Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަޒާޑް ކުޅުން ހުއްޓާލުން

32 އަހަރުގައި ހަޒާޑް ކުޅުން ހުއްޓާލައިފި

އެންމެ ފަހުން ކުޅުނީ ރެއާލް މެޑްރިޑަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 10 އޮކްޓޯބަރު 2023 | އަންގާރަ 09:35
ހަޒާޑް ރެއާލް މެޑްރިޑްގައި، ހޭދަކުރީ ނާކާމިޔާބު ދުވަސްތަކެއް

ހަޒާޑް ރެއާލް މެޑްރިޑްގައި، ހޭދަކުރީ ނާކާމިޔާބު ދުވަސްތަކެއް

ބެލްޖިއަމްގެ އެޑިން ހަޒާޑް، އުމުރުން 32 އަހަރުގައި ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

ޗެލްސީގައި ވިދާލި ހަޒާޑް ކުޅުން ހުއްޓާލިކަން އިއުލާންކުރީ މިދިޔަ ސީޒަންގެ ނިޔަލަށް ރެއާލް މެޑްރިޑާއެކު އޮތް ސީޒަން ހަމަވެ, އޭގެ ފަހުންވެސް ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ. ޗެލްސީގައި މޮޅަށް ކުޅެ ދުނިޔޭގެ ތަރިއަކަށް ވިނަމަވެސް, ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑްގައި ހޭދަކުރީ ކާމިޔާބު ކެރިއަރެއް ނޫނެވެ. 89 މިލިއަން ޕައުންޑަށް 2019 ވަނަ އަހަރު ރެއާލް އަށް ބަދަލުވެ އެކްލަބަށް ކުޅެން ފުރުޞަތު ލިބުނީ އެންމެ 54 ލީގު މެޗެވެ. ކްލަބްގައި ހޭދަކުރި އެންމެ ފަހު ސީޒަންގައި ފުރުޞަތު ލިބުނީ އެންމެ ހަ މެޗުންނެވެ.

ބެލްޖިއަމްގެ ކެޕްޓަންކަންވެސް ކުރި ހަޒާޑް ވަނީ ޑިސެމްބަރު މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އެންމެފަހުން ވަރލްޑްކަޕްގައި އޭނާ ބެލްޖިއަމް ޓީމަށް ކުޅުނެވެ. އެހެންކަމުން ބެލެވުނީ މިސީޒަންގައިވެސް ހަޒާޑް ފެންނާނެކަމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް އޭނާ ވަނީ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ.

ހަޒާޑްގެ ކެރިއަރުގައި ޗެލްސީގައި ހޭދަކުރި މުއްދަތުގައި ޕްރިމިއަރ ލީގު ދެފަހަރު ހޯދިއެވެ. 352 މެޗުން ޗެލްސީއަށް 110 ގޯލް ޖަހައިދިނެވެ. އެކަމަކު އެޖާދޫ ރެއާލްގައި ނުދެއްކުނެވެ. ބޮޑުބައި ހޭދަކުރީ އަނިޔާއާއި ފިޓްނަސްގެ މައްސަލަތަކުގައެވެ.

އެޑެން ހަޒާޑް

އިތުރަށް ކިޔާލަން

01 މާރިޗު 2025

ހަޒާޑް، ޗުއްޓީ ހޭދަ ކުރުމަށް ރާއްޖޭގައި

01 މާރިޗު 2025
ހަޒާޑް، ޗުއްޓީ ހޭދަ ކުރުމަށް ރާއްޖޭގައި
10 އޮކްޓޯބަރު 2023

މިވަގުތަކީ ލޯބިވާ މީހުންނާއެކު އުފާކޮށް އައު ތަޖުރިބާތަކެއް ކުރަންވީ ވަގުތު: ހަޒާޑް

10 އޮކްޓޯބަރު 2023
މިވަގުތަކީ ލޯބިވާ މީހުންނާއެކު އުފާކޮށް އައު ތަޖުރިބާތަކެއް ކުރަންވީ ވަގުތު: ހަޒާޑް
04 ޖޫން 2023

ހަޒާޑް ދޫކޮށްލުމުން ރެއާލަށް ހަތް މިލިއަން ޔޫރޯގެ ފައިދާއެއް

04 ޖޫން 2023
ހަޒާޑް ދޫކޮށްލުމުން ރެއާލަށް ހަތް މިލިއަން ޔޫރޯގެ ފައިދާއެއް
07 ޑިސެމްބަރު 2022

ހަޒާޑް ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

07 ޑިސެމްބަރު 2022
ހަޒާޑް ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
30 މެއި 2022

އަންނަ އަހަރަކީ އަހަރެންގެ އަހަރު: ހަޒާޑު

30 މެއި 2022
އަންނަ އަހަރަކީ އަހަރެންގެ އަހަރު: ހަޒާޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު