Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިހަށް ނުފޫޒު ފޯރުވުން

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

25 ފެބުރުއަރީ 2025 | އަންގާރަ 16:20

ރައީސް މުއިއްޒު ވިދާޅުވި ކަމަށް ވަނީ އެ މެސެޖު އެމަނިކުފާނު ދެއްވީ ޕީއެންސީ ގެ ރައީސްގެ ހައިސިއްޔަތުން ކަމުގައި

ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2025 | އަންގާރަ 16:20
ޕީޕީއެމް/ޕީއެންސީ އިން މާލޭގައި ބޭއްވި މުޒާހަރާ އެއްގައި ޑރ. މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ (ފައިލް)

ޕީޕީއެމް/ޕީއެންސީ އިން މާލޭގައި ބޭއްވި މުޒާހަރާ އެއްގައި ޑރ. މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ (ފައިލް)

ޕީއެންސީގެ މެމްބަރުންނަށް ވޯޓަށް ނުފޫޒު ފޯރުއްވައި، ވިޕްލައިން އާ އެއް ގޮތައް ވޯޓު ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވި މެސެޖު ލީކު ކޮށްލުމުން އެ މަނިކުފާނު ވަރަށް ބޮޑަށް ކޯފާ ވެއްޖެއެވެ.

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މުއިއްޒު އެކަމާ ކޯފާވެ، ވިދާޅުވި ކަމަށް ވަނީ، "އެ މެސެޖު އާއިދު އަށް ދީ، އަދަދު ނޫހުގައި ޚަބަރު ޖެހި ބޭފުޅަކު އެ ކުރެއްވީ ވަރަށް ގޯސް ކަމެއް" ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ކަމަށް ވަނީ އެ މެސެޖު އެމަނިކުފާނު ދެއްވީ ޕީއެންސީ ގެ ރައީސްގެ ހައިސިއްޔަތުން ކަމުގައެވެ.

އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވޯޓުގެ ކަންތައް ހިނގި ގޮތުން ޕީއެންސީ ގެ ތެރޭގައި ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައި ކަމަށް ނަން ނުޖެހުމަށް ޝަރުތު ކޮށް ވާހަކަ ދެއްކެވި ޕީއެންސީގެ ޕީޖީ މެމްބަރަކު ވިދާޅުވިއެވެ.

އަންގާރަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީ ގެ ބައެއް މެމްބަރުން ވަނީ ވިޕްލައިން އާ ޚިލާފުވެ ވޯޓު ގައި ބައިވެރި ނުވެފައެވެ.

ވިޕް ލައިން އާ ޚިލާފުވި މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފާލާހް އަންގަވާފައިވާ ކަމަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވެއެވެ.

ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އުޅުއްވަމުން ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ވޯޓު ލާންވީ ގޮތަށް ރައީސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ރައުދާގެ މަރުގައި އާދަޔާޚިލާފު ކަމެއް ނެތް، ކަރުގައި ހިފާފައި ހުރިކަމަކަށްވެސް ނުބެލެވޭ: ފުލުހުން

11 އެޕްރީލު 2017
ރައުދާގެ މަރުގައި އާދަޔާޚިލާފު ކަމެއް ނެތް، ކަރުގައި ހިފާފައި ހުރިކަމަކަށްވެސް ނުބެލެވޭ: ފުލުހުން
11 އެޕްރީލު 2017

އިމާމުން ތަމްރީނުވުމަށް ސައުދީއަށް ފުރައިފި

11 އެޕްރީލު 2017
އިމާމުން ތަމްރީނުވުމަށް ސައުދީއަށް ފުރައިފި
30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް