Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލްޖިއަމްގެ ގައުމީ ޓީމު

ހަޒާޑް ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

7 ޑިސެމްބަރު 2022 | ބުދަ 19:39

އޭނާގެ އުމުރަކީ 31 އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޑިސެމްބަރު 2022 | ބުދަ 19:39
އެޑެން ހަޒާޑް

އެޑެން ހަޒާޑް

ބެލްޖިއަމްގެ ކެޕްޓަން، އެޑެން ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.

މިކަން ހަޒާޑް އިއުލާންކުރީ ބުދަ ދުވަހު އޭނޭގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. ގައުމީ ޓީމަށް ކުޅުން ހަޒާޑް ހުއްޓާލާފައިވާއިރު، އޭނާގެ އުމުރަކީ 31 އަހަރެވެ.

އެ ޕޯސްޓުގައި ހަޒާޑް ބުނީ އޭނާއަށް ސަޕޯޓުކޮށް، ލޯބި ދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ބުނަމުން އޭނާ ބުނީ، ބެލްޖިއަމްގެ ދެން އަރަން އޮތް ޖީލު އޮތީ ތައްޔާރަށް ކަމަށެވެ.

2008 ވަނަ އަހަރުގެ ބެލްޖިއަމްގެ ސީނިއަރ ގައުމީ ޓީމަށް ކުޅެންފެށުމުގެ ކުރިން ހަޒާޑް ވަނީ ޒުވާން އުމުރުފުރައިގެ ޓީމުތަކަށްވެސް ކުޅެފައެވެ. ގައުމީ ޓީމާއެކު އޭނާ ހޭދަކުރި 14 އަހަރު ތެރޭގައި ވަނީ 126 މެޗު ކުޅެ 33 ލަނޑު ޖަހާފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އޭނާ ނިންމީ މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕުން ބެލްޖިއަމް ކަޓާފައިވާ ދަނޑިވަޅެއްގައެވެ. 2018 ވަނަ އަހަރު އޮތް މުބާރާތުގެ ސެމީ ފައިނަލްގައި ބެލްޖިއަމް ކުޅުނުނަމަވެސް މިއަހަރުގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ބެލްޖިއަމްއެޑެން ހަޒާޑް

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

04 ސެޕްޓެމްބަރު 2025
ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް
02 ސެޕްޓެމްބަރު 2025

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި
01 މާރިޗު 2025

ހަޒާޑް، ޗުއްޓީ ހޭދަ ކުރުމަށް ރާއްޖޭގައި

01 މާރިޗު 2025
ހަޒާޑް، ޗުއްޓީ ހޭދަ ކުރުމަށް ރާއްޖޭގައި
21 މާރިޗު 2024

ބެލްޖިއަމް އާއި އީޔޫ ކޮމިޝަނުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފި

21 މާރިޗު 2024
ބެލްޖިއަމް އާއި އީޔޫ ކޮމިޝަނުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފި
02 ޑިސެމްބަރު 2023

ޣައްޒާގައި އާންމުން މެރުން ހުއްޓާލުމަށް ބެލްޖިއަމްގެ ބޮޑުވަޒީރު އެދިވަޑައިގެންފި

02 ޑިސެމްބަރު 2023
ޣައްޒާގައި އާންމުން މެރުން ހުއްޓާލުމަށް ބެލްޖިއަމްގެ ބޮޑުވަޒީރު އެދިވަޑައިގެންފި
20 ނޮވެމްބަރު 2023

އެއް މެޗެއްގެ، އެއް ހާފްގައި ލުކަކޫ ގައުމީ ޓީމަށް ހަތަރު ލަނޑު!

20 ނޮވެމްބަރު 2023
އެއް މެޗެއްގެ، އެއް ހާފްގައި ލުކަކޫ ގައުމީ ޓީމަށް ހަތަރު ލަނޑު!
10 އޮކްޓޯބަރު 2023

މިވަގުތަކީ ލޯބިވާ މީހުންނާއެކު އުފާކޮށް އައު ތަޖުރިބާތަކެއް ކުރަންވީ ވަގުތު: ހަޒާޑް

10 އޮކްޓޯބަރު 2023
މިވަގުތަކީ ލޯބިވާ މީހުންނާއެކު އުފާކޮށް އައު ތަޖުރިބާތަކެއް ކުރަންވީ ވަގުތު: ހަޒާޑް
10 އޮކްޓޯބަރު 2023

32 އަހަރުގައި ހަޒާޑް ކުޅުން ހުއްޓާލައިފި

10 އޮކްޓޯބަރު 2023
32 އަހަރުގައި ހަޒާޑް ކުޅުން ހުއްޓާލައިފި
13 ސެޕްޓެމްބަރު 2023

ބެލްޖިއަމް މޮޅުވިއިރު، ވިދާލީ ލުކާކޫ

13 ސެޕްޓެމްބަރު 2023
ބެލްޖިއަމް މޮޅުވިއިރު، ވިދާލީ ލުކާކޫ
04 ޖޫން 2023

ހަޒާޑް ދޫކޮށްލުމުން ރެއާލަށް ހަތް މިލިއަން ޔޫރޯގެ ފައިދާއެއް

04 ޖޫން 2023
ހަޒާޑް ދޫކޮށްލުމުން ރެއާލަށް ހަތް މިލިއަން ޔޫރޯގެ ފައިދާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް