Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކުއްލި އެއްވުން

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އަނގައިގަ ތަޅު އަޅުވައި ރައީސް މުއިއްޒުގެ އަޅުންގެ ގޮތުގައި އެ މެމްބަރުން ހަދައިފި: ބިގޭ

8 މާރިޗު 2025 | ހޮނިހިރު 05:16

ރައީސް މުއިއްޒުގެ މި ސަރުކާރުން މިވަނީ ތިން ބާރު ނިގުޅައިގަނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ދުވަސް ދުއްވާލުމަށް މަސައްކަތް ފަށާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 8 މާރިޗު 2025 | ހޮނިހިރު 05:16
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައިއްތުންގެ މަޖިލިސް މެމްބަރުންގެ އަނގައިގައި ތަޅު އަޅުވައި، އެ މަޖިލީހުގެ މެމްބަރުންނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަޅުންނަށް ހަދާފައި ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިފަދައިން ވިދާޅުވީ އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއަ ކުއްލި އެއްވުމުގައި މުޒާހަރާގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުންނެވެ.

ބިގޭ ވިދާޅުވީ މަގުމައްޗަށް ނިކުމެ މިތިބީ ރައްޔިތުންގެ ހައްޤުގައި ކަމަށާއި އަދި ފުލުހުންނާއި ސިފައިންގެވެސް ހައްޤުގައި ކަމަށެވެ. އަދި މީގެ 40 އަހަރު ކުރިން ފެށި އިސްލާހީ މަސައްކަތުން މިނިވަން ކުރި ތިން ބާރު ވަނީ މި ސަރުކާރުން ނިގުޅައިގެންފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ މިހާރު މި ގައުމު މިއޮތް ހާލަތަށް ބަލާއިރު، މިވަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އަނގައިގައި ތަޅު އަޅުވައި ރައީސް މުއިއްޒުގެ އަޅުންނަށް އެ މެމްބަރުން ހަދާފައި ކަމަށެވެ. އަދި މިހާރު އެ ދަނީ ތިން ބާރުގެ ތެރެއިން މިވަގުތު މިނިވަންކޮށް އޮތް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ދުވަސް ދުއްވާލުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންގެ ދުވަސް ދުއްވާލުމަށް ޓަކައި ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ބާރުތައް މުށުތެރެއަށް ލައިގެންކަމަށެވެ. އެގޮތުން ޖޭއެސްސީގެ ނުފޫޒު ބޭނުން ކުރައްވައިގެން ބާރުތައް މުށުތެރެއަށް ލައިގެން އެ ގެންދަވަނީ އެކަން ކުރައްވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ހަމަ އެއާއި އެކު ރައީސް މުއިއްޒު އެގެންދަވަނީ އެންޓި ކަރަޕްޝަން ކޮމިޝަނާއި، އިލެކްޝަން ކޮމިޝަންނާއި އަދި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މުއައްސަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވަމުން ކަމުގައި ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް ހުރިހާ މިނިވަން މުއައްސަސާތަކެއް ވެސް އޮތީ ރައީސް މުއިއްޒުގެ އަޅުވެތިކަ،މުގެ ދަށުގައި ކަމަށާއި މިއީ އެތައް އަހަރެއް ކުރިން ގެނެވުނު މިނިވަން ކަން އަޅުވެތިކަމަށް ބަދަލުކުރުން ކަމަށެވެ. އަދި މިކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މިއަދު އޮތް ވާޖިބެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މަގުމައްޗަށް ނިކުމެ މިތިބީ ރައްޔިތުންގެ ހައްޤުގަ. ފުލުހުންނާއި ސިފައިންގެ ހައްޤުގައި. މީގެ 40 އަހަރު ކުރިން ފެށި އިސްލާހީ މަސައްކަތުން މިނިވަން ކުރި ތިން ބާރު ވަނީ މި ސަރުކާރުން ނިގުޅައިގެންފަ. ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އަނގައިގައި މިވަނީ ތަޅު އަޅުވާފަ. ރައީސް މުއިއްޒު ވަނީ މަޖިލިސް މެމްބަރުން އަޅުންނަށް ހަދާފަ.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން

ބިގޭ ވިދާޅުވީ މިއަދު ގައުމު މި އޮތް ހާލަތުން ސަލާމަތުގެ އައްސޭރިއަކަށް ގައުމު ގެންދިއުމަކީ އަންނަން އޮތް ޖީލުތަކަށް ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

އަދި އެމްޑީޕީން ގައުމު މި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް ކުރަމުން މި ދާ އިސްލާހީ މަސައްކަތުގައި ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރުމުގެ މި މަސައްކަތުގައި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން ވެސް ބައިވެރިވާން އެބަޖެހޭ ކަމަށް ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އެމްޑީޕީން ކުރަމުން މިގެންދާ މަސައްކަތަކީ އިސްލާހީ މަސައްކަތެއް ކަމަށާއި މިއީ އެއްވެސް ހާލަތެއްގައި ސަރުކާރެއް ވައްޓާލުމަށް ކުރާ މަސައްކަތެއް ނޫންކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް