Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނައުރޫ

ނައުރޫ އިން އެ ޤައުމުގެ ރައްޔިތުކަން 105،000 ޑޮލަރަށް ވިއްކަނީ

5 މާރިޗު 2025 | ބުދަ 16:29

ނައުރޫ އިން ތައާރުފް ކުރި "ގޯލްޑަން ޕާސްޕޯޓް" ޕްރޮގްރާމްގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް އެ ގައުމުން ބުނޭ.

ރާއްޖެ އެމްވީ | 5 މާރިޗު 2025 | ބުދަ 16:29
ޕެސިފިކް ޖަޒީރާ ގައުމެއް ކަމަށްވާ ނައުރޫގެ ގޮނޑުދޮށެއް - ސެޕްޓެމްބަރ 2، 2018

ޕެސިފިކް ޖަޒީރާ ގައުމެއް ކަމަށްވާ ނައުރޫގެ ގޮނޑުދޮށެއް - ސެޕްޓެމްބަރ 2، 2018

ނައުރޫ ޤައުމުގެ ރައްޔިތަކަށް ވުމުގެ ފުރުޞަތު 105،000 ޑޮލަރަށް ވިއްކަން ނިންމައިފިއެވެ.

މި ގޮތުން ދުނިޔޭގެ އެންމެ ކުދި ޤައުމުތަކުގެ ތެރެއިން އެއް ޤައުމު ކަމުގައިވާ ނައުރޫ އިން ވަނީ "ގޯލްޑަން ޕާސްޕޯޓް" ޕްރޮގްރާމެއް ތަޢާރަފު ކޮށްފައެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް އެ ގައުމުން ބުނެއެވެ.

8 އަކަމޭލުގެ ސަރަޙައްދެއްގައި އޮންނަ މި ޖަޒީރާ ޤައުމަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މޫދުގެ ލޮނުގަނޑު އުފުލުމާއި، ރާޅުގެ އަސަރު އިތުރުވުމާއި، ގޮނޑުދޮށް ގިރުމަކީ ނައުރޫ އަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ކަމަށް ވެސް އެ ގައުމުން ބުނެއެވެ.

ނައުރޫގެ ރައީސް ޑޭވިޑް އަޑެއަންގ ވިދާޅުވި ގޮތުގައި، ދުނިޔެ މޫސުމީ ބަދަލުތަކާ މެދު ބަހުސްކުރަމުން ދާއިރު، އެ ޤައުމުގެ މުސްތަޤްބަލް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އާބާދީގެ 90 އިންސައްތަ މީހުން އުސް ބިންތަކަށް ބަދަލުކުރުމަށް ރޭވިފައިވާ މަޝްރޫޢުއަށް ޕާސްޕޯޓް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނައުރޫގެ ޕާސްޕޯޓް ލިބޭ ފަރާތްތަކަށް 89 ޤައުމަކަށް ވީޒާ ނުލައި ދަތުރުކުރެވޭނެއެވެ. މީގެ ތެރޭގައި ޔުނައިޓެޑް ކިންގްޑަމް، ހޮންގކޮންގ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ. ނަމަވެސް، ނަުއުރޫ އިން ބުނާ ގޮތުގައި ބައެއް ބާވަތުގެ ކުށުގެ ރެކޯޑު އޮތް ފަރާތްތަކަށް މި ފުރުޞަތެއް ނުލިބޭނެއެވެ.

މިފަދަ "ގޯލްޑަން ޕާސްޕޯޓް" ޕްރޮގްރާމްތަކަކީ އާ ކަމެއް ނޫނެވެ. އަދި މީގެ ކުރިން މިފަދަ ޕްރޮގްރާމްތައް ނަހަމަ ގޮތުގައި ކުށް ކުރާ ފަރާތްތަކުން ބޭނުން ކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ކުދި ޤައުމުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އާ ގޮތްތައް ހޯދަން ޖެހިފައިވާކަން ވެސް ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2018

މެލޭޝިއާގެ ކުރީގެ ބޮަޑުވަޒީރު ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުނެފި

27 ޖޫން 2018
މެލޭޝިއާގެ ކުރީގެ ބޮަޑުވަޒީރު ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުނެފި
26 އެޕްރީލު 2018

ޕާކިސްތާނުގެ ކޯޓަކުން އެޤައުމުގެ ޚާރިޖީ ވަޒީރު މަޤާމުން ދުރުކޮށްފި

26 އެޕްރީލު 2018
ޕާކިސްތާނުގެ ކޯޓަކުން އެޤައުމުގެ ޚާރިޖީ ވަޒީރު މަޤާމުން ދުރުކޮށްފި
24 އެޕްރީލު 2018

ތެޔޮ ފީފާއެއްގެ އަގު 75 ޑޮލަރަށް، އަގު ބޮޑުވެދާނެ ކަމުގެ ބިރު ހީވެއްޖެ

24 އެޕްރީލު 2018
ތެޔޮ ފީފާއެއްގެ އަގު 75 ޑޮލަރަށް، އަގު ބޮޑުވެދާނެ ކަމުގެ ބިރު ހީވެއްޖެ
25 ޑިސެމްބަރު 2017

ގަތަރަށް އެފް15 ބޯޓް އުފައްދައިދޭން 6.2 ބިލިއަން ޑޮލަރަށް ބޯއިންގ ކުންފުންޏާ ހަވާލުކޮށްފި

25 ޑިސެމްބަރު 2017
ގަތަރަށް އެފް15 ބޯޓް އުފައްދައިދޭން 6.2 ބިލިއަން ޑޮލަރަށް ބޯއިންގ ކުންފުންޏާ ހަވާލުކޮށްފި
08 ޑިސެމްބަރު 2017

ޑާވިންޗީގެ ކުރެހުން 450 މިލިއަން ޑޮލަރަށް ބައްލަވައިގެންނެވީ ސައުދީ ޕްރިންސެއް

08 ޑިސެމްބަރު 2017
ޑާވިންޗީގެ ކުރެހުން 450 މިލިއަން ޑޮލަރަށް ބައްލަވައިގެންނެވީ ސައުދީ ޕްރިންސެއް
26 ނޮވެމްބަރު 2017

މުގާބޭ އިސްތިއުފާ ދެއްވީ 10 މިލިއަން ޑޮލަރަށް

26 ނޮވެމްބަރު 2017
މުގާބޭ އިސްތިއުފާ ދެއްވީ 10 މިލިއަން ޑޮލަރަށް
20 ނޮވެމްބަރު 2017

400 ޑޮލަރަށް އިންސާނުން ވިއްކަނީ!

20 ނޮވެމްބަރު 2017
400 ޑޮލަރަށް އިންސާނުން ވިއްކަނީ!
25 އޮކްޓޯބަރު 2017

އައިންސްޓައިންގެ "އުފާވެރި ދިރިއުޅުމުގެ ތިއަރީ"ގެ ނޯޓެއް 1.56 މިލިއަން ޑޮލަރަށް ވިކިއްޖެ

25 އޮކްޓޯބަރު 2017
އައިންސްޓައިންގެ "އުފާވެރި ދިރިއުޅުމުގެ ތިއަރީ"ގެ ނޯޓެއް 1.56 މިލިއަން ޑޮލަރަށް ވިކިއްޖެ
04 ސެޕްޓެމްބަރު 2017

ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

04 ސެޕްޓެމްބަރު 2017
ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް
11 އޯގަސްޓު 2017

ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި

11 އޯގަސްޓު 2017
ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް