Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުހައްމަދު ސަލާހް

ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރޭ: ރޯމާގެ ރައީސް

ލިވަޕޫލް އިން ސަލާހް ހޯދުމަށް 40 މިލިއަން ޔޫރޯ ހޯދާކަމަށް ރިޕޯޓްތައް ބުނޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 5 ޖޫން 2017 | ހޯމަ 18:58
ރޯމާގެ ފޯވާޑް މުހައްމަދު ސަލާހް

ރޯމާގެ ފޯވާޑް މުހައްމަދު ސަލާހް

ރޯމާ އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރާ ކަމަށް އެ ކްލަބުގެ ރައީސް ޖިމް ޕެލޯޓާ ވިދާޅުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލް އިން އަންނަނީ ސަލާހް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ކްލަބުން ވަނީ ސަލާހް ހޯދުމަށް 40 މިލިއަން ޔޫރޯ ހުށަހަޅާފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް މިވާހަތައް ދޮގުކުރަމުން ޕެލޯޓާ ވިދާޅުވީ، ރޯމާގެ ވަރަށް ގިނަ ކުޅުންތެރިން ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ ހުރިހާ ހުށަހެޅުންތަކަށްވެސް ވަކިވަކިން ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ، ލިވަޕޫލް އިން ސަލާހް ހޯދުމަށް ރަސްމީކޮށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

މީގެއިތުރުން ޕެލޯޓާ ވިދާޅުވީ، ސްކޮޑުގައި ހިމެނޭ ތިން ކުއާޓާއެއްހާ ކުޅުންތެރިން ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށާއި، އެކަމަށް ހެދޭނެގޮތަކާމެދު ކްލަބުން ގޮތްތަކެއް ނިންމާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ސްކޮޑު ވަރުގަދަކުރުމަށް ފަސްވަރަކަށް ކޮލެޓީ ކުޅުންތެރިން ހޯދަން ޖެހޭ ކަމަށާއި، ޗެމްޕިއަންސް ލީގަށް އަމާޒުކޮށްވެސް ކަންތައްތަކެއް ކުރިޔަށް ގެންދަންޖެހޭ ކަމަށެވެ.

މި ސީޒަނުގައި ރޯމާ ލީގުގެ ދެވަނައިގައި ނިންމާލި އިރު، އެޓީމުގެ ފޯވާޑް އެޑިން ޒެކޯ ވަނީ ލީގުގެ ޓޮޕް ސްކޯރާގެ މަގާމު 39 ލަނޑާއެކު ހޯދާފައެވެ. މީގެއިތުރުން އުމުރުން 24 އަހަރުގެ ސަލާހް ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އެއްކޮށް 19 ލަނޑު ކާމިޔާބުކޮށްފައެވެ.

ބަސެލް، ޗެލްސީ އަދި ފިއޮރެންޓީނާ ފަދަ ކްލަބްތަކަށް ކުޅެފައިވާ ސަލާހް ވަނީ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ބަސެލްއާއެކު ސްވިސް ސުޕާ ލީގު އަދި ޗެލްސީއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޖިޕްޓް ގައުމީ ޓީމާއެކު މި އަހަރު ކަޕް އޮފް ނޭޝަންސްގެ ދެވަނަވެސް ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު