދާޅުވިއެވެ.

ކެނެޑާ އިން މިހާރު ވެސް ވަނީ ވެނެޒުއޭލާގެ އިސް އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު