Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްބަރޓް އައިންސްޓައިން

އައިންސްޓައިންގެ "އުފާވެރި ދިރިއުޅުމުގެ ތިއަރީ"ގެ ނޯޓެއް 1.56 މިލިއަން ޑޮލަރަށް ވިކިއްޖެ

އައިންސްޓައިންގެ މި ނޯޓަކީ 1922 ވަނަ އަހަރުގެ ނޯޓެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 އޮކްޓޯބަރު 2017 | ބުދަ 08:38
މި ނޯޓް ލިޔުއްވާފައި ވަނީ 1922 ވަނަ އަހަރު ޓޯކިޔޯގެ އިމްޕީރިއަލް ހޮޓެލަގައި ހުންނަވައި

މި ނޯޓް ލިޔުއްވާފައި ވަނީ 1922 ވަނަ އަހަރު ޓޯކިޔޯގެ އިމްޕީރިއަލް ހޮޓެލަގައި ހުންނަވައި

އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ ކަންކަމާ ބެހޭ ގޮތުން އަލްބަރޓް އައިންސްޓައިންގެ ތިއަރީގައި ބަޔާން ކޮށްފައި އޮތް ނަސޭހަތެއް ލިޔެފައިވާ ދެ ނޯޓެއް ގުދުސްގެ ނީލަމެއްގައި 1.56 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

ނޮބެލް އިނާމް ލިބިވަޑައިގެންފައިވާ ޖަރުމަނަށް އުފަން ފިޒިސިސްޓް އަލްބަރޓް އައިންސްޓައިންގެ މި ނޯޓަކީ 1922 ވަނަ އަހަރު ޓޯކިޔޯގެ ސިޓީ ބަހާ މީހަކަށް ޓިޕްސްގެ ބަދަލުގައި ދީފައިވާ އެއްޗެކެވެ.

އެ ނޯޓް ދެއްވުމަށް ފަހު އަލްބަރޓް ވިދާޅުވެފައި ވަނީ އޭނާގެ ނަސީބު ހުރިއްޔާ އެ ނޯޓަކީ އަގު ހުރި އެއްޗަކަށް ވެގެންދާނެ ކަމަށެވެ.

އުމުރު ދުވަސް އެކުގައި ސައިންސްގެ މަސައްކަތުގައި އުޅުއްވި އަލްބަރޓް އެ ނޯޓްގައި ވިދާޅުވެފައި ވަނީ ޒަމާންތަކެއް ވަންދެން ދުށް ހުވަފެނެއް ކާމިޔާބު ކުރެވުމަކީ އަދި ކޮންމެހެން އުފާވެރިކަން ކަށަވަރުކޮށްދޭ ކަމެއް ނޫން ކަމަށެވެ.

ސިޓީ ބަހާ މީހާ އަލްބަރޓްގެ ރޫމަށް އައިއިރު އޭނާއަށް ދޭނެ އެއްވެސް ފައިސާއެއް އަލަބަރޓް އަތުގައި ނެތް ކަމަށް ވެއެވެ.

އެ ނޯޓް ދެއްވި އިރު އަލްބަރޓް ހުންނެވީ ލެކްޗަރ ޓުއަރއެއްގައި ޖަޕާނުގައެވެ. ފިޒިކްސްގެ ރޮނގުން ނޮބެލް އިނާމް ލިބިވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެންވީ އެ ދަތުރުގައި އުޅުއްވަނިކޮށެވެ.

ދެ ނޯޓްގެ އަގުވެސް ނީލަމުގައި ވިކިފައި އެވަނީ ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ ވެސް ބޮޑުކޮށެވެ. އެއް ނޯޓް ވިކިފައިވަނީ 240،000 އެމެރިކާ ޑޮލަރަށް ކަމަށްވާއިރު އެއް ނޯޓް ގަނެފައިވަނީ ނަން ހާމަކުރަން ނޭދޭ ޔޫރަޕްގެ ރައްޔިތެކެވެ. މި ނޯޓްތައް ވިއްކާފައި ވަނީ ނޯޓް ލިބުނު ސިޓީބަހާ މީހާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެކެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2025

ރަހީނުން މިނިވަންވާ ދުވަހަކީ އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ ކަމަށް އުންމީދު ކުރަން: ނަތަންޔާހޫ

11 އޮކްޓޯބަރު 2025
ރަހީނުން މިނިވަންވާ ދުވަހަކީ އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ ކަމަށް އުންމީދު ކުރަން: ނަތަންޔާހޫ
20 މާރިޗު 2022

ދުނިޔޭގެ އެންމެ އުފާވެރި ގައުމަކަށް ފިންލޭންޑް

20 މާރިޗު 2022
ދުނިޔޭގެ އެންމެ އުފާވެރި ގައުމަކަށް ފިންލޭންޑް
21 އެޕްރީލު 2021

ޖޯޖް ފްލޮއިޑްގެ މަރު - ޖޫރީގެ ނިންމުމާއެކު ނަސްލީ ތަފާތުކުރުމާ ދެކޮޅު މީހުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ

21 އެޕްރީލު 2021
ޖޯޖް ފްލޮއިޑްގެ މަރު - ޖޫރީގެ ނިންމުމާއެކު ނަސްލީ ތަފާތުކުރުމާ ދެކޮޅު މީހުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ
20 މާރިޗު 2021

ނާސާގެ ވެރިއަކަށް ބައިޑެން ފޮނުއްވީ ކުރީގެ އެސްޓްރޮނޯޓެއްގެ ނަން

20 މާރިޗު 2021
ނާސާގެ ވެރިއަކަށް ބައިޑެން ފޮނުއްވީ ކުރީގެ އެސްޓްރޮނޯޓެއްގެ ނަން
25 މާރިޗު 2020

ކޮވިޑް-19: ދެމަހަށް ފަހު ހޫބޭ ޕްރޮވިންސް ހުޅުވާލުމާއެކު ރައްޔިތުންނަށް އުފާވެރިކަން

25 މާރިޗު 2020
ކޮވިޑް-19: ދެމަހަށް ފަހު ހޫބޭ ޕްރޮވިންސް ހުޅުވާލުމާއެކު ރައްޔިތުންނަށް އުފާވެރިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު