Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙުމަދު ފާރިސް މައުމޫން

ފާރިސްގެ ބަންދުގެ މައްސަލައިގެ ވަގުތީ އަމުރު އަވަސްކޮށްދޭން އެދިއްޖެ

23 އޯގަސްޓު 2017 | ބުދަ 14:18

ބަންދުގެ މައްސަލާގެ އިސްތިއުނާފު އަޑުއެހުންތައް ވަނީ ނިންމާލާފަ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 23 އޯގަސްޓު 2017 | ބުދަ 14:18
ފާރިސް ކަރެކްޝަނުގެ ބެލުމުގެ ދަށުން ލޯންޗަށް އަރާވަޑައިގަންވަނީ:-

ފާރިސް ކަރެކްޝަނުގެ ބެލުމުގެ ދަށުން ލޯންޗަށް އަރާވަޑައިގަންވަނީ:-

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލާގައި އަވަހަށް ގޮތެއް ނިންމަދޭން ހައި ކޯޓުގައި އެދިއްޖެ އެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫނު ހަމީދުގެ ހައި ކޯޓަށް ހުށަހެޅި ސިޓީގައި ވަނީ ފާރިސްގެ މައްޗަށް ތުހްމަތުކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފު ނުނިމިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެ މައްސަލާގެ އިސްތިއުނާފުގެ އަޑުއެޑުއެހުންތައް ހައި ކޯޓުން ނިންމާލައި ހުކުމާއި ހަމައަށް ގޮސްފައިވާކަން އެ ސިޓީގައި މައުމޫނު ހަމީދު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް މި މަހުގެ ހަ ވަނަ ދުވަހާއި ނުވަނަ ދުވަހު ބޭއްވުމަށް ފަހު އަޑުއެހުންތައް ނިމިފައިވާކަން ފަނޑިޔާރުން ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އެ މައްސަލާގެ އަޑުއެހުމެއް މި މަހުގެ 20 ވަނަ ދުވަހަށް ތާވަލުކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.

Advertisement - newsAdvertisement

މައުމޫނު ހަމީދުގެ ސިޓީގައި، ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމަށް ހުށަހަޅައި، މައްސަލަ ނިމެންދެން ވެސް އޭނާ ދޫކޮށްލުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުނީ އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި ހިލާފަށް ނެރިފައިވާ އަމުރެއްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގޭނެ ހަގީގަތްތައް ހުރުމުން ކަމަށް ބުނެފައިވެ އެވެ.

އަދި އެ ވަގުތީ އަމުރަށް އެދުނީ ކްރިމިނަލް ކޯޓުގެ އެ އަމުރުގެ ދަށުން ހައްޔަރު ކުރުމުންނާއި ބަންދުގައި ހުންނައިރު އަމަލު ކުރަމުންދާ ގޮތުން ފާރިސްގެ އަސާސީ ހައްގުތަކަށް އުނިކަން އަންނާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ރިޝްވަތުގެ ކުށުގެ ތުހްމަތު ކޮށްފއިވާއިރު އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ތުހްމަތު ކުރެވެނީ "ޖިނާއީ ބޮޑު ކުށަކަށް ކަމަށް ވާތީ" ކަމަށް ބުނެފައިވީ ނަމަވެސް ފާރިސްއާއެކު ރިޝްވަތުގެ ދިނުމުގައި ބައިވެރިވި ކަމަށް ތުހްމަތު ކުރި އަހްމަދު ޝާފިއު ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމުގައި ރިޝްވަތުގެ ކުށަކީ "ޖިނާއީ ބޮޑު ކުށެއްގެ ތުހްމަތު ނޫން" ކަމަށް ނިންމާފައިވާކަން އެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެހެން ކަމުން ފާރިސް ބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރަކީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމުރެއްކަން އިތުރަށް ހާމަވާކަމަށް ވެސް ހައި ކޯޓުގެ އިސް ފަނޑިޔާރަށް މައުމޫނު ހަމީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރިއިރު ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތު ދިނުމުގެ ކުށުގެ ތަހުގީގު ނުނިމެ އެވެ. އަދި އެމައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ވެސް އޭރު ނުފޮނުވަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް