Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާގުގެ މޫސަލް

އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު

މިސްކިތް ހަލާކުކޮށްލީ އެމެރިކާގެ މަތިންދާބޯޓަކުން ދިން ހަމަލާއެއްގައި ކަމަށް އައިއެސް އިން ބުނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 22 ޖޫން 2017 | ބުރާސްފަތި 09:36
އިރާގުގެ މޫސަލްގައި ހުންނަ އަލް ނޫރީ މިސްކިތް

އިރާގުގެ މޫސަލްގައި ހުންނަ އަލް ނޫރީ މިސްކިތް

އިރާގުގެ މޫސަލްގައި ހުންނަ ތާރީޚީ އަދި މަޝްހޫރު އަލް ނޫރީ މިސްކިތަށް ހަމަލާދީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގޮއްވާލުމަކީ އެޖަމާއަތުން "ރަސްމީކޮށް ބަލި ގަބޫލުކުރުން" ކަމަށް އިރާގުގެ ބޮޑު ވަޒީރު ހައިދަރް އަލް-އަބަދީ ވިދާޅުވެއްޖެއެވެ.

އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން" ކަމަށް އިރާގު ބޮޑު ވަޒީރާ ހަވާލާދީ ބީބީސީ އިން ރިޕޯޓު ކުރާއިރު، އިރާގު ސިފައިން ބުނެފައި ވަނީ ސަރުކާރާއި ގުޅިފައިވާ ސިފައިން ކުރިއަށް ޖެހި ދެމުން ދިޔަ ހަމަލާތައް ހުއްޓުވަން އައިއެސްގެ ހަނގުރާމަވެރިން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

އައިއެސް އިން ބުނެފައި ވަނީ މިސްކިތް ހަލާކުކޮށްލީ އެމެރިކާގެ މަތިންދާބޯޓަކުން ދިން ހަމަލާއެއްގައި ކަމަށެވެ. އެހެންނަމަވެސް އެކަން އެމެރިކާ އިން ދޮގުކުރެއެވެ.

އަށްސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މިސްކިތް ހަލާކުވެގެން ދިޔައިރު 2014 ވަނަ އަހަރުގެ ޖޫން މަހު އައިސިސްގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ އޭނާގެ އިސްލާމީ ޚިލާފަތު އިއުލާން ކުރީ އަލް ނޫރީ މިސްކިތުގައެވެ. އެ މިސްކިތް ގޮއްވާލީ ޖޫން މަހުގެ 21 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނާއިރު މިއީ 12 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތާރީޚީ މިސްކިތެކެވެ.

އެމެރިކާ އިން ވާގިވެރިވާ އިރާގު ސަރުކާރުން ވަނީ އިރުމަތީ މޫސަލް މިއަހަރުގެ ޖެނުއަރީގައި އެމީހުންގެ އަތްދަށަށް ގެނެސްފައެވެ. އަދި ނިމިދިޔަ މޭމަހު ވަނީ ހުޅަނގު މޫސަލްގައި އައިއެސްގެ ކޮންޓްރޯލް އޮތް ސަރަހައްދުތައް ހިފުމަށް މަަސައްކަތް ފަށާފައެވެ.

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން އެ ސިޓީގައި ވާނީ މަރު ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު މާޗް މަހު ވަނީ ވިދާޅުވެފައެވެ. މޫސަލްގެ، އައިއެސްގެ ކޮންޓްރޯލް އޮންނަ ސަރައްދުތަކުގައި ދަތި ހާލުގައި އަދިވެސް އެތައްހާސް ބަޔަކު އެބަތިއްބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު