Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ބަދިގެ 1446

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ވައިޓް ޗީޒް ޗިކަން ލަޒާނިއާގެ މި ރެސިޕީ އަކީ އިޓަލީގެ މަޝްހޫރު ކާނާއެއްގެ ތަފާތު އަދި ހިތްގައިމު ވައްތަރެކެވެ. ގިނަ ބަޔަކަށް ކަމުދާނެ ރެސިޕީއެކެވެ. މި ޗިކަން ލަޒާނިއާ ފިނިކޮށްފައި، އެއަށްފަހު ވައި ނުވަންނަ ގޮތަށް ބަންދުކުރެވޭ ތައްޓެއްގައި ފްރިޖް ކުރެވިދާނެއެވެ. މިގޮތަށް 5 ދުވަހާ ހަމައަށް ބެހެއްޓިދާނެއެވެ. އަލުން ހޫނުކުރާނަމަ މައިކްރޯވޭވްގައި ނުވަތަ އަވަންގައި ހޫނުކުރެވިދާނެއެވެ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 11 މާރިޗު 2025 | އަންގާރަ 10:35
ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ބޭނުންވާ ތަކެތި

  • 9 ލަޒާނިއާ ޝީޓް
  • ½ ތަށި ބަޓަރު
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • ½ ޖޯޑު ފުށް
  • 2 ޖޯޑު ޗިކަން ބްރޮތް
  • 1 ½ ޖޯޑު ކިރު
  • 1 ސަމުސާ ލޮނު
  • 4 ޖޯޑު މޮޒެރެލާ ޗީޒް
  • 1 ޖޯޑު ޕާމެސަން ޗީޒް
  • 1 ސަމުސާ ހިއްކާފައިވާ ބާސިލް
  • 1 ސަމުސާ އޮރެގާނޯ
  • ½ ސަމުސާ އަސޭމިރުސް
  • 2 ޖޯޑު ކިއުބްކޮށް ކޮށާފައިވާ ކުކުޅު މަސް
  • 1 މޭޒުމަތީ ސަމުސާ ޗޮޕްކޮށްފައިވާ ތާޒާ ޕާސްލޭ

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ އަވަން 350 ޑިގްރީ ފެރެންހައިޓް، 175 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްލާށެވެ.

ބޮޑު ތެއްޔެއްގައި ލޮނުކޮޅެއް އަޅާ ފެންކައްކާލުމަށްފަހު، ލަޒާނިއާ ޝީޓް އަޅާފައި 8-10 މިނެޓަށް ކައްކާލާށެވެ. ގަޑި ހަމަވުމުން ފެނުން ނަގާފައި ފިނި ފެނުން ދޮވެލާށެވެ.

އެއަށްފަހު، ބޮޑު ސޯސްޕޭނެއްގައި ބަޓަރު ވިރުވާލާށެވެ. ދެން ފިޔާ އަދި ލޮނުމެދު އެއަށް އަޅާލާށެވެ. ފުށް އަޅާފައި ލައިޓް ބްރައުން ކުލައަށް ވަންދެން ރަނގަޅަށް ކައްކާލާށެވެ. ދެން ފިޔާ މުށިވަންދެން ގާތްގަނޑަކަށް 2 މިނެޓަށް އެއްކޮށްލުމަށްފަހު، ޗިކެން ބްރޮތު، ކިރު، އަދި ލޮނު އަޅައިގެން އެއްކުރަމުން 1 މިނެޓަށް ކައްކާލާށެވެ.

2 ޖޯޑު މޮޒަރެލާ އަދި ¼ ޖޯޑު ޕާމެސަން ރަނގަޅަށް އެއްވަންދެން އެއްކޮށްލުމަށްފަހު، ބޭސިލް، އޮރެގާނޯ، އަދި އަސޭމިރުސް ރަހަލާ ވަރަށް އަޅާފައި އުނދުންމަތިން ބާލާފައި އެއްފަރާތުގައި ބަހައްޓާށެވެ.

ބޭކިންގ ޓްރޭއެއްގައި ސޯސް މިކްސްޗަރުގެ 1/3 އެއް އަޅާލާށެވެ. 3 ލަޒާނިއާ ޝީޓް، ޗީޒް އަދި ކުކުޅު މަހުގެ ފަށަލައެއް އަޅާލާށެވެ.

އަނެއްކާ ވެސް ކުކުޅު މަހުގެ މަތީގައި 3 ލަޒާނިއާ ޝީޓް އަތުރާލާފައި ސޯސް މިކްސްޗަރުގެ 1/3 ބައި އަދި ކުކުޅު މަހާއި ބާކީ ހުރި 2 ޖޯޑު މޮޒެރެލާ، އަދި ½ ޖޯޑު ޕާމެސަންގެ ފަށަލައެއް އަޅާލާށެވެ.

ބާކީ ހުރި ލަޒާނިއާ ޝީޓު ޗީޒުގެ މަތީގައި އަތުރާލާފައި ބާކީ ހުރި ސޯސް ހަމަހަމަކޮށް މައްޗަށް އަޅާލާށެވެ. ޕާސްލޭ އަދި ބާކީ ހުރި ¼ ޖޯޑު ޕާމެސަން މަތީގައި އަޅާލާށެވެ.

ހޫނުކޮށްފައިވާ އަވަނުގައި 35 ނުވަތަ 40 މިނެޓަށް ބޭކްކޮށްލާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެވިލްޑް ޗިކަން ރެސިޕީ

ޑެވިލްޑް ޗިކަން ރެސިޕީ

10 މެއި 2019
ރެޑް ވެލްވެޓް ޗިއުރޯ ވިތް ކްރީމް ޗީޒް ފިލިންގ

ރެޑް ވެލްވެޓް ޗިއުރޯ ވިތް ކްރީމް ޗީޒް ފިލިންގ

08 މެއި 2019
ޖިގްލީ ޗީޒް ކޭކް

ޖިގްލީ ޗީޒް ކޭކް

07 މެއި 2019
ފްރައިޑް ޗީޒް ސޮސެޖް ހޮޓްޑޯގް

ފްރައިޑް ޗީޒް ސޮސެޖް ހޮޓްޑޯގް

06 ޖޫން 2018
ކީވް ޗިކަން

ކީވް ޗިކަން

05 ޖޫން 2018

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު