Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ރޯދަ 1440

ރެޑް ވެލްވެޓް ޗިއުރޯ ވިތް ކްރީމް ޗީޒް ފިލިންގ

މި ޑިޝްއަކީ ވަރަށް ގިނަ ފަހަރު މަސައްކަތް ކޮށްގެން އަޅުގަނޑަށް އެންމެ މީރުކޮށް ތައްޔާރުކުރެވުނު އެއް ޑިޝް

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް, ރާއްޖެ އެމްވީ | 8 މެއި 2019 | ބުދަ 08:47
ރެޑް ވެލްވެޓް ޗިއުރޯސް، ތަފާތު، މީރު ޑިޝްއެއް

ރެޑް ވެލްވެޓް ޗިއުރޯސް، ތަފާތު، މީރު ޑިޝްއެއް

ރެޑް ވެލްވެޓް ޗިއުރޯ ވިތް ކްރީމް ޗީޒް ފިލިންގ އަކީ ރަމަޟާން މަހު ތައްޔާރުކޮށްލަން ވަރަށް ފުރިހަމަ ޑިޝްއެކެވެ. މި ޑިޝްއަކީ ވަރަށް ގިނަ ފަހަރު މަސައްކަތް ކޮށްގެން އަޅުގަނޑަށް އެންމެ މީރުކޮށް ތައްޔާރުކުރެވުނު އެއް އުފެއްދުމެވެ.

ބޭނުންވާ ތަކެތި:

1 ޖޯޑު ފުއް (އެންމެ ރަނގަޅީ އޯލް-ޕާޕަސް ފުއް ބޭނުން ކުރިއްޔާ)

2 ސައިސަމްސާ ކޮކޯ ޕައުޑަރ

ހަތަރުބައިކުޅަ އެއްބައި ޖޯޑު ހަކުރު (އެންމެ ރަނގަޅީ ކާސްޓަރ ހަކުރު)

ތިންބައިކުޅަ އެއްބައި ބަޓަރ (އަންސޯލްޓެޑް)

2 ސަމްސާ ތެޔޮ (އެންމް ސިއްޙަތައް ރަނގަޅު ވާނީ ޒައިތޫނި ތެޔޮ ބޭނުން ކުރިއްޔާ)

1 ޖޯޑު ފެން (ފިނި ނުކޮށް)

ހަތަރުބައި ކުޅަ އެއްބައި ޖޯޑު ބްރައުން ހަކުރު (ލައިޓް)

ބައި ސަމްސާ ލޮނު

1 ސައި ސަމްސާ ވެނީލާ އެސެންސު

2 ބިސް

ރަތް ކާ ކުލަ

ފިލިންގ ތައްޔާރުކޮށްލަން ބޭނުންވާނެ ތަކެތި:

ބައިޖޯޑު ވިޕިންގ ކްރީީމް

2 ސަމްސާ އައިސިންގ ހަކުރު

1 ޖޯޑު ކްރީމް ޗީޒް

ބައި ސައިސަމްސާ ވެނީލާ

މި އެސިޕީ ބޭނުމިއްޔާ ދެގުނަ ވެސް ކޮށްލެވިދާނެ.

ތައްޔާރު ކޮށްލާނެ ގޮތް:

ފެށުމުގެ ކުރިން އަވަން 200 ޑިގްރީސް ސެލްސިއަސްއަށް ހޫނު ކޮށްލާށެވެ.

އެންމެ ފުރަތަމަ ފުށް ލޮނުކޮޅު އަދި ކޮކޯ އެއްކޮށްލުމަށް ފަހު އެއްކައިރިއަށް ޖައްސާލާށެވެ.

މިއަށް ފަހު ޑަބަލް ބޮއިލަރެއްގައި ބަޓަރު ކޮޅު ދިޔާކޮށްލާ، އެއާ ތެޔޮ ކޮޅު އެއްކޮށްލާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ފެން، ބްރައުން ހަކުރު އަދި ކުލަ އެއްކޮށްލާށެވެ. މި މިކްސް 5 މިނެޓް ވަންދެން މަޑު ގިނީގައި ބޮއިލް ކޮށްލާށެވެ.

ހުރިހާއެއްޗެއް އެއްވެލުމުން ހިކި ބާވަތްތައް (ފުށް، ކޮކޯ، ލޮނު) އެއްކުރުމަށް ފަހު ރަނގަޅަށް ގަށާލާނީއެވެ.

ރަނގަޅަށް އެއްވުމުން ހުންނަން ޖެހޭނީ ވަރަށް އޮމާން ކޮށް ފުށްގަނޑެއްހެންނެވެ.

މި ފުއްގަނޑު ހީހޫ ވެލަންދެން ބެހެއްޓުމަށް ފަހު ދިޔާކޮށްލުމަށް ވެނީލާ އަދި ބިސްކޮޅު އަޅާލާށެވެ. ރަނގަޅަށް އެއްވަންދެން ގިރާލަން ޖެހޭނެއެވެ. އެންމެ ފުރަތަމަ އެއްނުވިޔަސް އިރުކޮޅެއްވަންދެން ގެށީމައި އެއްވާނެއެވެ. އެއްވެލީމައި ހުންނާނީ ވަރަށް ތަތްލަވާ ގޮތަކަށެވެ.

ދެން އެ މިކްސްޗަރު އަޅާނީ ތަންކޮޅެއް ބޯ، ޕައިޕިންގ ބޭގެއް ތެރެޔަށެެވެ. ބޯ، ވަރުގަދަ ޕައިޕިންގ ބޭގެއް ބޭނުން ކުރަން މި ޖެހެނީ މި ފުއްގަނޑުގެ ތަތްކަމުން، ތުނި ބޭގަކަށް އަޅައިފި ނަމަ ބޭގު ފަޅައިގެން ދާނެތީއެވެ.

މި ފުށްގަނޑު ޕައިޕް ކުރުމަށް ބޭނުން ކުރާނީ ވިލްޓަން 1M ގެ ސްޓާރް ޓިޕެއް، ނޫނީ ކޮންމެ ސްޓާރ ޓިޕެއް ވެސް ރަނގަޅުވާނެއެވެ.

ފަތައިކޮށް ހުންނަ ޓްރޭއަކަށް ބޭކިންގ ޕޭޕަރ އެޅުމަށް ފަހު ކާމަރަނގަ ހަދާ ގޮތަށް އެމީހަކު ބޭނުންވާ ދިގުމިނަކަށް ރޮނގުތަކެއް ޕައިޕް ކުރާށެވެ.

ކޮންމެ ރޮނގެއްގައި ދެން އަޅާ ރޮނގާ 1 އިންޗި ދުރުމިނެއް އިންނަން ޖެހޭނެ އެވެ، އެއީ މިއީ ފިހެވޭވަރަކަށް ފުފޭނެ އެއްޗަކަށް ވީތީއެވެ.

200 ޑިގްރީސްގެ އަވަނެއްގައި 15 ވަރަކަށް މިނެޓް ފިހެލާށެވެ. އަނދާތޯ އިރުއިރުކޮޅުން ބަލަންވާނެއެވެ. ބޭރުފުއް ތަންކޮޅެއް ކުލަ ގަދަ ވެލީމައި ހޫނުމިން 150 ޑިގްރީސް ސެލްސިއަސްއަށް ދަށްކުރުމަށް ފަހު އިތުރު 10 މިނެޓަށް ފިހެލާށެވެ.

ފިހެވުނީމައި ހުންނާނީ ކުޑަކޮށް ހަރުވެލާފައެވެ. ދެން ބޭރުފުށަށް ކްރަންޗެއް ގެނައުމުގެ ގޮތުން ތެޔޮ ކޮޅެއްގެ ތެރޭގައި ޑީޕް ފްރައި ކޮށްލާށެވެ.

2-3 މިނެޓް ޑީޕްފްރައި ކޮށްލުމަށް ފަހު މި ޗިއުރޯ ކޮޅު ނަގާގޮތަށް ޓިޝޫ މަތީގައި އަތުރާލާށެވެ.

ތައްޓެއްގެ ތެރެޔަށް 2 ސަމްސާ ހަކުރު އަދި 1 ސަމްސާ ހިމުން ކޮށްފައިހުންނަ ފޮނިތޮށި އެއްކޮށްލާ، ނިމިފައި ހުރި ޗިއުރޯސް ހޫނު ކޮށް ހުއްޓާ ކޯޓު ކޮށްލާށެވެ. ހިހޫވުމުން ޕްލާސްޓިކު ހޮޅިއަކުން ޗިއުރޯސްގެ ކޮޅުން، މެދުން، ދިގަށް ވާގޮތަށް އަނެއް ކޮޅުން ނިކުންނަ ވަރަށް ފޫއަޅުވާލާށެވެ.

ދެން އެއްކައިރި ކޮށްލުމަށް ފަހު ވަކިން ތައްޓެއްގައި ބައިޖޯޑު ވިޕިންގ ކްރީީމް، 2 ސަމްސާ އައިސިންގ ހަކުރު، 1 ޖޯޑު ކްރީމް ޗީޒް އަދި ބައި ސައިސަމްސާ ވެނީލާ އެއްކޮށްލާށެވެ.

މި ފިލިންގް ކުޑަ ޕައިޕިންގ ބޭގަކަށް އެޅުމަށް ފަހު ޗިއުރޯސްގެ މެދު ފިލް ކޮށްލާށެވެ.

ޗިއުރޯސް ނިމުމުން، ނަޓެއްލާ އާއި ޑިޕް ކޮށްލައިގެން ކާލަން ވެސް ވަރަށްމީރު ވާނެއެވެ. މި ޗިއުރޯސްއަކީ ރަނގަޅަށް ހެދިއްޖެއްޔާ އާއިލާތެރޭގައި ވަރަށް މަގުބޫލު ޑިޝް އަކަށްވާނެއެވެ. އަމުދުން ކުޑަކުދިންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗަކަށް ވެގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޑް ލަޒާނިއާ

ބްރެޑް ލަޒާނިއާ

05 މެއި 2020
ޕެންޑަން ޝިފޯން ކޭކް ވިތް ކޮކޮނަޓް ގްލޭޒް

ޕެންޑަން ޝިފޯން ކޭކް ވިތް ކޮކޮނަޓް ގްލޭޒް

04 މެއި 2020
ޗިކަން ވިތު ކްރީމް މަޝްރޫމް ސޯސް

ޗިކަން ވިތު ކްރީމް މަޝްރޫމް ސޯސް

30 އެޕްރީލު 2020
ޓޫނާ ބްރެޑް ރޯލްސް

ޓޫނާ ބްރެޑް ރޯލްސް

28 އެޕްރީލު 2020
ބްރެޑް ޕިއްޒާ ސޭންޑްވިޗް

ބްރެޑް ޕިއްޒާ ސޭންޑްވިޗް

28 އެޕްރީލު 2020

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު