Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ރޯދަ 1440

ޖިގްލީ ޗީޒް ކޭކް

މި ޗީޒް ކޭކަކީ މަޑު، ސްޕަންޖީ، އަނގަޔަށް ވިރިގެންދާނެ ކަހަލަ އެހާމެ ރަހަ މީރު ކޭކެއް

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް, ރާއްޖެ އެމްވީ | 7 މެއި 2019 | އަންގާރަ 15:41
ޖިގްލީ ޗީޒް ކޭކް

ޖިގްލީ ޗީޒް ކޭކް

ޖިގްލީ ޗީޒް ކޭކް ރެސިޕީ.

ބޭނުންވާ ތަކެތި:

100 ގުރާމް ބަޓަރ (އަންސޯލްޓެޑް)

100 ގުރާމް ކްރީމް ޗީޒް

130 މިލި ލީޓަރު ކިރު

180 ގުރާމް ހަކުރު

1 ސަމްސާ އޮރެންޖު ތޮށި (މަށާލާފައި)

ބައި ޖޯޑު އޮރެންޖު ޖޫސް

8 ބިހުގެ ގޮބޮޅި (ހުދު ބަޔާ ވަކި ކޮށްފަ)

13 ބިހުގެ ހުދުބައި (ގޮބޮޅިއާ ވަކިކޮށްފަ)

ހަތަރު ބައި ކުޅަ އެއް ބައި ޖޯޑު ފުށް

ހަތަރު ބައި ކުޅަ އެއް ބައި ޖޯޑު ކޯން ފްލާ

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ޑަބަލް ބޮއިލަރެއްގެ (ކެއްކި ފެން ތެއްޔެއްގެ މައްޗަށް އިތުރު ތައްޓެއްލާފައި) ތެރެޔަށް ބަޓަރު ކޮޅު އަޅާލުމަށް ފަހު ދިޔާ ކޮށްލާށެވެ.

ވަކިން ތައްޓެއްގައި ކްރީމް ޗީޒް ކޮޅުވެސް ހަމަ މިގޮތަށް ދިޔާ ކޮށްލާށެވެ.

ޑަބަލް ބޮއިލަރެއްގައި މިކަން ކުރަން ޖެހެނީ ބަޓަރަކީ ވަރަށް އަވަހަށް އަނދާނެ އެއްޗަކަށް ވާތީއެވެ.

ބަޓަރު އަދި ކްރީމް ޗީޒް ކޮޅު ދިޔާވުމުން ހީހޫ ކުރަން އެއް ކައިރި އަށް ޖައްސާލާށެވެ.

ވަކި ކުރި ބިހުގެ ގޮބޮޅިތައް ހޭންޑް މިކްސަރަކަށް އެޅުމަށް ފަހު 180 ގުރާމް ހަކުރުގެ ތެރެއިން 50 ގުރާމް އަޅައިގެން ގިރާލާށެވެ.

ހަކުރުކޮޅު ބިހާއި އެއްވެލުމުން (މިކްސް ނުވެ ހުރެގެން ނުވާނެ) ޗްރީމް ޗީޒް ކޮޅު އަޅާލާށެވެ. ރަނގަޅަށް ގިރާލުމަށް ފަހު ދެ ވައްތަރުގެ ފުށް އެއްކޮށްލާށެވެ.

އެއަށް ފަހު ހީހޫވެފައިވާ ބަޓަރުކޮޅު އެއްކޮށްލާ ގިރާލާނީއެވެ.

ގިރާއިރު ތަށީގެ ކައިރި ފަށުގަ ނުގިރި ހުންނަ އެތިކޮޅު އެއްކޮއްލަން ހަނދާންކުރަން ވާނެއެވެ.

މިއަށް ފަހު މުޅިން އެހެން ތައްޓެއްގައި 13 ބިހުގެ ހުދުބައިތައް އެއްކޮށްލާނީއެވެ.

ހުދުބައިތައް ގިރާއިރު ތަށީގަޔާއި ވިސްކުގަ އެއްވެސް ވަރަކަށް ފެން ހުރެގެން ނުވާނެއެވެ. ރަނގަޅަށް ގިރެންޔާ އިނގޭނީ ވިޕްޑް ކްރީމް އާ ވައްތަރު ވުމުންނެވެ. މިއަށް ފަހު ކުރިން ގިރި އެތީގެ ތެރެޔަށް މަދު މަދުން އެއްކުރަމުން ދާނީއެވެ. މި ދެބައި އެއްކުރާއިރު ހޭންޑް މިކްސަރެއް ބޭނުމެއް ނުކުރާނެ އެވެ. މިބައި ޖެހޭނީ މަޑު މަޑުން ފޯލްޑު ކުރަންށެވެ.

ދެބައި ރަނގަޅަށްް އެއްވުމުން އޮރެންޖް ތޮށިކޮޅާއި ޖޫސްކޮޅު އަޅާލުމަށް ފަހު ޓްރޭ އެއްގަ ބޭކިންގ ޕޭޕަރ އެޅުމަށް ފަހު ޓްރޭ ގެ އެތެރެއަށް ކޭކު ފުށްގަނޑު އަޅާލާނީއެވެ.

އެއަށް ފަހު އެޓްރޭއަށް ވުރެއް ބޮޑު ޓްރޭ އަކަށް ފެން އަޅާނީއެވެ. ދެން ކޭކް ޓްރޭ މީގެ ތެރެޔައް ލުމަށް ފަހު އެއް ގަޑިއިރުވަންދެން އަވަނުން 180 ޑިގްރީސް ސެލްސިއަސްގައި ފިހެލާނީއެވެ.

މި ކޭކަކީ ރަމަޟާން މަހު ތައްޔާރު ކޮށްލަން ވަރަށް ތަފާތު، އެހެން ފޮނި ކާތަކެއްޗާ މުޅިން ތަފާތު މީރު ރަހައެއް ލާ ކޭކެކެވެ.

ޖިގްލީ ޗީޒްކޭކް.

ކޮމެންޓް

އިތުރަށް ކިޔާލަން

އޯރިއޯ ކޭކް

އޯރިއޯ ކޭކް

04 މެއި 2020
ސަލާމީ އެންޑް ޗީޒް ފްރިޓާޓާ

ސަލާމީ އެންޑް ޗީޒް ފްރިޓާޓާ

30 އެޕްރީލު 2020
ޗޮކްލެޓް ފަޖް ކޭކް

ޗޮކްލެޓް ފަޖް ކޭކް

29 އެޕްރީލު 2020
ޕޮޓޭޓޯ ޗީޒް ބޯލްސް

ޕޮޓޭޓޯ ޗީޒް ބޯލްސް

29 އެޕްރީލު 2020
ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް

ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް

19 މެއި 2019

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު