Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

ޤަތަރުގެ ރައްޔިތުންނަށް ޙައްޖުވުމަށް ހުރަހެއް ނެތް: ސަޢޫދީ ޢަރަބިއްޔާ

ޤަތަރުގެ ރައްޔިތުން ޙައްޖަށް ދިޔުމަށް ރަޖިސްޓްރީވުމަށް ޚާއްސަ ވެބްސައިޓެއް ވަނީ ޤާއިމްކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އޯގަސްޓު 2018 | ބުދަ 03:47
ަފަސޭހަކަމާއިއެކު ޤަތަރު ރައްޔިތުންނަށް ޙައްޖު ވެވޭވެނެކަމަށް ސަޢޫދީއިން ބުނޭ

ަފަސޭހަކަމާއިއެކު ޤަތަރު ރައްޔިތުންނަށް ޙައްޖު ވެވޭވެނެކަމަށް ސަޢޫދީއިން ބުނޭ

ގަލްފު ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާއިއެކުވެސް ޤަތަރުގެ ރައްޔިތުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ސަޢޫދީ ޢަރަބިއްޔާއިން ބުނެފިއެވެ.

ސަޢޫދީގެ ޙައްޖާއި ބެހޭ ވަޒީރު މުޙައްމަދު ސާލިޙް ބިންތާން ވިދާޅުވީ ޤަތަރުގެ އާއްމު ރައްޔިތުންނަށް ފަސޭހަކަމާއެކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެކަން ސަޢޫދީއިން ކަށަވަރުކުރާނެކަމަށެވެ. އެހެންނަމަވެސް ޤަތަރުގެ ރައްޔިތުން ޙައްޖަށް ދިޔުމަށް ފުރިހަމަ ކުރަން ޖެހެ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ވަންނަން ޖެހޭ ވެބްސައިޓްތައް ޤަތަރު ސަރުކާރުން ބްލޮކްކުރަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ވެބްސައިޓްތަކަށް ނުވަދެވުނަސް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް އެއަރޕޯޓުން ފުރިހަމަކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ސަޢޫދީއިން ބުންޏެވެ. އަދި ޤަތަރުން ބޭރުގައި ދިރިއުޅޭ ޤަތަރުގެ ރައްޔިތުންނަށް އެކަމަށް ޚާއްސަ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރކުރެވޭނެކަމަށް ސަޢޫދީގެ ޙައްޖާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ސަޢޫދީ އިސްވެ އޮވެ، ގަލްފުގެ އެހެން ބައެއް ޤައުމުތަކުން ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލުމާއިއެކު އެޤައުމު ވަނީ ވަރަށް ބޮޑަށް އެކަހެރިވެފައެވެ. އަދި މިދިޔަ އަހަރުގެ މެދުތެރޭގައި ގުޅުންތައް ކަނޑާލުމާއިއެކު ސަޢޫދީގައި ތިބި ޤަތަރުގެ ރައްޔިތުން އެޤައުމުން ފައިބަން ޖެހުނެވެ. ސަޢޫދީއާއި އީރާނާއި ދެމެދު މިފަހުން ޖެހުނު މައްސަލަތަކުގައި އީރާން ރައްޔިތުންނަށްވެސް ޙައްޖަށް ދިޔުމުގައި ހުރަސްތަކެއް ކުރިމަތިވިއެވެ.

ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލީ ސަޢޫދީގެ އިތުރުން މިސްރު، ޔޫ.އޭ.އީ، ބަޙްރައިން އަދި ދިވެހިރާއްޖެއިންނެވެ. މިމައްސަލައަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަވަސް ހައްލެއް ލިބޭނެކަމަށް ނުބެލެވެއެވެ. ގަލްފުގެ ޤައުމުތަކުން ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލީ ޤަތަރުން ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ބުނެއެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ
02 މެއި 2017

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

02 މެއި 2017
ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް
30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު