Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުން ސަސްޕެންޑްކުރުން

"ފަނޑިޔާރުން ސަސްޕެންޑްކޮށް އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގައި މަރުތަޅު އަޅުވާފައި ވާތީ" ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

4 މާރިޗު 2025 | އަންގާރަ 09:11

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 މާރިޗު 2025 | އަންގާރަ 09:11
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގައި މަރުތަޅު އަޅުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑުކޮށް، އަދުލު އިންސާފުގެ ބާރަށް ނުފޫޒުފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 11 މެމްބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 58 މެމްބަރުން ވޯޓުދެއްވިއެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް ސަރުކާރުގެ ބައިވެރިވުމާއެކު ހިންގަމުންދާ މިފަދަ ހުދުމުހްތާރު އަމަލުތައް ކުށްވެރިކޮށް، އަދުލުއިންސާފުގެ ބާރުގެ މިނިވަންކަން ނަގާލައި، އިންސާފާ ހަމައަށް ވާސިލްވުމަށް ރައްޔިތުންނަށް އިތުރު ބުރަތަކެއް ކުރިމަތިވެގެންދާ ގޮތަށް، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ކުރަމުންދާ އެންމެހައި މަސައްކަތް ހުއްޓާލުމަށް ސަރުކާރަށާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއިން ވަކިކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާ ގޮތަށް، ގާނޫނު ނަންބަރު 25/2024 (ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުތަކުގެ ސައްހަކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވީ ހިނދު،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް ހުރަސްއެޅިގެންދާގޮތަށް، ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން އެ ކޯޓުގައި ވަކާލާތުކޮށްފައިވާކަން އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން، އެ މައްސަލަ މައުލޫއީ ގޮތުން ބެލުމަށް ނިނންމާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ނިންމުމާއެކު، އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ގޮތުންނާއި ނުފޫޒު ފޯރުވުމުގެ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަމުންދާކަމާއި، ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ސަރުކާރުގެ ފަރާތުން މަސައްކަތްކުރަމުންދާކަމުގެ އަޑުތައް ފެތުރިގެން އައި ކަމަށް ޑރ.ޝަމްހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، މިހާރު އެ ކޯޓުގައި ތިބި 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުން މަގާމަށް ގާބިލު ނޫންކަމަށް ކަނޑައެޅޭ ގޮތަށް، 23 ފެބްރުއަރީ 2025 ގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު، ގާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އިސްލާހުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކޮށްފައިވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް 26 ފެބްރުއަރީ 2025 އަށް ތާވަލުކޮށް، އެ އަޑުއެހުން ފެށުމަށް ތައްޔާރުވެފައިވަނިކޮށް ފަނޑިޔާރުން ސަސްޕެންޑް ކުރުމުން އެކަމާއި މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ސަސްޕެންޑްކޮށްފައިވަނީ، އެ މައްސަލަ ހިންގުން ހުއްޓުވައި، އެ މައްސަލަ ބެލުމަށް ހުރަސްއެޅުމުގެ ގޮތުންކަން ފާޅުކަން ބޮޑުގޮތެއްގައި ހާމަވާން އޮތް ކަމަށް ވެސް ޑރ.ޝަމްހީދު ވިދާޅުވިއެވެ.

އެހެންކަމުން އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވުމަށް މަސައްކަތްކުރުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) މަނާކުރާކަމެއް ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ. އެހެން ކަމަށްވީ އިރު އަދި ގާނޫނުއަސާސީގެ 142 ވަނަ މާއްދާ ނިޔާކުރާ ގޮތުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންނަކީ، މުސްތަގިއްލު ކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންވުމެއްނެތި، އެންމެހައި ތައައްސުބުން އެއްކިބާވެ ތިބެ، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން، އަމަލުކުރަން ތިބި ފަރާތްތަކެއްކަމަށް ވެސް ޑރ.ޝަމްހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ ގުޅޭ ހައްސާސް މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި، އެ ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށް މަސައްކަތްކޮށް، ވުޖޫދުގައި ނެތް ސުލޫކީ މައްސަލަތަކެއް އުފައްދައިގެން، އެ ކޯޓުގެ ފަނޑިޔާރުން މަގާމުގެ މަސައްކަތުން އެކަހެރިކުރުމަކީ، ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރި އަމަލެއްކަން ހާމަވާ ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

ގާނޫނެއްގައި ކަމެއް އޮތް ގޮތަކާމެދު އުފެދޭ މުހިންމު ސުވާލުތަކާމެދު ރައްޔިތުންގެ މަޖިލީހުން އިޝްތިޝާރީ ލަފައަށް އެދި ހުށަހަޅާ މައްސަލަތަކާއި، ދުސްތޫރީ މައްސަލަތަކާއި، އާންމު މަސްލަހަތާއި ގުޅިފައިވާ މައްސަލަތަކާއި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ޝަރުތު ހަމަވޭތޯ ބަލާ މައްސަލަތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކިކުރަންޖެހޭތޯ އާއި މެމްބަރެއްގެ ގޮނޑި ހުސްވެއްޖެތޯ ބަލަންޖެހޭ މައްސަލަތަކަކީ، 5 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ބަލަންޖެހޭ މައްސަލަތަކެއްކަމަށްވާއިރު، އެކޯޓުގައި ތިބި 7 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުން މަގާމުން އެކަހެރިކުރުމާ ގުޅިގެން، މި ދެންނެވި ބާވަތުގެ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ގޮތެއް މިވަގުތު ނެތްކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ ގާނޫނުއަސާސީއިން އެކަށައަޅާފައި އޮތީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ކަމަށްވާއިރު، ގާނޫނުއަސާސީއިން އަދުލުއިންސާފު ގާއިމްކުރުމުގެ ބާރާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ގޮތަށް، އެ ކޯޓުގައި މަރުތަޅުއެޅުވިފައި އޮތުމުގެ ސަބަބުން ދިވެހިރާއްޖޭގައި ދުސްތޫރީ ހުސްކަމެއް ކުރިމަތިވެފައިވާކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާ ގޮތަށް އަދި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކާ ހިލާފަށް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް އެއްފަރާތްކޮށް، ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާއިރު، އަދި، ޤާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމެއް ބާތިލްވާނެ ކަމަށް ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ކަމަށް އެ މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ ދަށުން މިނިވަން ބާރެއްގެ ގޮތުގައި ގާއިމްކޮށްފައިވާ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓުވާލުމަކީ، ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާކަމެއްކަމަށް ދެކޭ ހިނދު އަދި މީގެ ސަބަބުން، ނުފޫޒުން އެއްކިބާވެ ތިބެ އަދި ހުއްޓުމެއްނެތި، ރައްޔިތުންގެ އާންމު މަސްލަހަތާއި ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިވަގުތު ނުކުޅެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް

22 އެޕްރީލު 2017
ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް
18 އެޕްރީލު 2017

ސުލޫކީ ކޮމެޓީ ވާނީ ސަސްޕެންޑްކޮށްފައި، ބާތިލްތަނަކުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ: ރައީސް މައުމޫނު

18 އެޕްރީލު 2017
ސުލޫކީ ކޮމެޓީ ވާނީ ސަސްޕެންޑްކޮށްފައި، ބާތިލްތަނަކުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ: ރައީސް މައުމޫނު
07 އެޕްރީލު 2017

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

07 އެޕްރީލު 2017
ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު
04 އެޕްރީލު 2017

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

04 އެޕްރީލު 2017
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް