Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ހަޒާޑް ދޫކޮށްލުމުން ރެއާލަށް ހަތް މިލިއަން ޔޫރޯގެ ފައިދާއެއް

އެއްބަސްވުމުގައިވާ ގޮތުން އެ އެއް އަހަރަށް ހަޒާޑަށް ހަތް މިލިއަން ޕައުންޑުގެ އަދަދެއް ލިބޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 05:01
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެޑެން ހަޒާޑް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެޑެން ހަޒާޑް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އެޑެން ހަޒާޑްގެ އެއްބަސްވުން އުވާލަން އެކުލަބުން ނިންމައިފި އެވެ.

ރެއާލުން މި ގޮތަށް ނިންމީ ހަޒާޑާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު، ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތީންނެވެ. ޗެލްސީ ދޫކޮށް ހަޒާޑް ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ފަސް އަހަރު ދުވަހަށް އެކުލަވާލި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އަހަރު އޭނާ ރެއާލަށް ބަދަލުވީ ސްޕެނިޝް ލީގުގެ ރެކޯޑު އަގަކަށެވެ. އެއްބަސްވުން އުވާލަން ރެއާލުން ނިންމީ ބާކީ އެއް އަހަރު އޮއްވަ އެވެ. އެއްބަސްވުމުގައި ވާ ގޮތުން އެ އެއް އަހަރަށް ހަޒާޑަށް ހަތް މިލިއަން ޕައުންޑުގެ އަދަދެއް ލިބޭނެ އެވެ. ނަމަވެސް މަޝްވަރާތަކަށް ފަހު ހަޒާޑް ނިންމީ އެ ބައި ދޫކޮށްލުމަށެވެ. އެހެންކަމުން ހަޒާޑްގެ އެއްބަސްވުން އުވާލި ނަމަވެސް، ރެއާލަށް ހަތް މިލިއަން ޔޫރޯ ސަލާމަތްވާނެ އެވެ.

ރެއާލްގައި ހޭދަ ކުރި ހަތަރު ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް 76 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. ރެއާލަށް ބަދަލުވި ނަމަވެސް ހަޒާޑަށް އެ ޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ރެއާލަށް ބަދަލުވި ފަހުން އޭނާ އަށް ވަނީ ފިޓްނަސް އަދި އަނިޔާގެ މައްސަލަތައް ކުރިމަތި ވެސް ވެފަ އެވެ. މި ސީޒަނުގައި ހަޒާޑް ރެއާލަށް ކުޅެދީފައި ވަނީ 10 މެޗެވެ. އޭހެ ތެރެއިން ހަ މެޗަކީ ސްޕެނީޝް ލީގުގެ މެޗުތަކެވެ. މި ސީޒަނުގައި އޭނާ އަށް ޖެހިފައި ވަނީ އެންމެ ލަނޑެކެވެ. ހަޒާޑް ވަނީ ރެއާލާއެކު ހަ ތަށި ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު، ކޮޕަ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕް ހިމެނެ އެވެ.

ރެއާލް މެޑްރިޑްއެޑެން ހަޒާޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު