Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރާ ބިލުގައި ކައުންސެލް ޖެނެރަލްގެ ބޮޑެތި ކަންބޮޑުވުން ތަކެއް!

ފަނޑިޔާރެއްގެ ގާބިލުކަން ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހުގައި ސުވާލު އުފައްދާފައި ނުވާ ފަދަ ފަނޑިޔާރުންތަކެއް ގާބިލު ނޫން ކަމަށް ކަނޑައަޅަން ޖެހޭ ޙާލަތެއް ޖޭއެސްސީގެ މައްޗަށް މި ބިލުގެ ސަބަބުން އުފެދި، އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ކަމާމެދު ސުވާލު އުފެދޭ

ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2025 | އަންގާރަ 20:04
ކައުންސެލް ޖެނެރަލް: ފާތިމަތު ފިލްޒާ

ކައުންސެލް ޖެނެރަލް: ފާތިމަތު ފިލްޒާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތުގެ ގާނޫނަށް ހުށަހަޅާފައިވާ ބަދަލުތަކުގެ ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ފާހަގަ ކުރައްވާ އެކަން ޖޫޑިޝިއަރީ ކޮމީޓީގެ ސަމާލު ކަމަށް ގެނެސްފިއެވެ.

ހުށަހަޅާފައިވާ ބިލުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަން ކުރެވިފައިވާ ޖުމްލ 5 (ފަހެއް) ފަނޑިޔާރުންގެ މައްޗަށް ކަމަށާއި އަދި ސުފްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ފަނޑިޔާރަކު، އޭނާގެ މަގާމުން ވަކިކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލު ކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ޖލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް ވަނީ ބުނެފައެވެ.

މި މާއްދާ އާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވެފައިވަނީ، މާއްދާގެ އަކުރު ތަކަށް ރިއާޔަތްކުރާއިރު، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައަޅާފައި ނުވި ނަމަވެސް، އެ އަދަދު އެހެން އޮނަހިރު އަދަދަކަށް ބަދަލު ކުރުމަކީ އޭގެ ޒާތުގައި ސީދާ ގާނޫނުއަސާސީ އާ ތައާރުޒު ވާ ކަމެއް ކަމުގައި ނުވި ނަމަވެސް، މި ބިލުގައި ވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލު ކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އެ މަގާމުގައި ތިބި ބައެއް ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ.

މިކަން މިހެން އޮތް އިރު، ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރުން މަގާމުގައި ދެމިތިބޭނެ އުސޫލާއި، މަގާމުން ވަކިކުރެވޭނެ ހާލަތު ބަޔާންކޮށްފައިވާކަން ކައުންސެލް ޖެނެރަލް ފާހަގަ ކުރައްވާފައިވެއެވެ.

އެ ގޮތުން އޭނާ ވިދާޅުވީ، އެއީ ފަނޑިޔާރަކު އެ މަގާމަށް ޤާބިލު ނޫން ކަމަށް ނުވަތަ އެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖޭއެސްސީ އަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުންކަން އެ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް، މަޖިލިހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުގެ ފަނޑޔާރުންގެ އަދަދަށް ގެނެވޭ ބަލަކާ ގުޅިގެން އެ އަދަދަށް ތަވާވުމަށްޓަކައި، އެ ބޭނުމަށްޓަކައި، އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އެ ފަނޑިޔާރެއްގެ ގާބިލުކަން ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހުގައި ސުވާލު އުފައްދާފައި ނުވާ ފަދަ ފަނޑިޔާރުންތަކެއް ގާބިލު ނޫން ކަމަށް ކަނޑައަޅަން ޖެހޭ ޙާލަތެއް ޖޭއެސްސީގެ މައްޗަށް އުފެދި، އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 154 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ޖޭއެސްސީ ގެ ގާނޫނަށް ބަލާއިރު ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅޭ ތަފްސީލީ އިޖްރާއާތު ތަކެއް އެ ގާނޫނުގައި ބަޔާން ކުރެއެވެ. އެގޮތުން، އެ ގާނޫނުގައި ކަނޑައަޅާ މިހާރު އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުޙަލާ ފެށިގެން އަންނަނީ ފަނޑިޔާރަކާ ހޭގޮތުން ހުށަހެޅޭ ޝަކުވާ އެއް ނުވަތަ ތުހުމަތަކާ ގުޅިގެން ނުވަތަ ވަކި ފަނޑިޔާރެއްގެ ސުލޫކާ ބެހޭ ގޮތުން ސުވާލު އުފެދޭ ސަބަބުތަކެއް ހުރިކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.

ހުށަހަޅާފައިވާ ބިލުގައި ކަނޑައަޅާފައިވާ ކުރު މުއްދަތުތަކަށް ރިއާޔަތް ކުރައްވަމުން، މަގާމުން ވަކި ކުރެވޭ ފަނޑިޔާރަކު ޖަވާބުދާރީ ވުމަށް ލިބޭ މުއްދަތާ މެދު ވެސް ކައުންސެލް ޖެނެރަލް ވަނީ ސުވާލު އުފައްދަވާފައެވެ. ގާނޫނުތަކާއި ގަވައިދުތަކުގައި ބަޔާން ކޮށްފައިވާ މުއްދަތު ތަކާއި އިޖުރާއަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ޖޭއެސްސީ އަށް ލިބިގެންވާ ކަމަށް ހުށަހަޅާފައިވާ ބިލުގައި ބަޔާން ކޮށްފައި ވުމުން، ތަހުގީގެއް ހިންގޭ ފަނޑިޔާރަކަށް ޖޭއެސްސީގެ ގާނޫނުގެ ދަށުން ލިބިދޭ ޖަވާބުދާރީ ވުމުގެ ފުރުސަތުތައް މި ގާނޫނުގެ ބޭނުމަށްޓަކައި ގާބިލު ނޫން ކަމަށް ކަނޑައަޅާ ފަނޑިޔާރުންނަށް ނުލިބުން އެކަށީގެންވާ ކަމަށް ކައުންސިލް ޖެނެރަލް ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާނީ، ދިވެހިރާއްޖޭގެ ކޯޓު ތަކުން ކޮށްފައިވާ ހުކުމް ތަކަށް ބަލާއިރު، ދައުލަތައް ޚިދުމަތް ކުރާ ދައުލަތުން އުޖޫރަ ލިބޭ މީހަކު ވިޔަސް އެމީހަކާ ދޭތެރޭ ތުހުމަތެއް ކޮށް އެކަމަކީ އެމީހަކަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ނަމަ އެކަމެއް އެމީހަކަށް އަންގައި އެކަމާ ގުޅޭ ގޮތުން އެމީހަކަށް ޖަވާބުދާރީވެ ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ހުށަހަޅާފައިވާ ބިލުގައި ހަމަ ނުޖެހޭ އެހެން މުހިންމު ކަމެއް ކައުންސެލް ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. އެއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ޚައްސަ އިނާޔަތް ތަކާއި އިމްތިޔާޒު ތަކަކީ ޝަރަފްވެރި ކަމާއެކު މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުގެ ފަރާތުން ލިބިދޭ އެއްޗެއް ކަމުގައި ވާއިރު، ފަނޑިޔާރު ކަމުގެ ގާބިލުކަން ނެތް ކަމަށް ޖޭއެސްސީ އިން ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުން ވަކި ކުރާ ފަނޑިޔާރުންނަށް ދައުލަތުން ޚާއްސަ އިނާޔަތްތައް ލިބޭ ގޮތައް ހުށަހަޅާފައިވާ ބިލުގައި އޮތުމީ ދެކޮޅު ޖެހޭ އުސޫލެއް ނޫން ކަމަށް ކައުންސެލް ޖެނެރަލް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު