Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެންމެ އަގުބޮޑު ކުރެހުން

ޑާވިންޗީގެ ކުރެހުން 450 މިލިއަން ޑޮލަރަށް ބައްލަވައިގެންނެވީ ސައުދީ ޕްރިންސެއް

ޕްރިންސް ބަދުރް މި ކުރެހުން ބައްލަވައިގަތީ 19 މިނެޓަށް ދިގު ދެމިގެންދިޔަ ނީލަމަކަށްފަހު، 450،312،500 މިލިއަން ޑޮލަރަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2017 | ހުކުރު 06:31
ދުނިޔޭގެ އެންމެ އަގުބޮޑު ކުރެހުން ބައްލަވައިގެންނެވި ސައުދީގެ ޕްރިންސް ބަދުރް

ދުނިޔޭގެ އެންމެ އަގުބޮޑު ކުރެހުން ބައްލަވައިގެންނެވި ސައުދީގެ ޕްރިންސް ބަދުރް

ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 450 މިލިއަން ޑޮލަރަށް ވިއްކާލެވުނު އިޓަލީގެ މަޝްހޫރު ކުރެހުންތެރިޔާ ލިއޮނާޑޯ ޑަވިންޗީގެ ކުރެހުން ބައްލަވައިގަތީ ސައުދީ އަރަބިއްޔާގެ ޕްރިންސެއް ކަމަށްވާ ޕްރިންސް ބަދުރް ބިން އަބްދުﷲ ބިން މުހައްމަދު ބިން ފަރްހާން އަލްސައުދް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ނީލަންކިޔާ ކުންފުންޏެއް ކަމަށްވާ 'ކްރިސްޓީސް' އިން އެމެރިކާގެ ނިއުޔޯކުގައި ކުރިޔަށް ގެންދިޔަ ނީލަމުގައި ވިއްކާލެވުނީ ޑާވިންޗީގެ ކުރެހުންތަކުގެ ތެރެއިން އާންމުކޮށް ދައްކާލަމުން ބެހެއްޓިފައި ނުވާ ހަމައެކަނި ކުރެހުމެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި 'ސެލްވެޓޯރ މުންޑީ' ނުވަތަ 'ސޭވިއާ އޮފް ދަ ވާރލްޑް' ގެ ނަމުން ނަންދީފައިވާ މި ކުރެހުން ބައްލަވައިގަތީ ޕްރިންސް ބަދުރްއެވެ.

ޕްރިންސް ބަދުރް މި ކުރެހުން ބައްލަވައިގަތީ 19 މިނެޓަށް ދިގު ދެމިގެންދިޔަ ނީލަމަކަށް ފަހު، 450،312،500 މިލިއަން ޑޮލަރަށެވެ. މި އަދަދަކީ މުޅި ޖުމްލަ ނީލަމުގެ ހަރަދަށް ޕްރިންސް ބަދުރްގެ އަތުން ހިންގަވާފައިވާ އަދަދެކެވެ. ޕްރިންސް ބަދުރް މި ނީލަމުގައި ބައިވެރިވެ ވަޑައިގެންނެވީ ފޯނު މެދުވެރިކޮށެވެ. މި އަދަދު ދެއްކުމަށް ޕްރިންސް އެއްބަސްވެ ވަޑައިގެންފައިވަނީ އިންސްޓޯލްމަންޓަށް ކަމަށް ވެސް ވަނީ އެނގިފައެވެ.

ސައުދީގެ މަސްދަރުތަކަކުން ހުށަހެޅި ޑޮކިއުމެންޓްތަކުގެ އަލީގައި ނިއުޔޯކް ޓައިމްސްއިން ބުނީ ޕްރިންސް ބަދުރް މި ނީލަމުގައި ބައިވެރިވެ ވަޑައިގެންނެވީ އެންމެ ފަހު ވަގުތު ކަމަށެވެ. އަދި 'ކްރިސްޓީސް' ގެ މެނޭޖްމަންޓުން ޕްރިންސް ބަދުރްއަކީ ކޮން މީހެއްކަން ހޯދުމަށް އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަދި އޭނާ ފައިސާ ހޯއްދަވާ ގޮތް ސާފުކުރުމަށް ވެސް އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ ނީލަމުގައި ބައިވެރިވުމަށް 100 މިލިއަން ޑޮލަރު ބިޑް ކުރުމުން ނީލަމުގައި ބައިވެރިވި އެހެން ފަރާތްތަކުން ޕްރިންސް ބަދުރްއަކީ ކޮންމެ މީހެއްކަން ހޯދުމަށް 'ކްރިސްޓީސް'ގެ ވަކީލުންގެ ގާތުގައި އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސުވާލުތަކުގެ ޖަވާބެއްގެ ގޮތުން ޕްރިންސް ބަދުރް ވިދާޅުވީ އޭނާއަކީ ރިއަލް ސްޓޭޓް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އަދި އޭނާއަކީ ސައުދީއަށް ނިސްބަތްވާ 5000 ޕްރިންސުންގެ ތެރެއިން ބޭފުޅެއް ކަމަށްވެސް މި ރިޕޯޓުގައިވެއެވެ.

ބަދުރް ބައްލަވައިގެންނެވި ކުރެހުން

ޕްރިންސް ބަދުރް މި ކުރެހުން ބައްލަވައިގެންނެވުމުގެ ދެ ހަފްތާ ކުރިން ސައުދީގެ ވަލީއަހުދު މުހުއްމަދު ބިން ސަލްމާންގެ އަމުރުފުޅަށް އެ ގައުމުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ އަމީރުންނާއި ވިޔަފާރިވެރިން ހައްޔަރު ކުރެވުނެވެ.

އެހެން ނަމަވެސް ޕްރިންސް ބަދުރްގެ މައްޗަށް ތަހުގީގެއް ހިންގިފައި ނުވާއިރު އޭނާއަކީ އެ ގައުމުގެ ވަލީއަހުދާއި ވިޔާފާރީގެ ގޮތުން ގުޅުން އޮންނަ އެމަނިކުފާނުގެ ގާތް ބޭފުޅެއް ކަމަށް ވަނީ އެނގިފައެވެ. ބެލެވޭ ގޮތުގައި ޕްރިންސް ބަދުރްއަކީ ސަލްމާން ރަސްގެފާނާއިއެކު ކިޔަވާވަޑައިގެންނެވި ބޭފުޅެކެވެ. ހަމައެހެންމެ އޭނާއަކީ ސައުދީ ސަރުކާރުގެ މުހިންމު މަގާމުތައް ދެއްވާފައިވާ ބޭފުޅެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ކުރެހުމަކީ އިސްލާމްދީނަށް ފުރައްސާރަ ވާގޮތަށް ކުރަހާފައިވާ ކުރެހުމަކަށް ވާއިރު ސައުދީގެ އަމީރަކު މި ކުރެހުން ބައްލަވައިގެންނެވިކަން ފަޅާއެރުމުން އެ ގައުމުގެ ޝާހީ އާއިލާއަށް އެކަމުގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ޕްރިންސް ބަދުރް މި ކުރެހުން ބައްލަވައިގެންނެވީ ރަޝިއާގެ އިންވެސްޓަރެއް ކަމަށްވާ ޑިމިޓްރީ ރައިބްލޯވްގެ އަތުންނެވެ. ފްރާންސްގެ މޮނާކޯގެ ވެސް ޗެއާމަންކަން ކުރަމުން އަންނަ ޑިމިޓްރީ 2013 ވަނަ އަހަރު މި ކުރެހުން ގަނެފައިވަނީ 127.5 މިލިއަން ޑޮލަރަށެވެ.

ބެލެވޭ ގޮތުގައި މި ކުރެހުމަކީ 1500 ގެ އަހަރުތަކުގައި ޑާވިންޗީ ކުރާހާފައިވާ ކުރެހުމެކެވެ. މި ކުރެހުން 1649 ވަނަ އަހަރު އެންމެ ފުރަތަމަ ގަތް ފަރާތަކީ އިނގިރޭސިވިލާތުގައި އޭރު ރަސްކަން ކުރެއްވި ޗާލްސް 1 އެވެ.

ޕްރިންސް ބަދުރް މި ކުރެހުން ބައްލަވައިގަތުމާއެކު މި ކުރެހުން ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުރެހުމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

04 ސެޕްޓެމްބަރު 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު