Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން ރަޝިއާ ހަނގުރާމަ

ސުލްޙަ ހޯދުމަށް އެމެރިކާއާ އަށް ފުރިހަމަ އެއްބާރުލުން ދީގެން މަސައްކަތް ކުރާނަން: ޒެލެންސްކީ

އެކަމާ ގުޅުން ހުރި އަސްލު ހުށަހެޅުންތަކެއް މިހާރު ވެސް ކުރިމަތީގައި އޮތް ކަމަށާއި، އެންމެ މުހިންމު ކަމަކީ ވީ އެންމެ އަވަހަށް އަދި ފުރިހަމަ އަށް އެކަން ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މާރިޗު 2025 | އާދީއްތަ 05:01
ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ  (ފައިލް ފޮޓޯ: އޭޕީ)

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ (ފައިލް ފޮޓޯ: އޭޕީ)

ރަޝިޔާ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން, އަންނަ ހަފްތާގައި ސައުދީ ޢަރަބިއްޔާ ގައި އެމެރިކާގެ ބައިވެރިންނާއެކު "ފުރިހަމަ އެއްބާރުލުމާއެކު" މަޝްވަރާކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށް، ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

 މިއަހަރުގެ ޖަނަވަރީ މަހި އެމެރިކާގެ ރައީސްކަމާ ޙަވާލުވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވަނީ ޔުކްރެއިނަށް ދެމުން އައި އަސްކަރީ އެހީތެރިކަމާއި، އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުން މެދު ކަނޑާލައިފަ އެވެ.

އޭގެ ފަހުން ޒެލެންސްކީ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ވަނީ ޓްރަމްޕާ ކުރެއްވި ބައްދަލުވުން ވެސް ހޫނުވި އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕާއި ޒެލެންސްކީގެ އިތުރުން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފަ އެވެ.

ރަޝިޔާ ހަނގުމަ ނިންމުމަށް ޔުކްރެއިން ސީރިއަސްކޮށް މަސައްކަތް ނުކުރާކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. ޒެލެންސްކީ އޭނާގެ ރަސްމީ އެކްސް އެކައުންގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ފެށުނު ފުރަތަމަ ސިކުންތުން ފެށިގެން ޔުކްރެއިން އިން އަންނަނީ ސުލްޙަ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އެކަމާ ގުޅުން ހުރި އަސްލު ހުށަހެޅުންތަކެއް މިހާރު ވެސް ކުރިމަތީގައި އޮތް ކަމަށާއި، އެންމެ މުހިންމު ކަމަކީ ވީ އެންމެ އަވަހަށް އަދި ފުރިހަމަ އަށް އެކަން ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ. 

އަންނަ ހަފުތާގައި ސައުދީ ޢަރަބިއްޔާ އަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވެ، ހޯމަ ދުވަހު ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވުމަށްފަހު، އަންގާރަ ދުވަހު ޔުކްރެއިންގެ ޑިޕްލޮމެޓިކް އަދި އަސްކަރީ ވަފުދެއް އެމެރިކާގެ ޓީމާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުކްރެއިންގެ ވަފުދުގައި ހިމެނި ވަޑައިގަންނަވާނީ ޚާރިޖީ ވަޒީރު އަންޑްރީ ސިބިހާ، ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އަންޑްރީ ޔެރްމަކް އަދި ދިފާޢީ ވަޒީރު ރުސްތަމް އުމެރޮވް އެވެ.

ތިން އަހަރު ކުރިން ރަޝިޔާގެ ސިފައިން ޔުކްރެއިނަށް އަރައި، އެޤައުމުގެ 20 އިންސައްތަ ސަރަޙައްދު ހިފާފައިވާއިރު، ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވެފައި ވަނީ ހަނގުރާމަ ނިންމުމަށް އޮނިގަނޑެއް އެކުލަވާލުމަށް ޔުކްރެއިނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

24 ޖުލައި 2017
މައާފްދިނުމުގެ ފުރިހަމަ ބާރު އަޅުގަނޑަށް އެބަ އޮތް: ޓްރަމްޕް

މައާފްދިނުމުގެ ފުރިހަމަ ބާރު އަޅުގަނޑަށް އެބަ އޮތް: ޓްރަމްޕް

23 ޖުލައި 2017
 އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު

އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެެމެރިކާގެ ޚާރިޖީ ވަޒީރު ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފި

ގަތަރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެެމެރިކާގެ ޚާރިޖީ ވަޒީރު ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފި

11 ޖުލައި 2017
ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީ ސިފައިންގެ ގްރޫޕެއް ގަތަރަށް

ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީ ސިފައިންގެ ގްރޫޕެއް ގަތަރަށް

19 ޖޫން 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު