Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްްޑޫ ކަރަންޓްގެ މައްސަލަ

އައްޑޫ އިންޖީނުގެ، ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލައިފި

އައްޑޫ އިން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމުގެ ސާފު ނިޔަތެއް ސަރުކާރުގެ ނެތް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 7 މާރިޗު 2025 | ހުކުރު 14:44
އައްޑޫގެ ކަރަންޓްގެ މައްސަލައާއި ގުޅިގެން ހުކުރު ދުވަހު ކުރި މުޒާހަރާ - 07-03-2025

އައްޑޫގެ ކަރަންޓްގެ މައްސަލައާއި ގުޅިގެން ހުކުރު ދުވަހު ކުރި މުޒާހަރާ - 07-03-2025

އައްޑޫގެ ކަރަންޓްގެ މައްސަލައަށް ހައްލު ނުލިބޭތީ އެކަމާއި ދެކޮޅަށް މުޒާހަރާކޮށް، އައްޑޫ އިންޖީނުގެ ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލައިފި އެވެ.

އައްޑޫ ސިޓީގެ އިންޖީނުގެ ކުރިމަތީގައި ހުކުރު ދުވަހުގެ ހަވީރު ރައްޔިތުން ނިކުމެ ކުރި މުޒާހަރާގައި ވަނީ ފެނަކަ އެމްޑީގެ އިސްތިއުފާއަށް ގޮވައި، ކަރަންޓަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ.

Advertisement - newsAdvertisement

މިމުޒާހަރާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ބައެއް ކައުންސިލަރުންނާއި އާއްމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ރޯދަ މަހަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ އަށް ހައްލު ހޯދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުންވެސް ބުންޏެވެ.

ފެނަކަ އެމްޑީ އައްޑޫ ސިޓީއަށް ވަޑައިގެންނެވިިއިރު، އެސިޓީގެ ބައެއް ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީ މޭޔާރ އަލީ ނިޒާރު ރާއްޖެޓީވީއަށް ވިދާޅުވީ، އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްވުރެ މުހިއްމު ކަމެއް ސަރުކާރަށް މިވަގުތު އޮވެގެން ނުވާނެ ކަމަށެވެ.

ހަފްތާއެއް ވަންދެން ކަރަންޓް މެދުނުކެނޑި އޮތުމަށްފަހު އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް އެސިޓީގެ އެކި ސަރަހައްދުތަކުން ވަނީ ކަރަންޓް ކަނޑަން ފައްޓާފައެވެ.

ހުކުރު ދުވަހުވެސް އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ވަނީ ކަރަންޓް ކަނޑާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު