Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެްއެމްއެމްއޭ

ރާއްޖޭގައި މިހާރު މިނިވަން މުސްތަގިއްލު ސެންޓަރަލް ބޭންކެއް ނެތް، އެމްއެމްއޭ ކޮންޓްރޯލް ކުރަނީ ސަރުކާރުން : އަމީރު

10 މާރިޗު 2025 | ހޯމަ 14:10

މިއީ ސަރުކާރުގެ ސިޔާސީ ބޭނުމަށް އެމްއެމްއޭއިން ފައިނޭންސް ކޮށްދިނުން

އަމްނާ އިމާދު
އަމްނާ އިމާދު | 10 މާރިޗު 2025 | ހޯމަ 14:10
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި، ރާއްޖޭގައި މިހާރު މިނިވަން މުސްތަގިއްލު ސެންޓަރަލް ބޭންކެއް ނެތް ކަމަށާއި، އެމްއެމްއޭ ކޮންޓްރޯލް ކުރަނީ ސަރުކާރުން ކަމުގަ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ އެމްއެމްއޭ މެދުވެރިކޮށް އިގްތިސާދުގެ ތެރެއަށް ފައިސާ ނެރުމަށް ނިންމާފައެވެ. އެކަން ކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީގެ މިލްކިއްޔާތުގައި ހުރި ބިންތަކުގެ ތެރެއިން 22 ހެކްޓަރުގެ ބިން އެމްއެމްއޭ އަށް ގަތުމުގެ މުއާމަލާތެއް ހިންގައިގެންނެވެ. މިކަމާއި ގުޅިގެން ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ މިވަގުތު އެމްއެމްއޭއިން ހިންގަންޖެހިފައި އޮތީ ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީ އެއް ކަމަށާއި، އެއީ ފައިސާގެ ސަޕްލައި މަޑުމަޑުން ދަށް ކުރަމުން ދިއުން ކަމަށެވެ. ނަމަވެސް މި މުއާމަލާތުން މިސިޔާސަތު ހިންގަނީ އޭގެ އިދިކޮޅަށް ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު މިވަގުތު މަރުކަޒީ ބޭންކުން ކޮށްގެން ނުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭއިން ސަރުކާރުގެ ސިޔާސީ ބޭނުމަށް ފައިނޭންސް ކޮށްދޭކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ފައިނޭންސް ކުރަނީ ރިޔާސީ މެނިފެސްޓޯގެ ކަންކަން ތަންފީޒު ކުރުމަށް ކަމަށާއި، މާލީ ދާއިރާގެ ހަމަޖެހުން ގެއްލިގެންދާނެ ކަމަށެވެ. މިއީ އެމްއެމްއޭގެ މަގުސަދުތަކާއި ހިލާފުވުން ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭތީ އަދި މަގުސަދުތަކާ ހިލާފު ކަންކަން ކުރަން ޖެހޭތީ އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑު އިސްތިއުފާ ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭގެ މާލީ މިނިވަންކަމެއް ނެތުނީމަ އަޅުގަނޑު މިހާރު ވެސް ގޮވާލަން މިނިވަންކަމާއެކު އެމްއެމްއޭގެ ބޯޑުގައި ތިބި ބޭފުޅުންނަށް ވެސް އަދި އެހެނިހެން މެނޭޖްމަންޓުގައި ތިއްބަވާ ބޭފުޅުން ވެސް މަސައްކަތް ނުކުރެވޭ ކަމަށްވާނަމަ މިހާރުން މިހާރަށް އެބަ ދޭންޖެހޭ. އެހެންނޫނިއްޔާ ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ރާއްޖޭގެ އިގްތިސާދު ބޮޑު ނުރައްކަލަކަށް ހުށަހެޅުނުއިރު، މިބޭފުޅުން ބޯޑުގައި ތިއްބަވައިގެން މިގޮތަށް މި ޑިސިޝަން ނެގި މިކަންތައްތައް ކުރެވިގެން މިދިޔައީ މިބޭފުޅުން ތިބެގެންކަން އަޅުގަނޑުމެން ފާހަގަކުރާނަން އަބަދުވެސް. އަޅުގަނޑު މިހާރު ވެސް ގޮވާލަން މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނަމަ އެމްއެމްއޭގެ ބޯޑުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދޭން.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ މި އުސޫލުގެ ތެރެއިން އެމްއެމްއޭއިން މަސައްކަތް ކުރާނަމަ، ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށާއި، އައްޑޫ ބްރިޖު އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު އަޅުއްވަން ވިދާޅުވި ޓަނަލް އެޅުމަށް ވެސް އިންވެސްޓް ކުރެވިދާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ގާނޫނު އަަސާސީގައި އެމްއެމްއޭއިން ކުރުމަށް އޮތީ ދެ މަސައްކަތެއް ކަމަށާއި، އެއީ ޕްރައިސް ސްޓެބިލިޓީއާއި އަދި އިކޮނޮމިކަލީ ސްޓެބިލިޓީ ހިފަހައްޓަންކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ. ނަމަވެސް މިސިޔާސަތު ނަގާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް