Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއަރ ލީގު

ސައުތެމްޓަން ބަލިކޮށް، ޗެލްސީ ހަތަރު ވަނަ އަށް

މޮޅާއެކު ޗެލްސީން ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލާފައިވާއިރު، މިއީ ދެ މެޗުން ބަލިވުމަށްފަހު ޗެލްސީ މޮޅުވި ފުރަތަމަ މެޗެވެ. ލީގު ތާވަލްގެ ހަތަރު ވަނައިގައި ޗެލްސީ އޮތީ މިހާތަަނަށް ކުޅެފައިވާ 27 މެޗުން 46 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2025 | ބުދަ 09:58
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީން ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި، އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ހަތަރު ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ވަނީ ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ ލެވީ ކޮލްވިލް އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީގެ ހަތަރު ވަނަ ލަނޑު ޖެހީ މާކް ކުކުރެއްލާ އެވެ.

މޮޅާއެކު ޗެލްސީން ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލާފައިވާއިރު، މިއީ ދެ މެޗުން ބަލިވުމަށްފަހު ޗެލްސީ މޮޅުވި ފުރަތަމަ މެޗެވެ. ލީގު ތާވަލްގެ ހަތަރު ވަނައިގައި ޗެލްސީ އޮތީ މިހާތަަނަށް ކުޅެފައިވާ 27 މެޗުން 46 ޕޮއިންޓާ އެކު އެވެ.

މި ސީޒަނާ ދިމާކޮށް ޗެލްސީގެ ކޯޗުކަމާ ހަވާލުވި އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ސީޒަންގެ ކުރީ ކޮޅު ޗެލްސީން ވަނީ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފަ އެވެ. ނަމަވެސް ވަކި ހިސާބަކުން އެ ޓީމުގެ ނަތީޖާތައް ދަށްވެފައިވާއިރު، ދޭތެރެއިން މަރެސްކާ އަށް އަންނަނީ ފާޑު ކިޔުން އަމާޒުވަމުންނެވެ.

ޕްރިމިއަރ ލީގުޗެލްސީސައުތެމްޓަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު