Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޢައްޒާ އާރާސްތު ކުރުމަށް ޢަރަބި ޤައުމުތަކުގެ ޕްލޭނަށް ޔޫރަޕުގެ ހަތަރު ޤައުމުން ތާއީދު ކޮށްފި

9 މާރިޗު 2025 | އާދީއްތަ 05:25

ހަތަރު ޤައުމުން ބުނެފައި ވަނީ ޢަރަބި ޤައުމުތަކުގެ އިސްނެގުމާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށާއި، އަރަބި ޤައުމުތަކުން މި މަޝްރޫޢު އެކުލަވާލުމަކީ މުހިންމު ސިގްނަލެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2025 | އާދީއްތަ 05:25
އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ހަލާކުވެފައިވާ އިމާރާތްތައް ހުރި ސަރަހައްގައި އާންމު ރައްޔިތުން ޙަރަކާތްތެރި ވަނީ

އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ހަލާކުވެފައިވާ އިމާރާތްތައް ހުރި ސަރަހައްގައި އާންމު ރައްޔިތުން ޙަރަކާތްތެރި ވަނީ

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާ އަލުން އާރާސްތު ކުރުމަށް، ޢަރަބި ޤައުމުތަކުގެ ޕްލޭނަށް ޔޫރަޕުގެ ހަތަރު ޤައުމަކުން ތާއީދު ކޮށްފި އެވެ.

ޣައްޒާ އަލުން އާރާސްތު ކުރުމަށް ޢަރަބި ޤައުމުތަކުން ވަނީ 53 ބިލިއަން އެމެރިކާ ޑޮލަރުގެ ޕްލޭނެއް ތައްޔާރު ކޮށްފަ އެވެ.  ޔޫރަޕުގެ ހަތަރު ޤައުމު ކަމަށްވާ ފްރާންސް، ޖަރުމަނު، އިޓަލީ އަދި ބްރިޓެއިންގެ ފޮރިން މިނިސްޓަރުން ވަނީ ޣައްޒާ އަލުން އާރާސްތު ކުރުމަށް ޢަރަބި ޤައުމުތަކުން ހުށަހަޅާފައިވާ މަޝްރޫޢު އަށް ތާއީދު ކުރައްވާފައި އެވެ.

މި މަޝްރޫޢުގެ ދަށުން ޣައްޒާ ގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމެއް ނެތި ކުރިއަށް ގެންދިއުމަށް ރޭވިފައިވެ އެވެ. އިއްތިހާދުގެ ހަތަރު ޤައުމުގެ ވަޒީރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، މި މަޝްރޫޢަކީ ޣައްޒާ އަލުން އާރާސްތު ކުރުމަށް  ޢަމަލީ ގޮތުން ކުރެވޭނެ މަޝްރޫޢެއް ކަމަށާއި، މިކަމުގެ ސަބަބުން ޣައްޒާ ގައި މިހާރު ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ނިކަމެތި ދިރިއުޅުމަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މިޞްރުގެ އިސްނެގުމުގެ ދަށުން އެކުލަވާލައި، ޢަރަބި ލީޑަރުން އަންގާރަ ދުވަހު ފާސްކުރި މި މަޝްރޫޢު އަށް އިސްރާއީލް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހަދައިފަ އެވެ. ޓްރަމްޕް ވަނީ ޣައްޒާ ސަރަޙައްދު "މެދުއިރުމަތީގެ ރިވިއެރާ" އަކަށް ބަދަލުކުރުމުގެ އަމިއްލަ ވިޝަނެއް ހުށަހަޅުއްވާފައި އެވެ.

 މިޞްރުގެ ޕްލޭން ގައި ހިމެނެނީ ހަމާސް އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިންމުމަށްފަހު، ޢައްޒާގެ ވެރިކަން ހިންގުމަށް މިނިވަން، ޕްރޮފެޝަނަލް ފަލަސްޠީނު ޓެކްނޮކްރެޓުންގެ އިދާރީ ކޮމިޓީއެއް އުފެއްދުމެވެ. މިކޮމިޓީން އިންސާނީ އެހީތައް ބެލެހެއްޓުމާއި، ފަލަސްޠީނު އޮތޯރިޓީގެ ބެލުމުގެ ދަށުން ވަގުތީ ގޮތުން ޣައްޒާ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާނެ އެވެ.

ހަތަރު ޤައުމުން ބުނެފައި ވަނީ ޢަރަބި ޤައުމުތަކުގެ އިސްނެގުމާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށާއި، އަރަބި ޤައުމުތަކުން މި މަޝްރޫޢު އެކުލަވާލުމަކީ މުހިންމު ސިގްނަލެއް ކަމަށެވެ.

އަދި ހަމާސް އަށް ޢައްޒާ ގައި ވެރިކަމެއް ނުކުރެވޭނެ ކަމަށާއި، އިސްރާއީލަށް ނުރައްކަލަކަށް ވެސް ވެގެން ނުވާނެކަމަށް އެ ޤައުމުތަކުން ވަނީ ބުނެފަ އެވެ. އަދި ފަލަސްޠީނު އޮތޯރިޓީގެ މައި ދައުރާއި، އިސްލާހީ އެޖެންޑާ ތަންފީޒުކުރުމަށް އެ ޤައުމުތަކުން ތާއީދުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2019

ސައުދީ އަރަބިއްޔާ ހުރިހާ ޤައުމުތަކުގެ ފަތުރުވެރިންނަށް ހުޅުވާލަނީ

27 ސެޕްޓެމްބަރު 2019
ސައުދީ އަރަބިއްޔާ ހުރިހާ ޤައުމުތަކުގެ ފަތުރުވެރިންނަށް ހުޅުވާލަނީ
25 ފެބުރުއަރީ 2019

މަހްމޫދް އައްބާސްގެ އިސްތިއުފާއަށް ގޮވާލައި ޢައްޒާގައި މުޒާހަރާކޮށްފި

25 ފެބުރުއަރީ 2019
މަހްމޫދް އައްބާސްގެ އިސްތިއުފާއަށް ގޮވާލައި ޢައްޒާގައި މުޒާހަރާކޮށްފި
08 އޯގަސްޓު 2018

ޤަތަރުގެ ރައްޔިތުންނަށް ޙައްޖުވުމަށް ހުރަހެއް ނެތް: ސަޢޫދީ ޢަރަބިއްޔާ

08 އޯގަސްޓު 2018
ޤަތަރުގެ ރައްޔިތުންނަށް ޙައްޖުވުމަށް ހުރަހެއް ނެތް: ސަޢޫދީ ޢަރަބިއްޔާ
16 އެޕްރީލު 2018

ޢަރަބި ސަމިޓް: ޤަތަރުގެ މައްސަލައާއި ސޫރިޔާއަށް ދިން ހަމަލާތަކުގެ ވާހަކަ ނުދައްކާ

16 އެޕްރީލު 2018
ޢަރަބި ސަމިޓް: ޤަތަރުގެ މައްސަލައާއި ސޫރިޔާއަށް ދިން ހަމަލާތަކުގެ ވާހަކަ ނުދައްކާ
11 ޖެނުއަރީ 2018

އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ

11 ޖެނުއަރީ 2018
އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ
07 ޖެނުއަރީ 2018

ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ޢަރަބި ލީގުން އދ. ގައި ލޮބީ ކުރަނީ

07 ޖެނުއަރީ 2018
ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ޢަރަބި ލީގުން އދ. ގައި ލޮބީ ކުރަނީ
09 ނޮވެމްބަރު 2017

ސަޢޫދީ ޢަރަބިއްޔާ: 201 މީހަކު ހައްޔަރުކުރެވިފައި، 100 ބިލިއަން ޑޮލަރުގެ ޚިޔާނާތްވެފައި!

09 ނޮވެމްބަރު 2017
ސަޢޫދީ ޢަރަބިއްޔާ: 201 މީހަކު ހައްޔަރުކުރެވިފައި، 100 ބިލިއަން ޑޮލަރުގެ ޚިޔާނާތްވެފައި!
06 ނޮވެމްބަރު 2017

އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!

06 ނޮވެމްބަރު 2017
އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!
21 މެއި 2017

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

21 މެއި 2017
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި
03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް